ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ސިޓީ ފޯމަކަށް

Jan 19, 2023, 9:58 PM
ޓޮޓެންހަމްގެ ޕެރިސިޗް (ވ) ކައިރިން ސިޓީގެ މާރޭޒް ބޯޅަ ހިފައިގެންދަނީ.

ޓޮޓެންހަމްގެ ޕެރިސިޗް (ވ) ކައިރިން ސިޓީގެ މާރޭޒް ބޯޅަ ހިފައިގެންދަނީ.

މެންޗެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަނގަޅު ފޯމަކަށް އެޅިއްޖެ އެވެ.

މި މެޗަށް ނުކުތްްއިރު، ސިޓީ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތެމްޓަން އަތުންނާއި ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ސިޓީގެ މިރޭގެ ނަތީޖާއާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 19 މެޗުން ހަމަކުރެވުނީ 42 ޕޮއިންޓެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ އެ ޓީމުން ނުކުތީ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ސިޓީގެ އާލިން ބްރައުޓް ހާލަންޑަށް އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފިދިޔައިރު، ސިޓީގެ ޒުވާން ކުޅުންތެރިޔާ، ރީކޯ ލެވިސް އޭރިއާބޭރުން ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު، ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ޓޮޓެންހަމް އިން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ސިޓީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ޓޮޓެންހަމަށް ލީޑުނަގައިދިނީ ޑޭޖާން ކުލުސެވްސްކީ އެވެ. މިއީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އެ ޓީމުގެ ރޮޑްރީ އަށް ދިން ބޯޅައެއް ގެއްލުމުން، އޭރިއާތެެރެއިން އެ ބޯޅަ ހޯދައި، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ލީޑުނެގިތާ ދެ މިނިޓެއްހާއިރު ތެރޭގައި ޓޮޓެންހަމްގެ ދެ ވަނަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ އެމަސަން ރޯޔާލް އެވެ. ޓޮޓެންހަމްގެ ކެޕްޓަން، ހެރީ ކޭން ޖެހި ބޯޅައެއް، ސިޓީ ކީޕަރު އެޑަސަން އަތުގައި ޖެހިފައި ނުކުތް ވަގުތު، އެމަސަން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރަނގަޅު ރޫހެއްގައި ދެ ވަނަ ހާފު ފަށައި، ސިޓީން ވަނީ ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޓޮޓެންހަމްގެ އޭރިއާތެރެއިން ލިބުނު ފުރުސަތުން މި ލަނޑު ޖެހީ ސިޓީގެ އާޖެންޓީނާ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ދެ މިނިޓް ފަހުން، ސިޓީން ވަނީ ހާލަންޑް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ އޭރިއާތެރެއިން ސިޓީގެ ރިޔާދު މާރޭޒް ބޮލުން ޖައްސާލި ބޯޅައަކުން ހާލަންޑް ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

ސިޓީގެ ހާލަންޑް (ވ) ފޮނުވާލާ ބޯޅައެއް މަތަކުރަން ޓޮޓެންހަމްގެ ކީޕަރު ލޮރިސް މަސައްކަތް ކުރަނީ.

ޓޮޓެންހަމަށް އަލުން ލީޑުނަގައިދޭން މެޗުގެ 59 ވަނަ މިނިޓްގައި އޭރިއާތެރެއިން އިވާން ޕެރިސިޗް ޖެހި ބޯޅަ ސިޓީގެ ލެވިސް ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ފުރަތަމަ ފަަަހަރަށް ސިޓީން ކުރިހޯދީ 63 ވަނަ މިނިޓްގައި މާރޭޒް ޖެހި ގޯލުންނެވެ. ސިޓީ ކޮޅަށް މި މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މާރޭޒް މި ލަނޑު ޖެހީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ގޯލަށް ފޮނުވާލައިގެންނެވެ. މާރޭޒް ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ބެން ޑޭވިސް ފައިގައި ޖެހިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މާރޭޒް، ސިޓީގެ ފަހު ގޯލު ޖެހީ މެޗުގެ 90 ވަނަ މިނިޓްގަ އެވެ. ސިޓީގެ ކީޕަރު އެޑަސަން ކުރިއަށް ޖެހި ބޯޅައެއް ޓޮޓެންހަމް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިގެން އުޅެނިކޮށް، އެ ބޯޅަ ހޯދައި، މާރޭޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މިރޭގެ ބައްޔާ އެކު ޓޮޓެންހަމް ލީގުގެ ފަސް ވަނައިގައި އޮތީ 20 މެޗުން 33 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox