ނަޝީދު ކޯލިޝަންގެ ވާހަކަ ދެއްކެވުމުން ރައީސް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ރައީސް ސޯލިހް ދަރަވަންދޫގައި; ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހް ދަރަވަންދޫގައި; ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވި -- ފޮޓޯ: އެމްޑީޕީ

ކޯލިޝަނަކާއެކު ވެރިކަން ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ދެ ބޭފުޅުން ކެމްޕެއިން ކުރައްވަމުންދާއިރު މިއަދު ބ. ދަރަވަންދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަންވެރިކަމެއް ކުރެވޭނީ ތަފާތު ފިކުރުގެ, ވިސްނުމުގެ މީހުންނާ ގުޅިގެން ކަމަށާއި އެކަނި ނިކުމެ ކޯލިޝަން ނުހެދޭނެ ކަމަށެވެ.

"މިއަދު ވިދާޅުވީ ކޯލިޝަނެއް ހަދާ ވާހަކަ. ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކާއެކީ ކަމަށް. ދަންނަވަން ބޭނުންވާ ވާހަކައަކީ ކޯލިޝަނެއް ހެދޭނީ އެކަންޏެއް ނޫނޭ, ގިނަ ޕާޓީތައް ބައިވެރިވެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދަށް ބަހުގެ ހަމަލާ ރައްދު ކުރައްވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ވެރިކަން ކުރެވެނީ ކާކަށްތޯ އާއި ކޯލިޝަނެއް ދެމެހެއްޓޭނީ ކޮން ކާކަންކަން ނިންމާނީ ރައްޔިތުން ކަމަށެވެ. އެކަނިމާއެކަނި އިންތިހާބު ކާމިޔާބު ކުރައްވަން ނިކުމެވަޑައިގެންނެވުމަށްފަހު އެކަން އެއީ އެހެން ކުރެވެން އޮތް ކަމެއް ނޫން ކަމަށް މިއަދު ނަޝީދު ގަބޫލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް, ކޯލިޝަން ނުދަމަހައްޓައެއް ވެފައިވާ ވައުދުތައް ނުފުއްދޭނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ރިޔާސީ ދައުރު ނިންމާލާނީ 2018 ވަނަ އަހަރު ރައްޔިތުން ވެރިކަން ހަވާލުކުރި ކޯލިޝަނާއެކު ކަމަށެވެ.

މީގެ ކުރިން ކޯލިޝަން ހަދައިގެން ވެރިކަން ކުރުމާދުރު ނަޝީދު ވަނީ ދާދިފަހުން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

"ގާނޫނުގައި އެބައޮތް ފުރަތަމަ ބުރުން ކާމިޔާބު ނުވެއްޖިއްޔާ ދެވަނަ ބުރު، އެހެންވީމަ ފުރަތަމަ ބުރުން ނިންމާފައި އެހެން ޕާޓީތަކާ ވާހަކަ ދައްކަން ޖެހޭނެ، އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެވަގުތު، އެއީ ޝައްކު ހިނގާ ކަމެއް ނޫން، ހުރިހާ ޕާޓީތަކުން ވެސް ވާހަކަ ދައްކާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ނިސްބަތަށް ވޯޓު ނުލިބުމުން ދެވަނަ ބުރެއް ބޭއްވި އެވެ. އޭރު އިންތިހާބު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. އެއީ ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެހެން ކެންޑިޑޭޓުންގެ ތާއީދާ އެކުގަ އެވެ.

ނަމަވެސް 2018 ވަނަ އަހަރު، އޭރު ތިބި އިދިކޮޅު ލީޑަރުން ޖަލު ބަންދުގައި ނުވަތަ ޖަލު ހުކުމްތަކުގައި ތިބުމުން އިންތިހާބަށް ނުކުތީ ފުރަތަމަ ބުރުގައި ވެސް ސަރުކާރާ ވާދަވެރި ހުރިހާ ޕާޓީތަކެއް ކޯލިޝަން ހަދައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓު އަދި އިތުރަށް އެއް ވޯޓު ލިބިގެެނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި، އެ މިންވަރަށް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނާއެކު ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox