ހިންނަވަރުގައި ބޮޑު ކެމްޕޭން ހަރަކާތެއް ނެތް; ރައީސް ވަގުތު ހޭދަކުރެއްވީ ރައްޔިތުންނާ އެކު

ރޭ ހިންނަވަރުގައި ބޭއްވި ބޮނޑިބަތް ހަރަކާތުގެ ތެރެއިން; ހިންނަވަރުގައި ކެމްޕޭނު ޖަލްސާއެއް ނުބާއްވަވާ ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރޭ ހިންނަވަރުގައި ބޭއްވި ބޮނޑިބަތް ހަރަކާތުގެ ތެރެއިން; ހިންނަވަރުގައި ކެމްޕޭނު ޖަލްސާއެއް ނުބާއްވަވާ ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނުގެ އަމިއްލުފުޅު ރަށަށް ރޭ ވަޑައިގެންނެވި އެވެ. އެހެން ރަށްތަކުގައި ބޭއްވެވި ބައްދަލުވުންތަކާއި, ޖަލްސާތައް މިރަށަކުން ފެނިގެނެއް ނުދިޔަ އެވެ. މުޅިން ވެސް ތަފާތު މަންޒަރެކެވެ.

ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޅ. ހިންނަވަރަށް ރޭ އިރާކޮޅު ވަޑައިގެންނެވުމުން ލިބިވަޑައިގެންނެވީ ދެގޮތެއް ނުވާ ހޫނު މަރުހަބާ އެކެވެ. ގާތްގަނޑަކަށް 5000 އެއްހާ މީހުންގެ އާބާދީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 1500 އެއްހާ މީހުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ ބަނދަރުމައްޗަށް ނިކުމެ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ކެމްޕޭނު ޖަލްސާއެއް ނުބާއްވަވާ, އިންތިޒާމު ކުރެއްވި ބޮނޑިބަތާ އެކު އެމަނިކުފާނު ވަނީ އާއިލީ ބޭބޭފުޅުންނާއި, ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. ނުރަސްމީކޮށް ބޭއްވި މި ހަރަކާތުގައި ރަށުގެ 700 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

"މީ އަމިއްލަ ރަށް, މިރަށުގައި ކޮން ޖަލްސާއެއްތޯ ބާއްވާނ،ީ" އަދަދު ނޫހާ ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ހިންނަވަރުގައި ރައީސްގެ ކެމްޕޭނު ޖަލްސާއެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށާއި, ބޮނޑިބަތާއެކު ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ވެސް ކެމްޕޭނު ހަރަކާތެއް ކަމަށެވެ. އަދި، މިރަށުގައި ޖަލްސާއެއް ބާއްވާ ވާހަކަތަކެއް ނުދެއްކިޔަސް, ރައްޔިތުންގެ ތާއީދު ރައީސަށް އޮތް ކަމަށް ވިދާޅުވި އެވެ.

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންނެވުން; ރައްޔިތުންނާ ގާތުން ކެމްޕޭނު ކުރެއްވި -- ފޮޓޯ: އެމްޑީޕީ
ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންނެވުން; ރައްޔިތުންނާ ގާތުން ކެމްޕޭނު ކުރެއްވި -- ފޮޓޯ: އެމްޑީޕީ

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންނެވުން; ރައްޔިތުންނާ ގާތުން ކެމްޕޭނު ކުރެއްވި -- ފޮޓޯ: އެމްޑީޕީ

ނިޔާޒްގެ އިތުރުން ހިންނަންވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު ވެސް ވިދާޅުވީ ރަށުގައި ޖަލްސާއެއް ބާއްވާ, ރައީސަށް ވޯޓު ދިނުމަށް އެދުމަށް ވުރެ ރަށު ރައްޔިތުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުން މުހިންމު ކަމަށެވެ. އަދި، އެގޮތަށް އަމަލު ކުރެއްވުމުން ހިންނަވަރު ރައްޔިތުންނާ ރައީސް ބަހައްޓަވާ ގާތްކަން ވެސް ދެމެހެއްޓިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ހިންނަވަރު އެމްޑީޕީ އަށް ސަޕޯޓުކުރާ ޒުވާނަކު ބުނި ގޮތުގައި ރައީސް ޖަލްސާ ބާއްވަވާ ކެމްޕޭނު ކުރެއްވިނަމަ އިހުސާސް ކުރެވޭނީ އެހެން ރަށްތަކާއި ހިންނަވަރާއި އެއްވެސް ތަފާތެއް ނެތުން ކަމަށެވެ. އަދި، އެއާ ހިލާފަށް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ ގާތްކަން ދެމެހެއްޓުމަކީ ރައްޔިތުން މާ ހިތްހަމަޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން ހޫނުމަރުހަބައެއް ލިބިވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ
ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން ހޫނުމަރުހަބައެއް ލިބިވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ

ރައީސް ހިންނަވަރަށް ވަޑައިގެންނެވުމުން ހޫނުމަރުހަބައެއް ލިބިވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ

ހިންނަވަރުން ރައީސް ސޯލިހަށް ދެގޮތެއް ނުވާ ތާއީދު އޮތްއިރު, 2018 އެކޭ އެއްފަދައިން މިހާރުވެސް ރައީސް ރަށަށް ވަޑައިގެންނެވުމުން ހިންނަވަރު ރައްޔިތުންނަށް ކުރެވެނީ އެއްބަނޑު މީހަކު ރަށަށް އައުމުން ކުރެވޭ އުފާވެރި އިހުސާސެވެ.

ހިންނަވަރު ރައްޔިތުން ސިފަ ކުރި ގޮތުގައި ކުރިން ރައީސަކު ވަޑައިގެންނެވުމުން ފެންނަނީ ވަރަށް ދުރުުން ރައީސްގެ އިސްތަށިފުޅުގެ ފުއްކިބަ އެވެ. އެއާ ހިލާފަށް ރައީސް ސޯލިހު ވަޑައިގެންނެވުމުން ގާތްކަން އިހުސާސް ކުރެވޭ ކަމަށާއި, ބޭނުންވާ ކަންކަން ރައީސްއާ ފަސޭހައިން ހިއްސާ ކުރެވޭ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox