ހަތަރު ކުޅިވަރަކުން ހަތް އެތުލީޓަކަށް ބީއެމްއެލްގެ ސްކޮލާޝިޕް

Jan 22, 2023, 7:59 AM
ސްކޮލަޝިޕް ލިބުނު އެތުލީޓުންނާ އެކު ބީއެމްއެލްގެ ސީއީއޯ ކާލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: ބީއެމްއެލް

ސްކޮލަޝިޕް ލިބުނު އެތުލީޓުންނާ އެކު ބީއެމްއެލްގެ ސީއީއޯ ކާލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: ބީއެމްއެލް

ބައިނަލްއަގްވާމީ މައިދާނުގައި އެކި ކުޅިވަރުތަކުން ކާމިޔާބީ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ހަތަރު ކުޅިވަރެއްގެ ހަތް ކުޅުންތެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްކޮލާޝިޕްތަކެއް ދީފި އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްކޮލާޝިޕް ދީފައިވަނީ އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް އެތުލީޓުންނަށެވެ.

ސްކޮލަޝިޕް ލިބުނު އެތުލީޓުންނަށް އެކަން ރަސްމީކޮށް އެވޯޑް ކުރުމަށް މިއަދު ބޭއްވި އިވެންޓްގައި، ބީއެމްއެލްގެ ޗީފް އެގްޒެކްޓިވް އޮފިސާގެ މަގާމަށް ކާލް ސްޓުމްކަ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ބައިވެރިވެވަޑައިގެންނެވި އެެވެ. މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތައް ވެސް ވަނީ ބައިވެރިވެފަ އެވެ.

އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ފުރުސަތު އެތުލެޓިކްސް ދެ އެތުލީޓުންނަކީ އުއްމީދީ ދެ ދުވުންތެރިންކަމަށްވާ މަރިޔަމް ރޫޔާ އަލީ އާއި މުހައްމަދު މިންހަލް ޝާމިން އެވެ.

ބެޑްމިންޓަން އިން ސްކޮލާޝިޕް ލިބުނީ ޝުބާ މުހައްމަދު ޝަރީފް އާއި މުހައްމަދު ސާލިމް އަބްދުލް ސަމަދު އަށެވެ. ޓޭބަލް ޓެނިހުން ލިބުނީ ޓޭބަލް ޓެނިހުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖުމާނާ ނިމާލް އާއި މޫސާ މުންސިފް އަހުމަދު އަށެވެ. ދެން ސްކޮލާޝިޕް ލިބުނީ ލަޔާން މުހައްމަދު ޝާމިން އެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު ރޫޔާ އާއި މިންހާލް އަކީ ގައުމީ ސްޕްރިންޓް ޓީމްގެ ދެ މެންބަރުންނެވެ. މި ދެ އެތުލީޓުން ވަނީ ނިމިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ރޫޔާ ވާދަކުރިއިރު، މިންހާލް އާއި ރޫޔާއާ ދެ މީހުން ވަނީ އިސްލާމިކް ސޮލިޑާރިޓީ ޓީމްގައި ހިމެނިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިންހާލް ހިމެނިގެން ޖޫނިއާ ރިލޭ ޓީމްވަނީ ގައުމީ ޖޫނިއާ އަދި ޔޫތު ރެކޯޑު ހަދައިފަ އެވެ. އެ މުބާރާތުގައި ރޫޔާ ވަނީ 100 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑުވެސް އާކޮށްފަ އެވެ.

ސްކޮލަޝިޕް ލިބުނު ގައުމީ އެތުލީޓު ރޫޔާ (ކ) އަށް ބީއެމްއެލްގެ ސީއީއޯ ކާލް (މ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސްކޮލާޝިޕްގެ ދަށުން ރޫޔާ އާއި މިންހާލް ތަމްރީން ހަދާނީ ޖެމެއިކާގަ އެވެ.

ޓީޓީ އިން ސްކޮލާޝިޕް ލިބުނު ދެ އެތުލީޓުންނަކީ ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ. އެގޭ ތެރެއިން މުންސިފް އަކީ ގައުމީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ އެވެ. ދެން ސްކޮލާޝިޕް ލިބުނު ޖުމާނާ އަކީ ގައުމީ ޓީމްގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަން މެޑަލް ލިބުނު އަންހެން ޓީޓީ ޓީމްގައި ހިމެނިފަ އެވެ. ޖުމާނާ އާއި މުންސިފް ތަމްރީން ހަދާނީ ކްރޮއޭޝިއާގަ އެވެ.

ސަތާރަ އަހަރުން ދަށުގެ ބެޑްމިންޓަން ޓީމްގެ ޝުބާ އާއި ސާލިމް އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ގުވަހަޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ރީޖަނަލް ބެޑްމިންޓަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ކުޅުންތެރިންނެވެ. އެ މުބާރާތުގައި ޝުބާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ބްރޮންޒް މެޑަލް ހޯދައިފަ އެވެ.

ޓެނިހުން ސްކޮލާޝިޕް ލިބުނު ލަޔާން މުހައްމަދު ޝާމިން އަކީ ބާސެލޯނާ ޓެނިސް އެކަޑެމީގައި ތަމްރީން ހަދަމުން އަންނަ އެތުލީޓެކެވެ. އެ އެކަޑެމީގައި އޭނާ ތަމްރީން ހަދަން ފެށި 2018ގަ އެވެ. އޭގެ ފަހުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ލަޔާން އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ. ސްކޮލާޝިޕްގެ ދަށުން ލަޔާންގެ ތަމްރީންތައް ވެސް ކުރިއަށްދާނީ މިހާރުވެސް އޭނާ ތަމްރީން ހަދާ ސްޕެއިންގެ ބާސެލޯނާގަ އެވެ.

ގައުމީ ޓީމްތަކުގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް އެމްއޯސީ އިންނާއި ސަރުކާރުން ވެސް މީގެ ކުރިން ވަނީ ސްކޮލާޝީޕްތަކެއް ދީފަ އެވެ. މިގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ފަސް އެތުލީޓަކަށްވަނީ ސްކޮލާޝިޕް ލިބިފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ދަށުން ވެސް ގިނަ ބަޔަކު އަންނަނީ ތަމްރީންވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox