އާންމު ހާލަތުގައި ހަތަރު އަހަރު ވެރިކަން ކުރި ކަމަށް ދެކުން ރައީސަށް ގޯސް

ރައީސް ސޯލިހް އިހަވަންދޫގައި; އާންމު ހާލަތުގައި ހަތަރު އަހަރު ވެރިކަން ކުރި ކަމަށް ދެކުން ރައީސަށް ގޯސް --ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހް އިހަވަންދޫގައި; އާންމު ހާލަތުގައި ހަތަރު އަހަރު ވެރިކަން ކުރި ކަމަށް ދެކުން ރައީސަށް ގޯސް --ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރެއްވީ އާންމު ހާލަތުގައި އޮތް ހަތަރު އަހަރު ކަމުގައި ދެކިގެން ބައެއް ފަރާތްތަކުން ވާހަކަދެއްކުން އެމަނިކުފާނަށް ގޯސްވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އިހަވަންދުއަށް ވަޑައިގެން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަން ފެށިގެން އައި އިރު ވެރިކަން ކުރެއްވުމަށް ޕްލޭން ކުރެއްވި ގޮތް ބަދަލުވެގެން ދިޔަ ގޮތާމެދު ވާހަކަ ދައްކަވާފަ އެވެ. އަދި ކޮވިޑާއެކު ވެސް ގައުމު ކުރިއަށް ގެންދެވިކަން ފާހަގަކުރެއްވި އެވެ.

އިހަވަންދޫގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުތަކެއްވެވަޑައިގެން ކަމަށެވެ. އަދި މިހާ ހިސާބަށް އާދެވުނު އިރު, އޭގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ފެށި, ނިމި, އަނެއްބައި ކަންތައްތައް ކުރިއަށްދާ ކަމަށާއި, އޭރު ވިސްނުމުގައި އޮތީ ފަހު އަހަރު އަންނައިރު އެއްވެސް މަސައްކަތެއް ނުފަށާ ނުބޭއްވޭ ވަރަށް ޕްލޭންކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑުގެ އާލަމީ ވަބާއާއެކު ބައެއް ކަންކަން މަދުޖައްސާލަން ޖެހުުނީ ބަޖެޓުގެ ތެރެއިން އެވަގުތު އެންމެ އިސްކަމެއް ދީގެން ކޮވިޑުން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަދި ރައްޔިތުންނަށް ހަމަޖެހޭ ދިިރިއުޅުމެއް އަނބުރާ ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ޕްލޭން, އެ ވިސްނުމާއި, އެ ޕްލޭނާއެކު ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ. - ރައީސް ސޯލިހު

ރައީސް ވިދާޅުވީ ދުނިޔޭގެ އަދި ކައިރި ބައެއް ގައުމުތަކަށް ކުރިމަތިވި އިގުތިސޯދީ އުނދަގޫކަމެއް ނެތި ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން ކޮވިޑާ ދެކޮޅަށް ރާއްޖޭން ކުރި މަސައްކަތް އެއީ ދުނިޔެ ބަލައިގަންނަ ކަމަކަށްވެފައިވާ ކަމަށެވެ.

އަދި ވަރަށް ގިނަ ފަރާތަތްކުން އެކަންކުރި ގޮތާއި, މި ހިސާބަށް އާދެވުނު ގޮތް, ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯއިން އެކަން ފާހަގަކޮށް, އެކަން އެހެން ގައުމުތަކާ ހިއްސާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ބައެއް ބޭފުޅުން އެ ހަނދާނެއް މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އާންމު ހާލަތުގައި އުޅުނުކަމަށް ދެކެވަޑައިގެން ވާހަކަ އެބަ ދައްކަވާ،" ކޮވިޑާ ނުލާ ލިބުނު ގާތްގަނޑަކަށް ދެ އަހަރު ދުވަހު ތެރޭގައި, އެއްވެސް ސަރުކާރަކުން ފަސް އަހަރު ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިއްޖެކަން ފާހަގަކުރައްވާ, ފާޑުކިއުންތަކަށް ރައީސް ރައްދު ދެއްވި އެވެ.

ރައީސް ސޯލިހް އިހަވަންދޫގައި; މި ސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
ރައީސް ސޯލިހް އިހަވަންދޫގައި; މި ސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހް އިހަވަންދޫގައި; މި ސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން ރައީސް ވަނީ, އިހަވަންދޫއަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނުއިރުގައި ހަމައެކަނި އިހަވަންދޫއަށް 129.7 މިލިއަން ރުފިޔާ ހަރަދުކޮށް ނިމިފައިވާއިރު, ދާއިރާގައި ހިމެނޭ މާރަންދުއަށް 34 މިލިއަން ރުފިޔާ އަދި މޮޅުދުއަށް 49 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފައިސާއަކީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކާއި ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް ސީދާ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންތައްތައް ކަމަށެވެ.

މި މޭރުމުން ވަހަކަ ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަނެއްކާވެސް މެދުކަނޑާލާފައި މަގުމައްޗަށް ނުކުންނާނީތޯ ނޫނީ ފަށާފައި ހުރި މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީތޯ ވިސްނުމަށް އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox