ފަހު ވަގުުތު ޔުނައިޓެޑް ބަލިކޮށް އާސެނަލުން ލީޑުދަމަހައްޓައިފި

Jan 22, 2023, 6:26 PM
ާއާސެނަލްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ާއާސެނަލްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ފަހު ވަގުތު ގޯލު ޖަހައި، 3-2 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

އާސެނަލުން މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމުގެ ލީޑު އޮތީ ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެއީ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން، އާލިން ބައުޓް ހާލަންޑްގެ ހެޓްރިކުން 3-0 އިން ވުލްވްސް ބަލިކުރުމުންނެވެ.

އާސެނަލް މެޗުގެ ނަތީޖާއާ އެކު އެ ޓީމުން ވަނީ އަލުން ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ، 19 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 20 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ހަތަރެއްގައި އޮތީ ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ އެއްވަރަށް، 20 މެޗުން 39 ޕޮއިންޓާ އެކު އެވެ. ލަނޑުގެ ތަފާތުން ކުރި ލިބެނީ ނިއުކާސަލް އަށެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިރޭ ލީޑުނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާބޭރުން ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރަޝްފޯޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ ހައެއްކަ މިނިޓެވެ. އެއީ މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލްގެ އެޑީ އެންކެޓިއޭ ގޯލު ޖަހައި އެ ޓީމަށް އެއްވަރު ކޮށްދިނުމުންނެވެ. މިއީ އާސެނަލްގެ ގްރޭނިޓް ޝަކާ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، އެންކެޓިއޭ ބޮލުން ޖެހި ގޯލެކެވެ.

ޑޮމެސްޓިކް ސީޒަނުގައި ފަސް ރީނދޫ ކާޑު ދައްކާފައިވާތީ، ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.

ޔުނައިޓެޑާއި އާސެނަލަށް ވެސް ފުރަތަމަ ހާފުގައި ލިބުނު ބޯޅަތަކުން އިތުރު ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ އާސެނަލުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި އާސެނަލްގެ ބުކާޔޯ ސަކާ، އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.

ސަކާ މި ވަނީ ޔުނައިޓެޑް ކޮޅަށް ލީގުގައި ޖެހިޖެހިގެން ތިން މެޗުގައި ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ އެކަން ހާސިލްކުރި އާސެނަލްގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އާސެނަލްގެ ތިއަރީ އޮންރީ އާއި ފްރެޑީ ލިޔުންބާގް ވަނީ ލީގުގައި ޖެހިޖެހިގެން ތިން މެޗުގައި ޔުނައިޓެޑް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

އާސެނަލަށް ލީޑުހިފަހައްޓައިލެވުނީ ތިން މިނިޓެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންދްރޯ މާޓީނޭޒް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ ކޯނަރެއްގައި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އަތުން ދޫވި ބޯޅައެއް ވެއްޓިގެންފައި ބޮލުން ގޯލަށް ފޮނުވާލައިގެން މާޓީނޭޒް ޖެހި ގޯލެކެވެ. މާޓީނޭޒް ޖެހި ބޯޅަ ހުއްޓުވަން އެރި އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ބޮލުގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދާގަނޑަށެވެ.

އާސެނަލުން އަލުން ލީޑުނަގަން ކުރި އެޓޭކްތަކުގައި ސަކާ ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ދިޔައިރު، މާޓިން އޮޑެގާޑް ޖެހި ޝޮޓެއް ވަނީ ޔުނައިޓެޑްގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ހުރަސްދަނޑިމަތިން ގޮސްފަ އެވެ. އޭރިއާތެރެއިން އާސެނަލްގެ އެންކެޓިއޭ ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

އެކަމަކު، މެޗުގެ ފަހު މިނިޓްގައި އާސެނަލްގެ އެންކެޓިއޭ ވަނީ ގޯލު ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ. އާސެނަލްގެ އޮލެކްސަންޑަ ޒިންޗެންކޯ ނެގި ހުރަހެއް އޭރިއާތެރެއިން އެ ޓީމުގެ އޮޑެގާޑަށް ލިބުމުން އޭނާ ފޮނުވާލަން އުޅުމުގެ ތެރޭގައި ހުސްކޮށް ހުރި އެންކެޓިއޭ އަށް ލިބުމުން އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު އޮފްސައިޑްވާނެ ކަމަށް ޔުނައިޓެޑުން އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ރެފްރީ އެންތަނީ ޓޭލާ ނިންމީ ގޯލެއް ކަމަށެވެ.

ސިޓީން ވުލްވްސް ބަލިކުރިއިރު ތަފާތަކީ ހާލަންޑް

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސިޓީން ލީޑުނެގީ މެޗުގެ 40 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، މެޗުގެ 50 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ހާލަންޑް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ވުލްވްސްގެ ކީޕަރު ހޯސޭ ސާ ހެދި ގޯހެއްގެ ފައިދާނަގައި، ސިޓީގެ ރިޔާދު މާރޭޒް ދިން ބޯޅައަކުން ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ސިޓީގެ ހާލަންޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ސީޒަނުގައި ހަތަރު ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ.

މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް، ސިޓީ އަށް ބަދަލުވި ހާލަންޑް މި ވަނީ މިހާތަނަށް އެ ޓީމަށް 31 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި ލީގުގެ 20 މެޗުން ޖެހި 25 ގޯލު ހިމެނެ އެވެ.

ހާލަންޑަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މަދު މެޗު ކުޅެގެން ހަތަރު ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގެ އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް އޮތީ ފަސް ހެޓްރިކް ހެދި އިނގިރޭސި ފޯވާޑް، އެލަން ޝިއަރާ އަތުގަ އެވެ.

މި މެޗުގައި، ސިޓީގެ މާރޭޒް އެ ޓީމަށް ޖަހައިދިން ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލީގުގައި މިރޭ ބްރެންޓްފޯޑުން ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑާ ކުޅުނު މެޗު ނިމުނީ ދެ ޓީމަސް ވެސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ލީޑްސް އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ބްރެންޓްފޯޑްގެ ސްޕެއިން ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ބްރެންޓްފޯޑް ވަނީ 20 މެޗުން 30 ޕޮއިންޓް ހަމަކޮށް ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. ލީޑްސް ޔުނައިޓެޑް އޮތީ 19 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox