ފަހަތުން އަރައި ސިޓީ ބަލިކޮށް ޔުނައިޓެޑް ތިން ވަނަ އަށް

Jan 14, 2023, 2:49 PM
ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، ދެ ވަނައިގައި އޮތް ސިޓީއާ ދެމެދު އޮތީ ޕޮއިންޓެއްގެ ތަފާތެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 18 މެޗުން 39 ޕޮއިންޓެވެ. ތިން ވަނައިގައި ޔުނައިޓެޑް އޮތީ 18 މެޗުން 38 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 18 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.

އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ގޯލު ޖަހަން ލިބުނު ދެ ފުރުސަތެއްގެ ބޭނުން ނުހިފުނެވެ. އެ ގޮތުން ރަޝްފޯޑްގެ އެއް ހަމަލާ، ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރާއެސް މަތަކުރިއިރު، އަނެއް ބޯޅަ ގޯލާ ދިމާލަށް ދަނިކޮށް ސިޓީގެ ޑިފެންޑަރު މެނުއަލް އަކަންޖީ ވަނީ ބްލޮކްކޮށްފަ އެވެ.

Advertisement

ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ސިޓީން ދެ ވަނަ ހާފު ފަށައިގެން ކުޅުނުއިރު، އެ ޓީމުން ވަނީ މެޗުގެ 60 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޖެކް ގްރީލިޝް އެވެ. މިއީ އޭރިއާތެރެއިން ސިޓީގެ ކެވިން ޑިބްރޭނާ ނެގި ހުރަަހަކަށް ހުސްކޮށް އަރައި، ގްރީލިޝް ބޮލުން ޖެހި ގޯލެކެވެ.

ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 78 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލަކުންނެވެ. މެދުތެރެއިން ޔުނައިޓެޑްގެ ކަސެމީރޯ ކުރިއަށް ޖައްސާލި ބޯޅައަށް ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ވެސް ދުވުނެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ފޮނުވާލީ ފެނާންޑޭސް އެވެ. އެންމެ ފުރަތަމަ ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ. އެކަމަކު، އޮފްސައިޑްގައި ހުރި ރަޝްފޯޑް ބޯޅައިގައި ފައި ނުޖައްސާތީ، އެ ގޮތަށް ބަލައި، ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް އެވެ. މިއީ އޭރިއާތެރެއިން ޔުނައިޓެޑްގެ ޒުވާން ތަރި، އަލެހަންދްރޯ ގާނާޗޯ ނެގި ހުރަހަކަށް ހުސްކޮށް އަރައި، ރަޝްފޯޑް ޖެހި ގޯލެކެވެ. ރަޝްފޯޑް ވަނީ އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ހަތް މެޗުގައި ވެސް ގޯލު ޖަހައިފަ އެެވެ. އެންމެ ފަހުން، ޔުނައިޓެޑަށް ކުޅެމުން ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހީ 2009 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދުދިން 500 ވަނަ މެޗެވެ. ސިޓީ މި ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox