ރީތި ގޮތަކީ ރައީސް މަގާމުން ދުރުވެފައި އަޅުގަނޑާ ވާދަކުރުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ގދ. ހޯނޑެއްދޫގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ސިމްވާ ޓްވިޓާ

ރައީސް މުހައްމަދު ނަޝީދު ގދ. ހޯނޑެއްދޫގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ސިމްވާ ޓްވިޓާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަށް ވުމާއެކު ރައީސްގެ މަގާމުން ދުރުވާން ޖެހޭނެ ކަމަށް އެ ޕްރައިމަރީގައި އެމަނިކުފާނާ ދެކޮޅަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގދ. ހޯނޑެއްދުއަށް ވަޑައިގެން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އުތުރުގެ ރަށްރަށުން ރައީސް ސޯލިހަށް ތާއީދު ނެތް ކަން މިހާރު ސާފުވާނެ ކަމަށެވެ. ނަޝީދު އިޝާރާތް ކުރެއްވީ ކުޅުދުއްފުއްޓާއި އިހަވަންދުއާއި ދިއްދުއަށް ރައީސް ސޯލިހު ވަޑައިގަތުމުން ލިބުނު ފިނި ތަރުހީބަށެެވެ.

"އަޅުގަނޑުމެން މި ދަތުރު ކުރަނީ މި ޕްރައިމަރީ މޮޅުވުމުގެ ފަހު ބުރަށް، ހުވަދޫ ނިންމާފައި އައްޑޫއަށް ދާން މި އޮތީ، މިއާއެކީ އެ ބޭފުޅުންނަށް (ރައީސް ސޯލިހުގެ ޓީމަށް) ސާފުވާނެ މި ކަން ވާން ނެތްކަން،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ހުންނެވި ނަޝީދު ވިދާޅުވި އެވެ.

Advertisement

ނަޝީދު ދެން ގޮވާލެއްވީ ސަރުކާރުގެ ވަޒީރުންނާއި، މިނިސްޓްރީތަކުގެ ނައިބުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ މެންބަރުން އެމަނިކުފާނާ ގުޅިވަޑައިގަތުމަށެވެ.

ހުވަދު އަތޮޅުގެ ރަށްރަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ނަޝީދުގެ އަރިހުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ. މިއީ ނަޝީދުގެ ކެމްޕެއިނު ފެއްޓެވި ފަހުން، ކެމްޕެއިނު ހަރަކާތެއްގައި އަމްރު ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

"ރައީސުލްޖުމްހޫރިއްޔާ ކެންޑިޑޭޓަކަށްވާ ހިސާބުން ރައީސުލްޖުމްހޫރިއްޔާކަން އެ ވަގުތަށް ދެން ދޫކޮށްލައްވަން. ހަމަހަމަކަމާ އެކީގައި އަޅުގަނޑާ ވާދުކުރައްވައި ރިވެތި ގޮތުގައި އެ ކަން ކުރަން ޖެހޭނީ،" ރައީސް ސޯލިހު ވެސް ދެން ނަޝީދާ ގުޅިވަޑައިގަތުމަށް ގޮވާލައްވައި ނަޝީދު ވިދާޅުވި އެވެ.

ޖެނުއަރީ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓު ދެވެ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދަކީ 2008 އަދި 2013 ގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ.

އަދި، 2018 ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕްރައިމަރީން ނިންމީ ނަޝީދެވެ. ނަމަވެސް އޭރު އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭތީ، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox