ޔުވެންޓަސް އަށް ފެންވަރު ދައްކާލައި ނަޕޯލީ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި

Jan 14, 2023, 4:52 AM
ނަޕޯލީގެ ކްވިޗާ ކްރަވަޝްކޭލިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނަޕޯލީގެ ކްވިޗާ ކްރަވަޝްކޭލިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނޭޕްލްްސް (ޖެނުއަރީ 14) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ޔުވެންޓަސް އަތުން 5-1 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގައި ޖެހިޖެހިގެން އަށް މެޗުން މޮޅުވެ، ރަނގަޅު ފޯމެއްގައި އޮތް ޔުވެންޓަސް އަށް ރޭ ނަޕޯލީ ކައިރީގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ. މެޗު ފެށުނުތަނާ ނަޕޯލީން ކޮންޓްރޯލް ނަގައިގެން ކުޅެ، ޔުވެންޓަސްގެ މައްޗަށް ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

ރޭގެ ނަތީޖާ އަށް ފަހު ނަޕޯލީ އެއް ވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް ރޭ ބަލިވުމާ އެކު، އެ ޓީމު ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 18 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.

ނޭޕްލްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 14 ވަަނަ މިނިޓްގައި ނަޕޯލީ އަށް ލީޑުނަގައިދިނީ ވިކްޓާ އޮސީމެން އެވެ. މިއީ އޭރިއާތެރެއިން ނަޕޯލީގެ ކްވިޗާ ކްރަވަޝްކޭލިއާ، އެކްރަބެޓިކް ކިކަކުން ފޮނުވާލި ޝޮޓެއް، ޔުވެންޓަސް ކީޕަރު، ވޮޒްޝިއޭ ޝެޒްނީ އަތުގައި ޖެހިފައި ނުކުތްވަގުތު ރީބައުންސް ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން އޮސީމެން ޖެހި ގޯލެކެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ޔުވެންޓަަސް އަށް އެއްވަރުކޮށްދޭން އެންހެލް ޑި މާރިއާ އޭރިއާ ބޭރުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ނަޕޯލީން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ކްރަވަޝްކޭލިއާގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. އޮސީމެން ޖައްސާލި ބޯޅަ އޭރިއާތެރެއިން ކްރަވަޝްކޭލިއާ އަށް ލިބުމުން، އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ނަޕޯލީ އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން ޑި މާރިއާ ވަނީ ޔުވެންޓަސް އަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ.

ޔުވެންޓަސްގެ ޑި މާރިއާ ނަޕޯލީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ވޯލްޑް ކަޕަށް ފަހު ޑި މާރިއާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ނަޕޯލީން އަލުން ދެ ގޯލަށް ލީޑުފުޅާކުރި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ނަޕޯލީގެ ތިން ވަނަ ގޯލު ޖެހީ ކޯނަރަކުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައިގެން، އާމިރް ރަހްމާނީ އެވެ. އޭނާ އެއް ފަހަރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މެޗުގެ 65 ވަނަ މިނިޓްގައި ކްރަވަޝްކޭލިއާ ނެގި ހުރަހަކުން އޮސީމެން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، ނަޕޯލީ އަށް ފަރަގު ބޮޑުކޮށްދީފަ އެވެ.

ނަޕޯލީގެ ފަސް ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، އެލްޔިފް އެލްމާސް އެވެ. މެޗުގެ 71 ވަނަ މިނިޓްގައި އެލްމާސް ޖެހި ބޯޅަ ގޯލަށް ވަނީ ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ ފައިގައި ޖެހިފަ އެވެ.

މި މޮޅާ އެކު ނަޕޯލީން 1990 ވަނަ އަހަރަށް ފަހު އިޓާލިއަން ލީގު ކާމިޔާބު ކުރަން ކުރާ މަސައްކަތަށް ވަނީ ބޮޑު ހިތްވަރެއް ލިބިފަ އެވެ. ނަޕޯލީން އެ ފަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު، ތަރި އަކީ މަރަޑޯނާ އެެވެ. އަނެއްކޮޅުން ރޭގެ މެޗަކީ އިޓާލިއަން ލީގު މެޗެއްގައި ޔުވެންޓަސް ކޮޅަށް 1993 ވަނަ އަހަރަށް ފަހު ފަސް ގޯލުވަން ފުރަތަމަ ފަހަރެވެ.

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ނަޕޯލީ ކަހަލަ ފޯމުގައި އޮތް ޓީމެއް ކައިރިން ޔުވެންޓަސް އިން ހެދި ގޯސްތަކުގެ ގެއްލުން މި މެޗުގައި ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އަދި ނަޕޯލީ މި ވަގުތު ފެންނަނީ އާދަޔާހިލާފު ރޫހެއްގައި ކުޅޭތަން ކަމަށާއި އެ ކަހަލަ ޓީމަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ވަރަށް ޔުވެންޓަސް އަށް ނުކުރެވުނު ކަމަށް އަލެގްރީ ވަނީ ފާހަގަކޮށްފަ އެވެ.

ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނީ ޔުވެންޓަސް އަތުން އިތުބާރު ބޮޑު މޮޅެއް ހޯދުމަކީ ސީޒަނުގެ މުހިންމު މެޗުތަކާ ކުރިމަތިލާއިރު ފައިދާކުރާނެ ކަމެއް ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox