ވިއެޓްނާމްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވިއެޓްނާމްގެ ރައީސް. -- ފޮޓޯ: ރޮއިޓާޒް

ވިއެޓްނާމްގެ ރައީސް. -- ފޮޓޯ: ރޮއިޓާޒް

ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ވިއެޓްނާމްގެ ރައީސް ނުޔެން ޝުއާން ފުކް އިސްތިއުފާ ދެއްވައިފި އެވެ.

މީގެ ކުރިން ދެ ޑެޕިއުޓީ ބޮޑު ވަޒީރުން އިސްތިއުފާ ދެއްވާފައިވާ އިރު، ރައީސް އިސްތިއުފާ ދެއްވަން އުޅޭކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ.

ކުރިން ބޮޑު ވަޒީރުކަން ކުރެއްވި ފުކް ރައީސްކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވި އިރު، ކޮރަޕްޝަަނާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.

ކޮމިއުނިސްޓް ޕާޓީގެ އެތައް ސަތޭކަ މެމްބަރުންނާ ގުޅުން ހުރި ކޮރަޕްޝަން މައްސަލަތައް ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރައީސް އިސްތިއުފާ ދެއްވުމުން، މަޖިލިސް ކުރާގެ ނޭޝަނަލް އެސެމްބްލީއިން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ. ބުދަ ދުވަހު މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ އެވެ.

ކޮމިއުނިސްޓް ޕާޓީއިން ނެރުނު ބަޔާނެއްގައި ފުކްގެ ލީޑާޝިޕަށް ތައުރީފު ކުރި އެވެ. އެކަމަކު ސަރުކާރުގެ އޮފިޝަލުން ގަވާއިދާ ހިލާފަށް ހިންގި ކަންކަމަށް ސިޔާސީ ގޮތުން ޒިންމާވާން ޖެހޭނީ އެމަނިކުފާނު ކަމަށް ބުންޏެވެ.

މި މަހު އިސްތިއުފާ ދެއްވި ދެ ޑެޕިއުޓީ ބޮޑު ވަޒީރުންނާއި އޭގެ ކުރިން އިސްތިއުފާ ދެއްވި ދެ މިނިސްޓަރުން އަދި ގިނަ އޮފިޝަލުންނާ ދެކޮޅަށް ޖިނާއީ ދައުވާ ވަނީ އުފުލައިފަ އެވެ.

އުމުރުން 69 އަހަރުގެ ފުކް ބޮޑު ވަޒީރުކަން ކުރެއްވީ 2016 އިން އެޕްރީލް 2021 އަށެވެ. އޭގެ ފަހުން ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި އެވެ.

ވިއެޓްމާމްގެ ވެރިކަމުގައި އޮންނަނީ ބާރުގަދަ ހަތަރު މަގާމެވެ. އޭގެ އެއް ބާރަކީ ރައީސެވެ. ދެން އޮންނަނީ ބޮޑު ވަޒީރުކަމާއި ނޭޝަނަލް އެސެމެބްލީގެ ޗެއާމަންކަމާއި ކޮމިއުނިސްޓް ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމެވެ. އޭގެ ތެރެއިން އެންމެ ބާރުގަދަ މަގާމަކީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމެވެ.

ކޮރަޕްޝަނާ ދެކޮޅު އޮޕަރޭޝަންތައް ފެއްޓެވީ މިހާރު ޕާޓީގެ ސެކެޓްރީ ޖެނެރަަލްގެ މަގާމުގައި ހުންނެވި ނުޔެން ފޫ ޓްރޯންގް އެވެ.

ކޮމިއުނިސްޓް ޕާޓީން ބުނާ ގޮތުގައި 2022 ވަނަ އަހަރު އެކަނިވެސް ކޮރަޕްޝަނާއި "ގަސްދުގައި ގަވާއިދު ހިލާފުވެގެން" ޕާޓީގެ 539 މެމްބަރުންނާ މެދު "އިސްލާހީ ފިޔަވަޅު" އެޅި އެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުން ހިމެނެ އެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރު ފުލުހުން ވެސް 453 ކޮރަޕްޝަން މައްސަލަ ބެލި އެވެ. އެއީ 2021 އަށް ވުރެ 50 ޕަސެންޓް އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox