ކޭން ރެކޯޑަކާ ހަމަކުރި ގޯލުން މޮޅުވެ ޓޮޓެންހަމަށް ހަމަޖެހުމެއް

Jan 24, 2023, 2:37 AM
ފުލަމް ކޮޅަށް ގޯލު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

ފުލަމް ކޮޅަށް ގޯލު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ކާމިޔާބުކުރި އެ ކްލަބްގެ ރެކޯޑަކާ ހަމަކުރި ގޯލުން 1-0 އިން މޮޅުވެ، ޓޮޓެންހަމް އިން ހަމަޖެހުމެއް ހޯދައިފި އެވެ.

މިއީ ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ ފަހަރެވެ. މި މެޗުގެ ކުރިން ޓޮޓެންހަމް ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ އާސެނަލާއި މެންޗެސްޓާ ސިޓީ އަތުންނެވެ.

މި މެޗުގައި ކޭން ޖެހި ގޯލާ އެކު، އޭނާ ވަނީ ޓޮޓެންހަމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ޖިމީ ރީވްސް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ރީވްސް ވަނީ 1961-1970 އަށް ޓޮޓެންހަމް އަށް ކުޅުނުއިރު، 266 ގޯލު ޖަހައިފަ އެވެ. ކޭން އެ ރެކޯޑާ ހަމަކުރިއިރު، އޭނާ ވަނީ ލީގުގައި އެކަނި ޓޮޓެންހަމް އަށް 199 ގޯލު ޖަހައިދީފަ އެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖްގައި ރޭ ކުޅުނު މެޗު ފެށުން 15 މިނިޓަށް ލަސްވި އެވެ. އެއީ މެޗަށް ޓީމުތައް އައިއިރު، ދިމާވި ޓްރާންސްފޯޓްގެ މައްސަލައެއްގެ ސަބަބުން އައި ލަސްކަމެކެވެ. މެޗު ފަށައިގެން، ފުލަމް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު، ޓޮޓެންހަމް އިން ދިޔައީ ކައުންޓަ އެޓޭކުގައި ފުލަމްގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ.

މެޗުގެ ކުރީކޮޅުގައި ފުލަމްގެ ވިލިއަން ޖެހި ބޯޅައެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން، ފުލަމްގެ ވިންގް، ބޮބީ ޑިކޯޑޯވާ-ރީޑް އޭރިއާބޭރުން ޖެހި ބޯޅައެއް ވެސް ކީޕަރު ލޮރިސް ވަނީ ހުއްޓުވައިފަ އެވެ.

ޓޮޓެންހަމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ޓޮޓެންހަމްގެ ސޮން ހެއުން މިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާ ރޮނގުކައިރިން ކުޑަ ޖާގައެއް ހޯދައި، ކޭން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ލީޑުފުޅާކުރަން ކޭން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ކުޑައޭރިއާ ރޮނގުމަތިން ކޭން ބޮލުން ފޮނުވާލި ބޯޅަ ފުލަމްގެ ކީޕަރު ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ.

ބަދަލުތަކެއް ގެނެސްގެން ފުލަމް އިން ނަތީޖާ ހަމަހަމަކުރެވޭތޯ މަަސައްކަތް ކުރި އެވެ. އެކަމަކު، ޓޮޓެންހަމްގެ ޑިފެންސް ލައިން މި މެޗުގައި ފެނުނީ އެންމެ ފަހުން މެޗުތަކުގައި ފެނުނު ވަރަށް ވުރެ ރަނގަޅަށެވެ. އޭރިއާތެރެއިން ލިބުނު ޖާގައެއްގައި ފުލަމްގެ ސާބިއާ ފޯވާޑް، އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓޮޓެންހަމް އިން މި ވަނީ އެންމެ ފަހުން ލީގުގައި ފުލަމް ދަނޑުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މޮޅާ އެކު ޓޮޓެންހަމް ލީގުގެ ފަސް ވަނައިގައި އޮތީ 21 މެޗުން 36 ޕޮއިންޓާ އެކު އެވެ. އެއީ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. ޔުނައިޓެޑަށް ވަނީ 20 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox