ރެން އިން ޕީއެސްޖީ ބަލިކުރިއިރު، ކޯޗު ގަލްޓިއޭގެ ކަންބޮޑުވުންތަކެއް

Jan 16, 2023, 3:48 AM
ރެންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕީއެސްޖީގެ މެސީ ބޯޅަ ހިފައިގެން.

ރެންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕީއެސްޖީގެ މެސީ ބޯޅަ ހިފައިގެން.

ޕެރިސް (ޖެނުއަރީ 16) - ފްރެންޗް ލީގުގައި ރޭ ރެން އަތުން 1-0 އިން ޕީއެސްޖީ ބަލިވިއިރު، އެ ޓީމުގެ މި ވަގުތުގެ ހާލަތާ މެދު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފި އެވެ.

ރޭގެ މެޗުން ޕީއެސްޖީ ބަލިވިއިރު، އެ ޓީމު މި ވަނީ އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެެވެ. މިއީ މިދިޔަ އަހަރު މާޗްގެ ފަހުން، ޕީއެސްޖީ ރަށުންބޭރުގައި ޖެހިޖެހިިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެެވެ.

ރޭގެ ނަތީޖާއާ އެކު ޕީއެސްޖީ، ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 19 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 19 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ސީޒަން ފަށައިގެން ފުރަތަމަ 23 މެޗުން ބަލިނުވެ އޮތް ޕީއެސްޖީ މިހާރު މި ވަނީ ގާތްގާތުގައި ދެ މެޗުން ބަލިވެފަ އެވެ. ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ ރަނގަޅަށް ނުކުޅެވޭ އެންމެ ބޮޑު ސަބަބަކީ ވޯލްޑް ކަޕަށް ފަހު މުޅި ޓީމު އެކުގައި ބޭނުންވާ ލެވަލަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުން ކަމަށެވެ.

"އަށް ހަފްތާ ވަންދެން މި ސްކޮޑުގައި ތިބި އެކި ކުޅުންތެރިން އެކި ތަންތަނުގައި ގައުމީ ޓީމާއި ޗުއްޓީ އާއި އެކި ދިމަދިމާލުގައި އުޅެފައި އެ އައީ. އަހަރެމެންނަށް މި ހަފްތާގައި ހުރިހާ ކުޅުންތެރިން ހިމަނައިގެން ކުރެވުނީ އެންމެ ދެ ޕްރެކްޓިސް، އެހެންވީމަ، ކުރިން އޮތް ފޯމަށް ދާން އެކުގައި ޕްރެކްޓިސްތަކެއް ކުރެެވިގެން ރަނގަޅުވާނީ،" ޓީމުގެ ފޯމާ ބެހޭގޮތުން ކުރި ސުވާލަށް ގަލްޓިއޭ ބުންޏެވެ.

ރެން ދަނޑުގައި ރޭ ކުޅުނު މެޗަށް ޕީއެސްޖީން ނުކުތީ ނޭމާ އާއި ލިއޮނަލް މެސީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ކުރި ޗުއްޓީ އަކަށް ފަހު އެނބުރި އައީ ކީލިއަން އެމްބާޕޭ މެޗު ފެށީ ބެންޗުންނެވެ. ފަހުން އެމްބާޕޭ ކުޅެން އެރި ނަމަވެސް މި މެޗުގައި ޕީއެސްޖީ ޓީމުގައި ހިމެނޭ ތިން ތަރިންގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ނުފެނުނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، ރެން އަށް ކާމިޔާބުކޮށްދިނީ 65 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ހަމާރީ ޓްރައޯރޭ އެވެ. ރެންގެ އެޑްރިއަން ޓްރަފާޓް އޭރިއާތެރެއިން ހުސްކޮށްލާފައި، ޓްރައޯރޭ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ޕީއެސްޖީ އަށް އެއްވަރުކޮށްދޭން އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox