ސާފް ޗެމްޕިއަންޝިޕް ޖޫން މަހު؟ އިންޑިއާ އިން ފޮނުވަނީ ޒުވާން ޓީމެއް!

Jan 18, 2023, 9:53 AM
2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ސެންޓޭ (މ) އަތުން ބޯޅަ ހޯދަން އިންޑިއާގެ އަޕުއިއާ (ކ) އާއި ބޭކޭ (ވ) މަސައްކަތް ކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ސެންޓޭ (މ) އަތުން ބޯޅަ ހޯދަން އިންޑިއާގެ އަޕުއިއާ (ކ) އާއި ބޭކޭ (ވ) މަސައްކަތް ކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިންޑިއާ އިން މި އަހަރު ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް 23 އަހަރުން ދަށުގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ ދާދި ފަހުންް، އެ ގައުމުގައި މި އަހަރު ކުޅޭނެ ފުޓްބޯޅަ މުބާރާތްތަކާއި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ގޮތުން އަމަލުކުރާނެ ގޮތެއް ނިންމައި، މި އަހަރުގެ ކަލަންޑަރު ފައިނަލް ކޮށްފަ އެވެ.

ކަލަންޑަރު ފައިނަލް ކުރުމުގައި އޭއައިއެފްއެފް އިން އެންމެ ބޮޑަށް ބެލީ އެ ގައުމުގެ ފުޓްބޯޅަ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، 2047 ވަނަ އަހަރާ ހަމައަށް ކުރަން ނިންމާފައިވާ ކަންކަމުގެ ލަނޑުދަނޑިތައް، ހާސިލްކުރެވޭނެ ގޮތުގެ ފެށުމެއްގެ ގޮތުގައި މި އަހަރު ހެދުމަށެވެ.

އެ ގޮތުން، އެއް ކަމަކީ، ސަރަހައްދީ ގައުމުތަކުގެ މެދުގައި އިންޑިއާ އިން ކުޅޭ ސާފް ޗެމްޕިއަންޝިޕަށް މި ފަހަރު އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމެއް ފޮނުވުމެވެ. މިއީ މީގެ ކުރިން ވެސް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ކަމެކެވެ. އެ ގޮތުން، 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްތަކުގައި އިންޑިއާ އިން ކުޅުނީ ޒުވާން ޓީމަކާ އެކު އެވެ. ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތުން އިންޑިއާ އިން ޒުވާން ޓީމަކާ އެކު، ޗެމްޕިއަންކަން ހޯދި ނަމަވެސް 2018 ވަނަ އަހަރު ފައިނަލުގައި ރާއްޖެ އަތުން ބަލިވީ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް މި ވަގުތަށް ބަލާއިރު، ވަގުތީގޮތުން ޝެޑިއުލްކޮށްފައި އޮތީ ޖޫން 20 އިން ޖުލައި 02 އަށް ބޭއްވުމަށެވެ. މުބާރާތް ހޯސްޓް ކުރުމުގެ ބިޑް ސްރީ ލަންކާ އިން ކޮށްފައިވާއިރު، ސާފް އިން ރަސްމީކޮށް މުބާރާތް ބާއްވާނެ ތަނެއް އަދި ތާރީހެއް ފައިނަލް ކޮށްފައެއް ނުވެ އެވެ.

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: މެޗު ފެށުމުގެ ކުރިން އިންޑިއާގެ ކެޕްޓަން ޗެތުރީ މުބާރާތުގެ ތަށި ކައިރިން ހިނގާލާފައި ދަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ އަހަރެއް ކުރިން، 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދީ އިންޑިއާ އިންނެވެ. އަށް ފަހަރު މުބާާރާތުގެ ތަށި އުފުލާލާފައިވާ އިންޑިއާ ޓީމުގެ ކެޕްޓަން، ސުނިލް ޗެތުރީ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ވަނީ އިންޑިއާ އަށް އެންމެ ވިސްނުންތެރި ގޮތަކީ ސާފް ޗެމްޕިއަންޝިޕްގައި 23 އަހަރުގެ ޓީމު ގޮވައިގެން ވާދަކުރުން ކަމަށެވެ.

ޗެތުރީ ދެކޭ ގޮތުގައި 23 އަހަރުން ދަށުގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ މެޗުތަކުން ގަވާއިދުން ފުރުސަތު ނުލިބޭ ކުޅުންތެރިން ލައިގެން ހަދާ ޓީމެއް ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރެވިދާނެ އެވެ. އެ ރިސްކު ނަގަން ޗެތުރީ އެދޭ އެންމެ ބޮޑު ސަބަބަކީ އޭގެ ފައިދާ އިންޑިއާ ފުޓްބޯޅަ އަށް ކުރާނެ ތީ އެވެ.

"އަހަރެމެން އަށް ފަހަރު އެ ތަށި ހޯދައިފިން. އެއާ ގާތް ކުރެވޭ ވަރުގެ ވެސް ޓީމެއް ނެތްއިރު، އަހަރެމެން މި މުބާރާތުން ހާސިލްކުރެވޭނެ އެހެން ކަންކަމަށް ބަލަން އެބަޖެހޭ. ޑިވެލޮޕްމަންޓަށް އަހަރެމެން ކުރާ މަސައްކަތަށް މި މުބާރާތް ހެދިދާނެ،" އިންޑިއާ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ޗެތުރީ ބުންޏެވެ.

އިންޑިއާގެ ފުޓްބޯޅަ ރައީސް ކަލްޔާން ޗޯބޭ ވަނީ އެ ގައުމުގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަންކުރާނީ، ކުރީގެ ތަރިން ދޭ ލަފާ އަޑުއަހައިގެން ކަމަށާއި، ފުޓްބޯޅަ ރަނގަޅު ކުރަން ދޭ ކޮންމެ ހިޔާލަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ކަލަންޑަރު ފާސްކުރިއިރު، ދެން އޭއައިއެފްއެފް އިން ނިންމާފައިވާ ކަންތައްތަކަށް ބަލާއިރު، ކުރިން ބާއްވަމުން އައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް، ނެހްރޫ ކަޕް، އިންޓަކޮންޓިނެންޓަލް މުބާރާތެއްގެ ގޮތުގައި ރީބްރޭންޑްކޮށް، އަލުން މި އަހަރުގެ ޖޫން މަހު ބާއްވަން ނިންމުމާއި ބައިނަލްއަގުވާމީ މެޗުތައް އިންޑިއާ ގައުމީ ޓީމު ކުޅުމުގެ ކުރިން، މަދުވެގެން ހަފްތާއެއްހާ ދުވަހުގެ ކޭމްޕެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާގެ އަންހެން ފުޓްބޯޅަ ޓީމަށް ފީފާ ބްރޭކް ލިބޭ ކޮންމެ ފަހަރެއްގައި ރަނގަޅު ލެވަލެއްގެ މެޗުތަކެއް ކުޅެން ފުރުސަތު ހޯދައިދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox