ރޮނާލްޑޯ ހިމެނުނު ރިޔާދު ޓީމު އަތުން ޕީއެސްޖީ އަށް މޮޅެއް

Jan 19, 2023, 7:32 PM
ޕީއެސްޖީގެ މެސީ (ކ) އަތުން ބޯޅަ ހޯދަން ރިޔާދު ސީޒަން ޓީމުގެ ރޮނާލްޑޯ މަސައްކަތް ކުރަނީ.

ޕީއެސްޖީގެ މެސީ (ކ) އަތުން ބޯޅަ ހޯދަން ރިޔާދު ސީޒަން ޓީމުގެ ރޮނާލްޑޯ މަސައްކަތް ކުރަނީ.

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 20) - ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު ރިޔާދު ސީޒަން ޓީމު އަތުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ 5-4 އިން މޮޅުވެ، ރިޔާދު ސީޒަން ކަޕް ކާމިޔާބުކޮށްފި އެވެ.

ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ބޮޑުބައި ޕީއެސްޖީން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 39 ވަނަ މިނިޓްގައި ޕީއެސްޖީގެ ފުލްބެކް، ހުއާން ބެނާޓަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ.

ރިޔާދު ސީޒަން ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ، ދާދި ފަހުން ދުނިޔޭގެ ރެކޯޑް ޑީލެއްގައި ސައުދީގެ އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަށް ރިޔާދު ސީޒަން ޓީމު ނެގީ، ސައުދީގެ ގަދަ ދެ ބާރު، އަލް ހިލާލް އާއި އަލް ނަސްރު އެއްކޮށްލައިގެންނެވެ. މި މެޗު، ހާއްސަވެފައި އޮތީ ރޮނާލްޑޯ އާއި ޕީއެސްޖީގެ ތަރި، މެސީގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.

ރިޔާދު ސީޒަން ޓީމުގެ ގޯލަށް މެސީ ބޯޅަ ފޮނުވާލަނީ: މެސީ ވަނީ މި މެޗުގެ ފުރަތަމަ ގޯލު ޖަހާފައި.

މެޗުގައި ޕީއެސްޖީން ލީޑުނެގީ ނޭމާ ދިން ބޯޅައަކުން މެސީ އޭރިއާތެރެއަށް ވަދެ ޖެހި ގޯލުންނެވެ. ރިޔާދު ސީޒަން ޓީމުން އެއްވަރުކުރީ މެޗުގެ 34 ވަނަ މިނިޓްގައި، ރޮނާލްޑޯ ޖެހި ގޯލުންނެވެ. މިއީ ރޮނާލްޑޯ އަށް، ޕީއެސްޖީގެ ގޯލުގައި ހުރި ކޮސްޓަ ރިކާގެ ގޯލްކީޕަރު، ކޭލޯ ނަވާސް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ރޮނާލްޑޯ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޕީއެސްޖީން މެޗުގެ 43 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މާކީނިއޯސް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖެހި ގޯލުން އަލުން ލީޑުނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޕީއެސްޖީގެ ނޭމާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ރިޔާދު ސީޒަން ޓީމުގެ ކީޕަރު، މުހައްމަދު އުވައިސް ވަނީ މަތަކޮށްފަ އެވެ.

ލީޑުފުޅާކުރަން ޕީއެސްޖީ އަށް ލިބުނު ފުރުސަތު ނަގާލުމުގެ ނަތީޖާ އަކަށްވީ، ރިޔާދު ސީޒަން ޓީމުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރުމެވެ. އެ ގޮތުން، ރިޔާދު ސީޒަން ޓީމަށް ދެ ވަނަ ފަހަރަށް، އެއްވަރުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ދެ ވަނަ ފަހަރު ލިބުމުން ރޮނާލްޑޯ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މެޗުގެ 60 މިނިޓްގައި ކުޅުނު ރޮނާލްޑޯ ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީ ސަޕޯޓަރުން ހޮވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ، މެޗުގެ 54 ވަނަ މިނިޓްގައި، ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ހުސްކޮށްލާފައި ދިން ބޯޅަ ސާޖިއޯ ރާމޯސް ވަނީ ގޯލަށް ވައްދާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ރިޔާދު ސީޒަން ޓީމަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޑިފެންޑަރު ހިޔުން ސޫ ޖަންގްއެވެ. ކޯނަރެއްގައި ޕީއެސްޖީ އޭރިއާތެރެއިން ސޫ ޖަންގް ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕީއެސްޖީން މެޗުގެ 60 ވަނަ މިނިޓްގައި އަލުން ލީޑުނެގީ ޕެނަލްޓީ އަކުން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ މެސީ ފޮނުވާލި ހަމަލާއެއް ރިޔާދު ސީޒަން ޓީމުގެ އަލީ ބޫލާހީ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ގޯލަށް ފަހު، ޕީއެސްޖީން ވަނީ އެއް ފަހަރައި ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މެސީ، އެމްބާޕޭ، ނޭމާ ބަދަލުކުރި އެވެ. އަނެއްކޮޅުން، ރިޔާދު ސީޒަން ޓީމުން ވަނީ ރޮނާލްޑޯ ވެސް ބަދަލުކޮށްފަ އެެވެ.

މެޗުގެ 78 ވަނަ މިނިޓްގައި، ޕީއެސްޖީން ވަނީ ކައުންޓަ އެޓޭކުގައި ހޫގޯ އެކިޓިކޭ ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ރިޔާދު ސީޒަން ޓީމަށް އެ ޓީމުގެ ބްރެޒިލް ކުޅުންތެރިޔާ، އެންޑަސަން ޓަލިސްކާ ވަނީ އޭރިއާބޭރުން ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި، މެޗު އެއްވަރުކުރަން ވަގުތު ނުލިބި ބަލިވީ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން 2019 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮކްޓޫބަރުން ފެށިގެން މާޗު މަހާ ދެމެދު އެ ގައުމުގެ ޓޫރިޒަމާ ގުޅިފައި އޮންނަ، ކުޅިވަރު ފެސްޓިވަލް ޕްރޮމޯޓް ކުރުމުގެ ގޮތުން “ރިޔާދު ސީޒަން” ގެ ނަމުގައި ގިނަ ކަންކަަން ރާވަނީ އެ ގައުމު އިޝްތިހާރު ކުުރުމުގެ މަގުސަދުގަ އެވެ. މި ފަހަރުގެ ރިޔާދު ސީޒަންގެ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ރޭވީ މިރޭގެ މި މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox