ޕްލޭނާ އެއްގޮތަށް މަސައްކަތްކޮށް ޝަމާއިލްގެ ވެސް ޓާގެޓަކީ މެޑަލް

Jan 9, 2023, 5:16 AM
މި ފަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ މެޗެއްގެ ތެރެއިން ޝަމާއިލް.

މި ފަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ މެޗެއްގެ ތެރެއިން ޝަމާއިލް.

ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްކޮށް ޓާގެޓަކީ މެޑަލެއް ހޯދޭ ވަރަށް ކުޅުން ރަނގަޅުކުރުން ކަމަށް ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން ބުނެފި އެވެ.

ޝަމާއިލް ވަނީ ދާދި ފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ހިމެނުނު ރާއްޖޭގެ ބީޗްވޮލީ ޓީމަށް ކުޅެފަ އެވެ. އެ މުބާރާތުން ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ރަން މެޑަލް ހޯދިއިރު، ރާއްޖޭން ދެން ވާދަކުރި ޕެއާގައި ހިމެނެނީ ޝަމާއިލް އާއި އަހުމަދު މުހައްމަދު (ކޯކޭ)، އެއް ޕެއާއެއްގަ އެވެ.

މިއީ އިންޑޯ ވޮލީގެ ގައުމީ ޓީމުން ކުރިން ފެނުނު ޝަމާއިލް، ބައިނަލްއަގުވާމީ ބީޗްވޮލީ މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

"މި މުބާރާތް، އަލަށް ކުޅުނު މުބާރާތެއް ވީމަ ވަރަށް ޕްރެޝަރު، ކުރިއަށް އޮތްތާގައި ވަރަށް މަސައްކަތް ކުރަން ކޯޗު ވެސް ބުނެފައި އިނީ. އިރާދަކުރެއްވިއްޔާ މެޑަލް އަކާ ހިސާބަށް ފޯރާ ވަރަށް ކޯޗު ވެސް ހުރީ މަސައްކަތް ކޮށްދޭން،" ޝަމާއިލް ބުންޏެވެ.

ޝަމާއިލް ބުނީ ބީޗްވޮލީ ކޯޗު ވިނީޝިއުސްއާ އެކު، މަސައްކަތްކުރާތާ ވީ ތިން މަހެއްހާ ދުވަސްތެރޭގައި ވެސް ރަނގަޅު ވަރަކަށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

މިއީ ކަކުލުގެ ސީރިއަސް އަނިޔާއަކަށް ފަހު، ކުޅުމުގެ ތެރެއަށް އެނބުރި އައިސް ޝަމާއިލް ކުޅުނު ފުރަަތަމަ މުބާރާތެވެ. އެ ގޮތުން 2020 ވަނަ އަހަރު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރުމަށް ފަހު، ޝަމާއިލް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކުރި މަސައްކަތުގައި ގައުމީ ބީޗް ވޮލީ ކޯޗު ވިނީޝިއުސް އާއި އިންޑޯ ގައުމީ ޓީމުގެ ކޯޗު ސާޖިއޯ ވެލޯސޯ ވެސް ވަނީ އެހީތެރިވެދީފަ އެވެ.

"އަސްލުގައި އަނިޔާ އަށް ފަހު ވަރަށް މަސައްކަތް ކޮށްގެން ކުޅެން ނުކުތީ، ނުކުތުމުގެ ތެރޭގައި އިންޑޯ ކޯޗާއި ބީޗް ކޯޗު ވެސް ވަރަށް އެހީވި ހަމަ. އަލުން ބެކް ޓު ސްޕޯޓްސް އަށް ދިއުމަށް،" ޝަމާއިލް ބުންޏެވެ.

މިހާރު ޝަމާއިލްގެ ފޯކަސް އަކީ އެއްކޮށް ބީޗް ވޮލީ އަށް ބަދަލުވެ، އޭގެއިން ކުރިއަށްދިއުމެވެ.

ކޯޗު ވިނީޝިއުސް ވެސް ޝަމާއިލާ މެދު އުންމީދުތަކެއް ކުރޭ

މި ފަހަރުގެ ސެންޓްރަލް އޭޝިއަން ބީޗް ޓުއާ މުބާރާތަށް ދިޔައިރު ކޯޗު ވިނީޝިއުސް، ޝަމާއިލް ފަރާތުން ބޭނުންވީ ޕްރެޝަރުގައި ކުޅެން ދަސްކުރަން ހޭނުމެވެ. އެ ގޮތުން، ޝަމާއިލް އާއި ކޯކޭގެ ޕެއާ އިން ފުރަތަމަ މެޗުން މޮޅުވި އެވެ. އެކަމަކު، ދެން ކުޅުނު މެޗުތަކުން ބަލިވެ، މުބާރާތުން ކެޓީ އެވެ.

"އަހަރެން މި މުބާރާތުގައި ޝަމާއިލްގެ ފަރާތުން ބޭނުންވީ މާ މޮޅު ކުޅުންތަކެއްގެ ބަދަލުގައި ޕްރެޝަރުގައި ކުޅެން ދަސްކުރުން. އެ އުމުރުގައި މިސްޓޭކް ހެދޭނެ. މިސްޓޭކް ތަކުރާރުނުވުން މީގެ މުހިންމީ، އަހަންނަށް އެކަން ޝަމާއިލްގެ ކިބައިން ފެނުނު،" ވިނީޝިއުސް ބުންޏެވެ.

ޓްރެއިނިންގައި ޝަމާއިލް ކުރާ މަސައްކަތް ފާހަގަކޮށް، ވިނީޝިއުސް ބުނީ މެޗުގެ އޮއެވަރު ބަދަލުވާ ވަގުތުތަކުގައި ފޯކަސް ގެއްލުވައިނުލައި ކުޅެން ޝަމާއިލް ދަސްކުރަމުން އަންނަ ކަމަށާއި މިއީ އެ އުމުރުގެ ކުޅުންތެރިއެއްގެ ފަރާތުން އެންމެ އެދޭ ކަންތައް ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ޝަމާއިލް އަށް އިތުރަށް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް މި ފަހަރުގެ މުބާރާތުން ފެނިގެންދިޔަ ކަމަށާއި ޝަމާއިލް ވެސް ހުރީ އެ ކަންކަން ރަނގަޅުކޮށްގެން، "މޮޅު ބީޗްވޮލީބޯޅަ ކުޅުންތެރިއަކަށް" ވުމުގެ އަޒުމުގައި ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމުން ކުރިއަށް އޮތްތަނުގައި ހޯދާ ކާމިޔާބީތަކުގައި ޝަމާއިލްގެ ހިއްސާ އޮންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox