އީސްޓާ ހަމަލާ: ބަދަލުގެ ގޮތުގައި 100 މިލިއަން ރުޕީޒް ދައްކަން ސިރިސޭނާއަށް އަންގަވައިފި

ސްރީލަންކާގެ ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ. -- ފޮޓޯ: އޮރިއްސާ ޕޯސްޓް

ސްރީލަންކާގެ ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ. -- ފޮޓޯ: އޮރިއްސާ ޕޯސްޓް

ނަސާރާއިން ފާހަގަކުރާ އީސްޓާއާ ދިމާކޮށް 2019 ވަނަ އަހަރު ސްރީލަންކާގައި ދިން ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންނަށް ބަދަލުގެ ގޮތުގައި 100 މިލިއަން ރުޕީޒް ދެއްކުމަށް އެ ގައުމުގެ ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާއަށް އަންގަވައިފި އެވެ.

ލަންކާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ކުރީ ސިރިސޭނާ ހިމެނޭ ގޮތަށް ކުރީ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް ފައިސާގެ ބަދަލު އަދާކުރުމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރީ އީސްޓާ ހަމަލާތައް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ކުރީ ބައިގައި ލިބުނު ނަމަވެސް، ހަމަލާތައް ހުއްޓުވުމުގައި ފެއިލްވެފައި އޮތުމުން، ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުކުމް އިއްވަމުންނެވެ.

ކޯޓުން ސިރިސޭނާއަށް އެންގެވީ 100 މިލިއަން ރުޕީޒް (273,313 އެމެރިކާ ޑޮލަރު) ދެއްކުމަށެވެ. އޭގެ އިތުރުން ކުރީގެ ޑިފެންސް ސެކެޓްރީ ހެމާސިރީ ފެނަންޑޯއަށް އެންގެވީ 50 މިލިއަން ރުޕީޒް (136،656 ޑޮލަރު) ދެއްކުމަށެވެ.

އޭގެ އިތުރުން ކުރީގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް ޑިރެކްޓަރު ނިލާންތަ ޖަޔަވަރްދެނަ އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖާޔަސުންދަރަ 75 މިލިއަން ރުޕީޒް (204،984 ޑޮލަަރު) ދައްކަން އެންގި އެވެ.

ކުރީގެ ނޭޝަނަލް އިންޓެލިޖެންސް ވެރިޔާ ސިސިރަ މެންދިސްއަށް އެންގީ 10 މިލިއަން ރުޕީޒް (27،331 ޑޮލަރު) ބަދަލުގެ ގޮތުގައި ދެއްކުމަށެވެ.

އެ މީހުންނާ ދެކޮޅަށް 12 ޕެޓިޝަން ހުށަހެޅީ ސްރީލަންކާގެ ބާ އެސޯސިއޭޝަނާއި، ހަމަލާގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކާއި، ކެތޮލިކް ފާދިރީންނާއި އިތުރު ބަޔަކު ގުޅިގެންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު ބޮން ގޮއްވީ ވެރިރަށް ކޮލޮމްބޯގެ ތިން ފައްޅިއަކާއި ތިން ލަގްޒަަރީ ހޮޓަލެއްގަ އެވެ. އެ ހަމަލާގައި 290 މީހުން މަރުވި އެވެ.

އޭޕްރިލް މަހު ބަޔަކު ހަމަލާތަކެއް ދޭން އުޅޭ ކަމަށް ބުނެ، އިންޑިއާގެ ޖާސޫސީ އެޖެންސީއިން ސްރީލަންކާއަށް އިންޒާރު ދިނެވެ. އެހެން ނަމަވެސް، އެ އިންޒާރަށް މާ ބޮޑު ފަރުވާލެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox