ލާމަރުކަޒީ ގާނޫނު ތަންފީޒުނުކުރެވޭ ކަމަށް ބުނެ ނަޝީދުގެ ޝަކުވާ

ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނު އޮތް ނަމަވެސް ރައްރަށުން އެކި ބޭނުންތަކަށް މާލެއައުން މަދު ނުވާކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނު އޮތް ނަމަވެސް ރައްރަށުން އެކި ބޭނުންތަކަށް މާލެއައުން މަދު ނުވާކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ލާމަރުކަޒީ ގާނޫނު ތަންފީޒުނުކުރެވޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ތ. ވިލިފުއްޓަށް ރޭ ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާއިމުކުރެވިފައިވީ ނަމަވެސް އެކި ބޭނުންތަކަށް މާލެ ދިއުމަށް އަދިވެސް ކުޑަނަމަވެސް ބަދަލެއް ނާންނަ ކަމަށެވެ. ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބޭނުން ސަރުކާރަށް ނުކުރެވޭ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެންނަށް ގާއިމުކުރެވިއްޖެ. އެހެން ނަމަވެސް ކައުންސިލްތަކުން ވަފުދު ހަދާފައި މާލެ ދިއުން މަދެއް ނުވޭ. ރައްރަށުގެ ކުދިން މާލޭ މަދަރުސާތަކަށް ވައްދާ މިންވަރު މަދެއް ނުވޭ. ބޭސްފަރުވާއަށް މާލެ އަންނަ މިންވަރު މަދެއް ނުވޭ. މި ނިޒާމުގެ ފުރިހަމަ ބޭނުން އަަޅުގަނޑުމެންނަށް މިއޮތީ ނުކުރެވި،" ނަޝީދު ވިދާޅުވި އެވެ.

ވިލިފުށީގެ ގެތަކަށް ޒިޔާރަތްކޮށްލުމަށް ފަހު ނަޝީދުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ ފާހަގަކުރެވުނީ ވިލިފުށީގެ އާބާދީ އިންތިހާ ދަރަޖައަށް މަދުވެފައިވާ ކަމަށާއި، ރަށުގައި 15 އަހަރުތެރޭގައި ލިބުނު އާމުދަނީ އިތުރުވި އުޅެނީ މަދު ބައެއް ކަމަށެވެ.

އަދި ރައްޔިތުންް ތިބީ އިންތިހާއަށް ތަރައްގީގެ އެކި ކަންކަމަށް ފެންބޮވައިގަނެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއަދު ހަވީރު އަޅުގަނޑު ވިލިފުއްޓަށް އައުމުން އަޅުގަނޑަށް ފާހަގަވީ ވިލިފުށީގެ މާޔޫސްކަން. ވިލިފުށީ ރައްްޔިތުން އިންތިހާއަށް މާޔޫސްކަންމަތީ މިތިބީ. މި ރަށުގެ ރައްޔިތުންނަށް ސަރުކާރުން ވައުދުވެފައިވާކަންކަން ސަރުކާރުން ކޮށްދެމުން ނުދާކަމަށް ތަކުރާރުކޮށް ރައްޔިތުން އެބަ ވިދާޅުވޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox