އިދިކޮޅުން ދީފައި ނުވާ މިންވަރަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން މި ސަރުކާރަށް ގެއްލުން ދިން: މަހްލޫފު

އިދިކޮޅުން ދީފައި ނުވާ މިންވަރަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން މި ސަރުކާރަށް ގެއްލުން ދިން: މަހްލޫފު

ފާއިތުވި ހަތަރު އަހަރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ޕާޓީން ދީފައި ނުވާ މިންވަރަށް މި ސަރުކާރަށް ގެއްލުން ދީފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި ފެށުނީއްސުރެ ހިޔާލުތަފާތުވުންތަކެއް އޮތެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އުފެދުނު މައްސަލަތަކުގެ ތެރެއިން ޕީޖީ ގްރޫޕު އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ، ރައީސް ސޯލިހަށް ތާއީދުކުރައްވާ މެމްބަރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންގެ ފެކްޝަންތަކެވެ. ދޭތެރެ ދޭތެރެއިން ސަރުކާރަށް މަޖިލީހުގެ ތެރެއިން ފިއްތުންތައް ކުރިމަތިކުރުވާ ކަމަށް އެމްޑީޕީގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ރެލީގައި އެ މަނިކުފާނުގެ ކެބިނެޓުގައި އިންނަވާ މަހްލޫފް ވަނީ އެކަމާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ.

"މި ސަރުކާރުގެ އިތުބާރު ގެއްލުވާލުމަށް އިންތިހާއަށް މަސައްކަތްކޮށްފި. މި ސަރުކާރުން ކުރިއަށް ގެންދާ އެތައް ހާސް ޕްރޮޖެކްޓަކީ ބިލާހެއް ކަމަށް ހެދުމަށް މަސައްކަތްކޮށްފިި،" ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި މަހުލޫފު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރާ ދެމެދު ބައެއް ބޭފުޅުންގެ އޮތް މައްސަލައަކީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް "ޕަޕެޓެއްގެ" ގޮތުގައި ވެރިކަން ނުކުރުން ކަމަށް އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވި އެވެ.

"މައްސަލައަކީ ތިމާ އެންމެ ބޭނުންވާ މީހާ މިވަގުތު ވެރިކަމުގައި ނެތުން. މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު ރާއްޖޭގެ ވެރިކަން ކުރާތީ. ހަމައެކަނި މާލެ މީހުން ކުރަން އޮތް އެއްޗެއް ނޫނޭ ވެރިކަމަކީ. މައްސަލައަކީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް މަގާމުތަކަށް މީހުން އައްޔަނު ނުކުރުން،" މަހްލޫފް ވިދާޅުވި އެވެ.

ނަޝީދު ވަނީ 2018 ގެ އިންތިހާބުގައި ރައީސް ސޯލިހަށް ވެރިކަން ހޯދައިދިނީ އެމަނިކުފާނު ކަމަށް ވިދާޅުވެފަ އެވެ. އަދި، ރައީސް ސޯލިހަށް އެ ފަހަރު ވެރިކަމަށް އާދެވުނީ ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވުމުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

"މައްސަލައަކީ ވެރިކަން ރައީސް ސޯލިހަށް ދެއްވީ ވެސް ތިމަންނާ އެކަނި ކަމާއި ވެރިކަމުން ބާލާނީ ވެސް ތިމަންނާ އެކަނި ކަމަށް ގަބޫލުކުރާ ގަބޫލުކުރުން،" ނަޝީދުގެ މީގެކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަށް މަހްލޫފް ރައްދު ދެއްވި އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox