ޕީއެސްޖީ ދޫކޮށް ސަރާބިއާ ވުލްވްސް އަށް

Jan 17, 2023, 5:40 AM
ޕީއެސްޖީ ދޫކޮށް ސަރާބިއާ ވުލްވްސް އަށް

ލަންޑަން (ޖެނުއަރީ 17) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދިޔަ ސްޕެއިންގެ ވިންގް، ޕަބްލޯ ސަރާބިއާ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ވިއްކާލުމަށް ދެ ކްލަބުގައި މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ސަރާބިއާ ،30، ވުލްވްސް އަށް ބަދަލުވާނީ 4.4 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. އަދި ވުލްވްސްގެ މެޑިކަލްތައް މިއަދު ފުރިހަމަކޮށް، އެ ކްލަބާއެކު ދެ އަހަރާއި ބައިގެ އެއްބަސްވުމެއްވައި މިއަދު ސަރާބިއާ ސޮއިކުރާނެ ކަމަށެވެ.

ސްޕެއިންގެ ސެވިއްޔާ އިން 2019 ވަނަ އަހަރު ޕީއެސްޖީ އަށަ ބަދަލުވި ސަރާބިއާ ވަނީ ފްރާންސް ލީގުގައި އެ ކްލަބަށް ކުޅުނު 35 މެޗުން 11 ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ސަރާބިއާ ވަނީ ލޯނު އުސޫލުގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅެފައެވެ.

Advertisement

ސަރާބިއާ އަކީ ވުލްވްސްގެ ކޯޗު ސްޕެއިންގެ ހޫލެން ލޮޕެޓެގީ ވަރަށް ރަނގަޅަށް ދަންނަ ކުޅުންތެރިއެކެވެ. ސްޕެއިން ޔޫތު ޓީމުތަކުގައި ސަރާބިއާ ވަނީ ލޮޕަޓޭގީގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އަދި ސެވިއްޔާގައި ވެސް ކުޑަ ދުވަސްކޮޅަކު، ލޮޕެޓެގީ އާއި ސަރަބިއާ އެއްކޮށް މަސައްކަތްކުރިއެވެ.

މިއީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ވުލްވްސް އިން ޖެނުއަރީގެ ޓްރާންސްފާގައި ގެނައި ތިން ވަނަ ކުޅުންތެރިޔާއެވެ. އެ ކްލަބުން ވަނީ މީގެ ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވަޑް މަތެއަސް ކުންޔާ އާއި ނީސް އަށް ކުޅެމުންދިޔަ ގެބޮންގެ މިޑްފީލްޑަރު މާރިއޯ ލެމީނާ އެ ކްލަބަށް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox