ހެރީގެ ފޮތާ ގުޅިގެން އަފްގާން މީހުން ރުޅި އައިސް މުޒާހަރާ ކުރަނީ

އިނގިރޭސި އަމީރު ހެރީގެ ހަޔާތުގެ މައްޗަށް ނެރުނު "ސްޕެއާ" ގެ ސްޕެއިން ބަހުގެ ތަރުޖަމާ. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސި އަމީރު ހެރީގެ ހަޔާތުގެ މައްޗަށް ނެރުނު "ސްޕެއާ" ގެ ސްޕެއިން ބަހުގެ ތަރުޖަމާ. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަފްގާނިސްތާނުގައި ތާލިބާނުންގެ 25 މީހުން މެރި ކަމަށް ލިޔުއްވާފައި ވާތީ، އަފްގާން ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފި އެވެ.

ހެރީގެ ހަޔާތުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޮގްރަފީ "ސްޕެއާ" ގައިވާ ގޮތުން އަފްގާނިސްޔާނުގައި ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި އުޅުއްވި އިރު، 25 މީހުން މަރާލި އެވެ.

ހެރީ ލިޔުއްވި ގޮތުގައި 2012 އިން 2013 އަށް ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގަައި އަފްގާނިސްތާނުގައި އުޅުއްވި އިރު، ހަ މިޝަން ފުރިހަމަ ކުރެއްވި އެވެ.

އެ ހުރިހާ މިޝަނެއްގައި ވެސް މީހުން މަރުވި އެވެ. ނަމަވެސް ހެރީ ދެކިވަޑައިގަންނަވާ ގޮތުގައި "އެއީ އިންސާފުން" ދިޔަ ކަމެކެވެ.

އެކަމާ މެދު ނުރުހުން ފާޅުކޮށް ހެލްމަންދް ޕްރޮވިންސްގެ ޔުނިވާސިޓީއެއްގެ ލެކްޗަރާއިންނާއި ދަރިވަރުން މުޒާހަރާ ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިނގިރޭސިން އަފްގާނިސްތާނުގައި ގިނަ މިޝަަންތައް ހިންގީ އެ ޕްރޮވިންސްގަ އެވެ. މުޒާހަރާގެ ބައިވެރިން ބުނީ ހެރީގެ އަމަލަކީ "އިންސާނިއްޔަތާ ހިލާފު" އަމަލެއް ކަމަށެވެ.

މިޝަންތަކުގައި މަރާލި މީހުންގެ އަދަދާއި ރާޒުވާ ކުޅިބަޔަކާ ފޮތުގައި އެއްހަމަކޮށްފައިވެ އެވެ. އެހެންވެ، ތާލިބާން ސަރުކާރުގެ އޮފިޝަލުންނާއި އިނގިރޭސި ކުރީގެ ސިފައިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox