މި މަހުގެ 19 ގައި ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް

Jan 10, 2023, 5:32 AM
މި މަހުގެ 19 ގައި ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް

ޕެރިސް (10 ޖެނުއަރީ) - ލިއޮނެލް މެސީ ކުޅޭ ފްރާންސްގެ ޕީއެސްޖީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ދާދި ފަހުން ގުޅުނު ސައުދީ އަރަބިއްޔާ އަލް ނަސްރާއި އެ ގައުމުގެ އަލް ހިލާލުން ހޮވާލެވޭ ޓީމަކުން މި މަހުގެ 19 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ޕީއެސްޖީން ގަތަރަށް ކުރާ ދަތުރަށް ފަހު، ޕީއެސްޖީން މި މެޗު ކުޅުމަށް ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ދަތުރުކުރާނެ އެވެ.

ރޮނާލްޑޯ، 37، އާއި މެސީ، 35، އަކީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ.

މި ވާދަވެރިކަން އެންމެ ބޮޑުވެގެން ދިޔައީ މި ދެ ކުޅުންތެރިން ވެސް ސްޕެއިންގައި ކުޅުނުއިރު އެވެ. ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނުއިރު، މެސީ ހުރީ ބާސެލޯނާގަ އެވެ. ފަހުން، ރޮނާލްޑޯ، ޔުވެންޓަސްގައި ހުރެ ވެސް މެސީގެ ބާސެލޯނާއާ ދެކޮޅަށް ވަނީ ކުޅެފަ އެވެ.

ބާސެލޯނާގެ މެސީ (ކ) ކައިރިން ޔުވެންޓަސްގެ ރޮނާލްޑޯ ބޯޅަ ހިފައިގެންދަނީ.

ރޮނާލްޑޯ އަށް ޖުމްލަ 400 މިލިއަން ޑޮލަރު ނަސްރުން ލިބޭނެ: ރިޕޯޓް

ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ދާދި ފަހުން ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އަލް ނަސްރުން ރޮނާލްޑޯ އަށް އަހަރު 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) ދޭނެ އެެވެ.

ރޮނާލްޑޯ ނަސްރަށް ގެނައި އެއް ސަބަބަކީ، ސައުދީ އަރަބިއްޔާގެ ފުޓްބޯޅައިގެ ޕްރޮފައިލް ރަނގަޅު ކުރުމެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ސައުދީ އަރަބިއްޔާ އިން ދަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑުކުރުމަށް ތައްޔާރު ވަމުންނެވެ. އެއީ މިސްރާއި ގްރީސްއާ ގުޅިގެން ކުރާ ޖޮއިންޓް ބިޑެކެވެ. އެ ބިޑް ލީޑުކުރަނީ ސައުދީ އަރަބިއްޔާ އިންނެވެ.

އެކަމަކު، ރިޕޯޓްތަކުން ބުނާގޮތުގައި، އަލް ނަސްރުން ދޭ މުސާރައިގެ އިތުރުން، ސައުދީގެ ވޯލްޑް ކަޕް ބިޑް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާތީ ރޮނާލްޑޯ އަށް އިތުުރު 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް، އިތުބާރު ހުރި ފަރާތަކުން އޭއެފްޕީ އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެހެންވެއްޖެ ނަމަ، އަލް ނަސްރަށް ބަދަލުވި ޑީލްގެ ތެރެއިން ރޮނާލްޑޯ އަށް އަހަރަކު 400 މިލިއަން ޔޫރޯ (400 މިލިއަން ޑޮލަރު) ލިބޭނެެ އެވެ.

"ސައުދީ ވޯލްޑް ކަޕް 2030ގެ ބިޑުގެ އެމްބެސަޑެރެއްގެ ގޮތުން ރޮނާލްދޯ އަށް އިތުރު 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) ލިބޭނެ،" އެ ފަރާތުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox