ޒިދާނަށް އިހުތިރާމް ނުކުރި ފްރާންސްގެ ފުޓްބޯޅަ ރައީސް ސަސްޕެންޑް!

Jan 12, 2023, 4:10 AM
ފްރާންސް ފުޓްބޯޅަ ރައީސް ނޮއެލް ލަ ގްރައެޓް: އޭނާ ވަނީ ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކާފައި.

ފްރާންސް ފުޓްބޯޅަ ރައީސް ނޮއެލް ލަ ގްރައެޓް: އޭނާ ވަނީ ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކާފައި.

ޕެރިސް (ޖެނުއަރީ 12) - ފްރާންސްގެ ކުރީގެ ކެޕްޓަން ޒިނެދީން ޒިދާނަށް އިހުތިރާމް ކުޑަކޮށް ފްރާންސްގެ ފުޓްބޯލް ފެޑަރޭޝަން (އެފްއެފްއެފް)ގެ ރައީސް, ނޮއެލް ލަ ގްރައެޓް ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ލަ ގްރައެޓް، ސަސްޕެންޑްކުރަން ނިންމީ އިއްޔެ ބޭއްވި އެފްއެފްއެފްގެ ކުއްލި ބައްދަލުވުމަކަށް ފަހު، ބޯޑުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެފްއެފްއެފްގެ ބައްދަލުވުމަށް ފަހު، އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ފްރާންސްގެ ކުޅިވަރާބެހޭ މިނިސްޓްރީން ބަލަމުން އަންނަ ލަ ގްރައެޓްގެ މައްސަލައެއްގެ ސަބަބުން މަގާމުން އޭނާ އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އަލުން މަގާމަށް ގެނައުމާ މެދު ގޮތެއް ނިންމާނީ، ސްޕޯޓްސް މިނިސްޓްރީން ބަލަމުން އަންނަ މައްސަލައިގައި ގޮތެއް ނިމުމުންނެވެ.

ފްރާންސް ފުޓްބޯޅަ ރައީސްގެ މަގާމުގައި 2024 ގެ ނިޔަލަށް ހުރި ލަ ގްރައެޓް، އަށް ޕްރެޝަރު ބޮޑުވީ ދާދި ފަހުން ދިން މީޑިއާ އިންޓަވިއުއެއްގައި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒިނެދިން ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަަކަ ދެއްކުމުންނެވެ. އެކަމާ ހެދި ފްރާންސްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، ލަ ގްރައެޓް މަގާމުން ވަކިކުރަން ގޮވާ އަޑުތައް ގަދަވާން ފެށި އެވެ.

ފްރާންސްގެ ރެޑިއޯ ސްޓޭޝަނަކުން ސުވާލުކުރުމުން، އެފްއެފްއެފްގެ ރައީސް ލަ ގްރައެޓް ވިދާޅުވީ "ޒިޔާން ގުޅިޔަސް ފޯނަށް ޖަވާބު ނުދޭނެ،" ކަމަށެވެ. އަދި ޒިދާނަކީ ފްރާންސްގެ ޓީމަށް އެކަށީގެންވާ ކޯޗެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ. "އަަހަރެން ފޯނުވެސް ނުގާނަން. އަހަރެން އޭނާ އަށް ކީއޭ ކިޔާފަ ޖަވާބު ދޭނީ؟ އަހަރެން ބުނަންވީ އަހަރަމެން ޑިޑިއޭ (ޑެޝޯމްޕްސް)ގެ ކޮންޓުރެކްޓް އާކޮށްފީމޭ ދެން ޒިދާން އެހެން ކްލަބެއް ހޯދާށޭތަ ބުނަންވީ،"

އުމުރުން 81 އަހަރުގެ ލަ ގްރައެޓް އަށް ފްރާންސްގެ ފުޓްބޯޅަ ރައީސްގެ މަގާމު ދިފާއު ނުކުރެވޭނެ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކުރިން ސިޔާސީ މަސައްކަތްތަކެއް ކުރި ލަ ގްރައެޓް ފުޓްބޯޅައިގެ ތެރެއަށް އައީ، ފްރާންސްގެ ގީންގޯމް ސަރަހައްދުގެ ޓީމަކާ އެކުގަ އެވެ. އޭނާ ފްރާންސް ފުޓްބޯޅަ ރައީސްކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2011 ވަނަ އަހަރު އެވެ. ލަ ގްރައެޓްގެ ސަސްޕެންޝަން މުއްދަތުގައި އެފްއެފްއެފްގެ ރައީސްގެ ޒިންމާއާ ހަވާލުވެވަޑައިގަތީ ނައިބު ރައީސް، ފިލީޕޭ ޑިއާލޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox