އޭލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ދޮރު ހުޅުވާލައިފި

އޭލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުން ލިބެން ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުންނަ ޑެސްކު -- ފޮޓޯ: ވިލާ ކޮލެޖު

އޭލެވެލް ނިންމި ދަރިވަރުންނަށް ވިލާ ކޮލެޖުން ލިބެން ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުންނަ ޑެސްކު -- ފޮޓޯ: ވިލާ ކޮލެޖު

ހުސްވި އަހަރު އޭލްވެލް އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންނަށް ހާއްސަކޮށްގެން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެޕްލިކޭޝަން ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސަޕޯޓު ޑެސްކެއް މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ބަހައްޓައިފި އެވެ.

ވިލާ ކޮލެޖުން ބުނީ މި ހަފުތާގެ ކޮންމެ ދުވަހަކު ވެސް ހަވީރު 3:00 އިން 5:00 އާ ދެމެދު އެ ޑެސްކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެތަނަށް ޒިޔާރަތް ކުރާ ހުރިހާ ކުދިންނަށް ވެސް ވިލާ ކޮލެޖުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެޕްލިކޭޝަން ފޯމުވެސް ވަގުތުން ފުރާލެވޭނެ ކަމަށެވެ.

"ހަމައެކަނި ބޭނުންވާނީ އޭލެވެލްގެ ނަތީޖާއާއި އައިޑީކާޑު، މި ފެށޭ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެ ޑެސްކުން ލިބޭނެ،" ވިލާ ކޮލެޖުގެ އޮފިޝަލަކު ބުންޏެވެ.

މިއަހަރުގެ ފުރަތަމަ އިންޓޭކުގައި ތަފާތު ދާއިރާތަކުން ސެޓިފިކެޓު ލެވެލް އެކަކުން ފެށިގެން މާސްޓާސް ޑިގުރީއާ ހަމައަށް ކިޔެވޭ ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ ކޮލެޖުން ވަނީ ހުޅުވާލަފަ އެވެ.

ޖެނުއަރީ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓު ގުރެޖުއޭޓު ޑިޕްލޮމާ/ސެޓިފިކެޓު ފެންވަރުގެ ނުވަ ކޯހަކާއި، ޑިގުރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓިފިކެޓު ތިނެއް ފެންވަރުގެ 16 ކޯހަކާއި ސެޓިފިކެޓު ލެވެލް ދޭއްގެ އެއް ކޯސް ހިމެނެ އެވެ.

ހަމަ އެއާއެކު އޭސީސީއޭގެ ނޮލެޖު ލެވެލްއާއި، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓު އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ވިލާ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ.

އޭގެއިތުރުން ޗާޓަޑް އިންސްޓިޓިއުޓު އޮފް މެނޭޖްމަންޓު އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލްއާއި، އޮޕްރޭޝަންސް ލެވެލްއާއި، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލްގެ އިތުރުން ސެޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް އެކެއް، ދޭއް އަދި ތިނެއްގެ ކޯސްތަކަށް ވެސް މި އިންޓޭކުގައި ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ.

މި އަހަރަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮންލައިންކޮށްނާއި ކިލާހަށް ހާޒިރުވެގެން ކިޔެވޭ ކޯސްތައް ހިމެނޭ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

އަހަރުގެ ފުރަތަމަ އިންޓޭކުގައި ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގުރީގެ ކޯސްތައް ހިމެނެ އެވެ.

އެ ކޯސްތަކަކީ އެ ދާއިރާތަކުގެ އެންމެ ފުންނާބު އުސް މާހިރުންގެ އިތުރުން، އެކި ސިނާއަތްތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖުގެ ނައިފަރު ކެމްޕަހާއި، ލ. ގަމު ކެމްޕަހާއި، މަހިބަދޫ ކެމްޕަހާއި ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހާއި ކުޅުދުއްފުށީ ކެމްޕަހުގައި ވެސް އަންނަ އަހަރުގެ ޖެނުއަރީގައި ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ދަރިވަރުންނަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ ގޮތް ވެސް އެ ކޮލެޖުން ވަނީ އިންތިޒާމުކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގުރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗްލާސް ޑިގުރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox