އާސެނަލަށް އަށް އެއް ވަަނައިގައި އަށް ޕޮއިންޓުގެ ލީޑެއް، ޗެލްސީ އަށް ހަމަނޭވައެއް!

Jan 15, 2023, 7:07 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ އޮޑެގާޑް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ އޮޑެގާޑް އުފާފާޅުކުރަނީ.

ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޕްރެޝަރުގައި އޮތް ޗެލްސީން އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ހަމަނޭވައެއް ލައިފި އެވެ.

ލީގުގައި މި ހަފްތާގައި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އޭގެ ފައިދާނަަގައި އާސެނަލުން ވަނީ ލީގުގެ ކުރީގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ އަށް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އާސެނަލުން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. އެ އެގޮތުން އާސެނަލްގެ އެޑީ އެންކެޓީއޭ އަށް އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

އާސެނަލްގެ ސަކާ (ކ) ޓޮޓެންހަމްގެ ސެސެންނޯން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

އެކަމަކު، މެޗުގެ 14 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ ލޮރިސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އާސެނަލްގެ ބުކާޔޯ ސަކާ ނެގި ހުރަހެއް، ޓޮޓެންހަމްގެ ރަޔާން ސެސެންނޯން ފައިގައި ޖެހިފައި ގޯލަށް ވަނީ ލޮރިސް އަތުގައި ޖެހިފަ އެވެ.

ނަތީޖާ ހަމަހަމަ ކުރަން ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ.

އާސެނަލަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި މިޑްފީލްޑަރު، ތޯމަސް ޕާޓޭ ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އޮޑެގާޑް ޖެހި ޝޮޓް ކީޕަރު ލޮރިސް މަތަކުރިއިރު، ޕާޓޭ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ލީޑުފުޅާކުރީ އޮޑެގާޑް ޖެހި ގޯލުންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި ހާފުގެ މެދަކާ ހަމައިން އޮޑެގާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ، ރަނގަޅު ފޯމެއްގައި ހުރި އޮޑެގާޑް ޖެހި އަށް ވަނަ ގޯލެވެ.

ޓޮޓެންހަމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ހުއްޓުވީ ކީޕަރު ރަމްސްޑޭލް އެވެ. ރަމްސްޑޭލް ވަނީ ޓޮޓެންހަމްގެ ހެރީ ކޭން އާއި ސެސެންނޯން ޖެހި ޝޮޓްތައް މަތަކޮށްފަ އެވެ.

އާސެނަލުން މި ވަނީ 2013-2014 ވަަނަ ސީޒަނުގެ ފަހުން، ލީގު ސީޒަނެއްގައި ޓޮޓެންހަމް އަތުން ދެ ފަހަރު މޮޅުވެފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޓޮޓެންހަމް ދަނޑުގައި މި ހޯދުނު މޮޅުގައި އޭނާ އެންމެ ހިތްހަމަޖެހުނު ކަަމަކީ ޓީމުގެ ސްޓައިލް ބަދަލުނުކޮށް ކޮންފިޑެންސާ އެކު މެޗު ކޮންޓްރޯލް ކޮށްގެން މޮޅުވުން ކަމަށެވެ.

ކްރިސްޓަލް ޕެލަސްގެ އެންޑަސަން (ކ) އާއި ގޭހީ (ވ) ކައިރިން ޗެލްސީގެ ހަވާޓްޒް ބޯޅަ ފޮނުވާލަނީ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވީ މެޗުގެ 64 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ހުރަހަކުން ކައި ހަވާޓްޒް ބޮލުން ޖެހި ގޯލުންނެވެ. މި މެޗުގައި ޕެލަސް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެެރެއިން ޗެލްސީ މޮޅުވި ދެ ވަނަ މެޗެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 19 މެޗުން 28 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން ފުލަމް ބަލިކޮށް އަލުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ނިއުކާސަލަށް މި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ސްވިޑަންގެ ފޯވާޑް އަލެކްސަންޑަ އިސާކް އެވެ. މި މެޗުގައި ފުލަމް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ އަލެކްސަންޑަ މިޓްރޮވިޗް، ވެއްޓިގެންފައި ޖެހި ބޯޅަ އޭނާގެ އެއް ފައިން ފޮނުވާލުމުން އަނެއް ފައިގައި ޖެހިފައި ގޯލަށް ވަނުމާ އެކު، ރެފްރީ ނިންމީ ނިއުކާސަލް އަށް ޖެހުމެއްދީ، ޕެނަލްޓީގައި ފައުލެއް ހިނގާފައިވާ ކަމަށެވެ.

މި މޮޅާ އެކު، ނިއުކާސަލް ތިން ވަނަ އަށް އެރީ، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް އިން 19 މެޗުން 38 ޕޮއިންޓް ހޯދާފައިވާއިރު، ޔުނައިޓެޑުން ވަނީ 18 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox