ވޯލްޑް ކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މެސީ ޖެހި ލަނޑާ އެކު ޕީއެސްޖީ މޮޅުވެއްޖެ

Jan 12, 2023, 5:18 AM
ރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ފޮނުވާލަނީ.

ރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ފޮނުވާލަނީ.

ޕެރިސް (ޖެނުއަރީ 12) - ފްރާންސް ލީގުގައި ރޭ އެންޖާސް އަތުން 2-0 އިން ޕީއެސްޖީ މޮޅުވިއިރު، ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ ލަނޑު ޖަހައިފި އެވެ.

މިއީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް ފަހު، އެނބުރި އައިސް، މެސީ ޕީއެސްޖީ އަށް ކުޅުނު ފުރަތަމަ މެޗެވެ.

ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ނެގި ބްރޭކަށް ފަހު ޕީއެސްޖީން ކުޅުނު ތިން މެޗުގައި އެ ކްލަބުން ވަނީ މެސީ އަށް ރެސްޓް ދީފަ އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

Advertisement

ފްރާންސް ލީގުގެ ފުލުގައި އޮތް އެންޖާސްއާ ދެކޮޅަށް ރޭ ޕީއެސްޖީން ނެރުނު ފުރަތަމަ 11 ގައި މެސީ ހިމެނުނެވެ. ސަސްޕެންޝަނާ އަނިޔާގެ މައްސަލައަކާ ގުޅިގެން ދެ މެޗު ގެއްލުމަށް ފަހު، ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ ރޭ ޕީއެސްޖީގެ ފުރަތަމަ 11ގައި ކުޅެފަ އެވެ.

އެކަމަކު، ރޭގެ މެޗުގައި ވެސް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަށް ޕީއެސްޖީން ވަނީ ރެސްޓް ދީފައެވެ. ފްރާންސް ލީގުގައި އާދިއްތަ ދުވަހު ރެންއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެމްބާޕޭ ފެންނާނެ ކަމަށް ބެލެވެ އެވެ.

ރޭގެ މެޗުގެ ކުރީކޮޅު ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ޒުވާން ފޯވަޑް ހޫގޯ އެކިޓީކޭ އެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެސީ ޖެހީ މެޗުގެ 72 ވަނަ މިނިޓުގަ އެވެ.

މި މެޗުން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓީއޭ ބުނީ މެސީއާ އެކު ޕީއެސްޖީގެ ޓީމު ތަފާތު ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޓީމު އެކުލަވާލުމަށް ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ.

"މެސީއާއެކު ޓީމު ފެންނަނީ ތަފާތުކޮށް. މެސީ ހުރީ (ވޯލްޑް ކަޕަށް ފަހު) ވެސް ވަރަށް ފިޓުކޮށް،" ގަލްޓިއޭ ބުންޏެވެ. "ބްރޭކަށް ފަހު އަދި ވަގުތު ކޮޅެއް ނަގާނެ ޓީމު އެކުލަވާލަން. މި މެޗުގައި ވެސް އެތަން ފެނުނު."

ރޭގެ މެޗަށް ޕީއެސްޖީ ޓީމު ނުކުތްއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު މަރުވި، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ޕެލޭގެ ހަނދާން އާ ކުރުމުގެ ގޮތުން ވަނީ ޕެލޭގެ ފޮޓޯ ޖެހި ހާއްސަ ޓީޝާޓެއް ބޭނުންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox