ބެލްޖިއަމުން އިސްތިއުފާދިން ކޯޗު މާޓީނޭޒް ޕޯޗުގަލާ ހަވާލުވެއްޖެ

Jan 9, 2023, 3:02 PM
ބެލްޖިއަމުން އިސްތިއުފާދިން ކޯޗު މާޓީނޭޒް ޕޯޗުގަލާ ހަވާލުވެއްޖެ

ލިޒްބަން (ޖެނުއަރީ 9) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމްގެ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިން، ސްޕެއިނުގެ ރޮބާޓޯ މާޓީނޭޒް، މިއަދު، ޕޯޗުުގަލްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

މާޓީނޭޒް، 49، ބެލްޖިއަމްގެ ކޯޗުކަމުން މި ފަހަރު ވަކިވީ އެ ޓީމު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުންނެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ބެލްޖިއަމް ހިމެނުނުއިރު، އެ ގްރޫޕްގެ އެއް ވަނަ މޮރޮކޯ އަށް ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ މި ގްރޫޕްގެ ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ތިން ވަނައިގައި ނިންމި، ބެލްޖިއަމް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި ނިންމި ކެނަޑާ އަށް ޕޮއިންޓެއް ވެސް ނުލިބި އެވެ.

ބެލްޖިއަމްގެ ކޯޗުކަމުން ހަ އަހަރު ފަހުން ވަކިވި މާޓީނޭޒް، ޕޯޗުގަލްގެ ކޯޗުކަމުގެ ޒިންމާއާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެންމެ ފަހުން ޕޯޗުގަލްގެ ކޯޗަކަށް ހުރި ފެނާންޑޯ ސަންޓޯސް، މަގާމުން ވަކިވީ އަށް އަހަރު ފަހުންނެވެ.

ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެ، މާޓީނޭޒް، މީޑިއާއާ ކުރިމަތިލިއިރު، އެންމެ ގިނަ ސުވާލު އަމާޒުވީ ދާދި ފަހުން، ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ސޮއިކުރި ކްރިސްޓިއާނޯ ރޮނާލްޑޯ، 37، އާ ބެހޭގޮތުންނެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފަހު ދެ މެޗުގައި ރޮނާލްޑޯ ބެންޗުގައި އިންއިރު، މިއީ އެ ޓީމުގެ ކޯޗަކަށް ހުރި ސަންޓޯސް މަގާމުން ވަކިވުމުގައި ޕްރެޝަރު ބޮޑުވި ސަބަބެކެވެ.

މާޓީނޭޒް ބުނީ އޭނާ ޕޯޗުގަލްގައި މަސައްކަތްކުރާއިރު، ނިންމުންތައް ނިންމާނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ މަސައްކަތަށް ބެލުމަށް ފަހު ކަމަށާއި، "އޮފީސް ތެރޭގައި އިނދެގެން ގޮތް ނިންމާ މީހަކަށް" ނުވާނެ ކަމަށެވެ.

ކުރިން ވިގަން އެތުލެޓިކް، ސްވަންސީ ސިޓީ އަދި އެވަޓަން އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން މާޓީނޭޒް، ބެލްޖިއަމްގެ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ ބެލްޖިއަމްގެ ކޮންޓްރެކްޓްގައި ހުރީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނިޔަަލަށް ނަމަވެސް އޭނާގެ އެއްބަސްވުން އާ ކުރަން ދިޔައީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، ވޯލްޑް ކަޕްގެ މެޗުތަކުގައި ނަތީޖާ ނުކުތް ގޮތުންނާއި ޓީމު ތެރޭގެ މައްސަލަތައް ބޮންސުންލައި، ބެލްޖިއަމް މުބާރާތުން ކެޓުމާ އެކު މާޓީނޭޒްގެ ވަޒީފާ ގެއްލުނީ އެވެ.

ފީފާ ރޭންކިންގެ ގަދަ ފަސް ޓީމުގެ ތެރޭގައި މިދިޔަ އަށް ވަރަކަށް އަހަރު މަގާމު ދެމެހެއްޓި، ބެލްޖިއަމްއާ މާޓީނޭޒް ހަވާލުވެ، 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ. ބެލްޖިއަމްގައި މާޓީނޭޒް ހުއްޓައި، އެ ޓީމު ވަނީ ތިން އަހަރެއްހާ ދުވަހު ފީފާ ރޭންކިންގެ އެއް ވަނަ މަގާމު ދަމަހައްޓައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox