ވާގޮތް: ބަނގުރާ ބުއިމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

ވާގޮތް: ބަނގުރާ ބުއިމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

ކުރީގެ ބޯދާ ވާހަކައެއްގައި އޮވެ އެވެ. އަޅަކު އޭނާގެ ސާހިބުގެ ގާތަށް ހާޒިރުކޮށް ތިންކަމެއް ހުށަހަޅަ އެވެ. އެއިން ކޮންމެވެސް އެއްކަމެއް ކުރުމުން ނޫނީ އޭނާއަށް ސަލާމަތެއް ނެތް ކަމަށް ސާހިބު މީހާ އަންގަ އެވެ.

އޭނާއަށް ހުށަހެޅޭ ފުރަތަމަ ކަމަކީ ސާހިބު މީހާއާ އެކު ޒިނޭ ކުރުމުވެ. ދެވަނަ ކަމަކީ އެއްވެސް ކުށެއް ނެތި ހައްޔަރު ކޮށްފައި ހުރި މީހަކު މަރާލުމެވެ. ތިންވަނަ ކަމަކީ ބަނގުރާ ތައްޓެއް ބޯލުމެވެ.

އެންމެ ގެއްލުން ކުޑަވާނެ ކަމެއް ކަމުގައި އަޅުކަލޭގެ ދުށީ ބަނގުރާ ތަށި ބޯލުމެވެ. ސަބަބަކީ ބޯން ޖެހެނީ އެންމެ ތައްޓެއް ކަމަށްވެފައި އެއީ އިތުރު މީހެއްގެ ބައިވެރިވުމެއް ނެތި ކުރެވޭނެ ކަމެއް ކަމުގައި ވުމެވެ. ނަމަވެސް ބަނގުރާ ތަށި ބޯލުމާ އެކު އޭނާގެ ހަމަބުއްދި ފިލައިގޮސް ސާހިބު މީހާއާ އެކު ޒިނޭ ކުރުމަށްފަހު ހައްޔަރުކޮށްފައި ހުރި މީހާ ވެސް މަރާލަ އެވެ.

Advertisement

އެއީ ބޯދާ ވާހަކައެއް ކަމުގައި ވީނަމަވެސް ރަނގަޅު އިބުރަތެއް ލިބޭ ވާހަކަ އެކެވެ. ބަނގުރަލުގެ ކިތަންމެ ކުޑަ މިންވަރެއްގެ ސަބަބުން ވެސް ހަށިގަނޑަށް ލިބޭ ގެއްލުން ވަރަށް ފުރިހަމައަށް އެވާހަކައިން އެނގިގެން ދެއެވެ.

އެހެނަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމާ މެދު ހިޔާލު ތަފާތުވާ މީހުން އުޅެ އެވެ. އަހަރުމެންގެ ތެރޭގައި ވެސް ސައްތައިން ސައްތަ އިސްލާމުން ކަމުގައިވެ ތިބެ މިކަމާ ޖަދަލު ކުރާ މީހުން މަދެއް ނޫނެވެ.

އެހެންކަމުން ބަނގުރާ ބުއިމުން ހަށިގަނޑަށް ވަނީ ކިހިނެއްތޯ އާއި އޭގެ ސަބަބުން ހަށިގަނޑަށް އަސަރު ކުރަނީ ކިހިނެއްތޯ ބަލާލުން އެއީ މުހިންމު ކަމެކެވެ.

ބަނގުރާ ބުއިމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

އާންމު ދިރިއުޅުމުގައި ކައިބޮއެ އުޅޭ ތަކެއްޗާ ހިލާފަށް ބަނގުރަލަކީ ހަޖަމުވާ އެއްޗެއް ނޫނެވެ. ހަށިގަނޑަށް ބަނގުރާ އެތެރެވާ ވަގުތުން ލޭ ދައުރުކުރާ ނިޒާމުގެ ތެރެއިން މުޅި ހަށިގަނޑަށް އޭގެ އަސަރު ފޯރުވަ އެވެ.

އެގޮތުން ބަނގުރަލުގެ އަސަރު އެންމެ ފުރަތަމަ ވެސް ކުރަނީ ސިކުނޑިއަށެވެ. އެއަށްފަހު ކިޑްނީ އަށެވެ. ދެން ފުއްޕާމެއަށާއި ފުރަމެއަށެވެ. ބަނގުރަލުގެ އަސަރު މިތަރުތީބުން ކުރާއިރު، ހޭދަވާ ވަގުތާއި ކުރާ އަސަރު އެކި މީހުންނަށް ތަފާތުވެ އެވެ.

އެމީހެއްގެ ޖިންސާއި އުމުރު އަދި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ކައިގެން ހުރި މިންވަރުގެ އިތުރުން ބޭނުން ކުރާ ބަނގުރަލެއްގެ ވައްތަރާއި ފަރުވާ ހޯދުމަށް ބޭނުން ކުރަމުން އަންނަ ބޭހެއްގެ ސަބަބުން ވެސް ބަނގުރަލުން މީހާއަށް އަސަރު ކުރަން ނަގާ ވަގުތު ތަފާތުވެދާނެ އެވެ. އާންމުކޮށް އިންސާނެއްގެ ފުރަމެއިން ބަނގުރަލުގެ އެންމެ ޔުނިޓެއް އަންދާލަން ވެސް އެއްގަޑިއިރު ނަގަ އެވެ.

ބަނގުރަލުގެ އަސަރު ހަށިގަނޑަށް ކުރަން ނަގާ ވަގުތު ތަފާތު ވަނީ ކިހިނެއް؟

މީހާގެ ހަށިގަނޑު ހުންނަ ގޮތަކީ ބަނގުރަލުގެ ސަބަބުން މީހާގެ ހަށިގަނޑަށް އަސަރު ކުރަން ނަގާ ވަގުތަށް އެންމެ ބޮޑު ފަރަގެއް ގެންނަ އެއް ސަބަބެވެ. އެހެންވާން މެދުވެރި ވަނީ ހަށިގަނޑުގައި ހުންނަ ޓިޝޫ މަދުވުމުން ހަށިގަނޑަށް އެތެރެވާ ބަނގުރާ ދަމައިގަންނަ މިންވަރު މަދުވުމެވެ.

ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ބަނގުރަލުން ކުރާ އަސަރު ބޮޑުވަނީ މިސަބަބާ ހުރެ އެވެ. އަންހެނުންގެ ހަށިގަނޑުގައި ފިރިހެނުންނަށް ވުރެ ފެން މަދުވެފައި ފެޓު ގިނަ އެވެ. އަދި ފިރިހެނުންނަށް ވުރެ އަންހެނުންގެ ހަށިގަނޑު ކުޑަވެފައި ނިކަމެއްޗެވެ.

އެހެންކަމުން ފިރިހެނުންނަށް ވުރެ އަވަހަށް އަންހެނުންނަށް ބަނގުރަލުގެ އަސަރު ކުރެ އެވެ. އަދި ބަނގުރަލުގެ އަސަރު ހަށިގަނޑުން ނައްތާލާ އެންޒައިމް ވެސް ފިރިހެނުންނަށް ވުރެ އަންހެނުންގެ ގައިގައި އުފައްދާ މިންވަރު ދަށްވުމުން ބަނގުރަލުގެ އަސަރު އަންހެނުން ގައިގައި މާގިނަ ވަގުތު ހުރެ އެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ވަނީ ހަމަ މިގޮތެވެ. ފުރާވަރުގެ އުމުރަކީ މީހާ ހެދިބޮޑުވަމުން އަންނަ އުމުރުކަމަށްވެފައި އެ އުމުރުގައި ހަށިގަނޑުން ވެސް ކުޑަ ވުމުގެ ސަބަބުން އެ އުމުރުގައި ވެސް ބަނގުރަލުގެ އަސަރު ހަށިގަނޑަށް ކުރަން ނަގާ ވަގުތު މަދުވެ އެވެ. އަދި އެ އުމުރަކީ ސިކުނޑި ތަރައްގީވަމުން އަންނަ އުމުރުކަމުން ބަނގުރަލުގެ ސަބަބުން ސިކުންޑިއަށްވާ ގެއްލުން އިންތިހާއަށް ބޮޑުވެ އެވެ.

އެއާ ހިލާފަށް އިންސާނާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު މަދުވެ ފެޓްސްގެ ބައި އިތުރުވެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބަނގުރަލުގެ ސަބަބުން ކުރާ އަސަރާއި ގެއްލުން ބޮޑުވެގެންދެ އެވެ. ޅަ އުމުރުގައި ބޭނުން ކުރާ މިންވަރަށް ދޮށީ އުމުރުގައި ބަނގުރާ ބޭނުން ކުރުމުން ކުރާ އަސަރު ދެގުނަވެ އެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ ގެއްލުން ވެސް ދޮށީ އުމުރުގައި އިތުރުވެ އެވެ.

ހަށިގަނޑުގައި ބަނގުރާ ދަތުރު ކުރާ ގޮތް

ހަޖަމު ކުރުމުގެ ނިޒާމު

ހަށިގަނޑަށް އެތެރެވާ ބަނގުރަލުގެ ވިހި އިންސައްތަ ލޭގެ ތެރެއަށް ދަނީ ހަޖަމު ކުރުމުގެ ފުރަތަމަ މަރުހަލާގަ އެވެ. ބާކީ އަށްޑިހަ އިންސައްތަ ލޭގެ ތެރެއަށް ވަންނަނީ ކުޑަ ގޮހޮރާ ހަމައިންނެވެ.

ބަނގުރަލުގެ މަދު މިންވަރެއް ބޭނުން ކުރުމުން ހަޖަމު ކުރާ ނިޒާމު އިތުރަށް ހަރަކާތްތެރި ކުރުވާ ކާހިތްވާ ގޮތްވެ އެވެ. ނަމަވެސް މާގިނައިން ބަނގުރާ ބޭނުންކޮށްފި ނަމަ ކާހިތްކެނޑި ހަށިގަނޑު ބަލިކަށިވާ ގޮތްވެ އެވެ. އާންމުކޮށް ބަނގުރާ މާގިނައިން ބޭނުން ކުރާ ނަމަ ބަނޑުގައި ހުންނަ ގޭސްޓުރިކް ޖޫހާއި ބަނގުރާ އެއްވެ ގޮހޮރުގައި ފާރު ހެދުން ވެސް ކުރިމަތިވެ އެވެ.

މި މަރުހަލާގައި ގިނަ މީހުންގެ ހަޖަމު ކުރުމުގެ ނިޒާމުން ބަނގުރާ ހަށިގަނޑަށް އެތެރެވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަން ފަށަ އެވެ. ބަނގުރާ ބުއިމުން ހޮޑު ލެވޭގޮތް ވަނީ އެހެންވެ އެވެ. އެއީ ހަށިގަނޑަށް ބަނގުރަލުގެ އަސަރު ކުރިޔަ ނުދިނުމަށްޓަކައި ހަޖަމު ކުރުމުގެ ނިޒާމުން އަދާ ކުރާ ވަޒީފާ އެކެވެ.

ލޭ ދައުރު ކުރާ ނިޒާމާއި ސިކުނޑި

ހަޖަމު ކުރާ ނިޒާމުގެ ތެރެއިން ލޭހޮޅިތަކަށް ބަނގުރާ ވާސިލުވުމާ އެކު ލޭހޮޅިތައް ކުރިއަށް ވުރެ ފަލަވެ އެވެ. އޭގެ ސަބަބުން މީހާގެ ހަންގަނޑަށް ލޭދައުރުވާ މިންވަރު އިތުރުވެ ރަތްވާގޮތްވެ އެވެ. އަދި ހަށިގަނޑު ކުޑަކޮށް ހޫނުވެލުމަށްފަހު ލޭގެ ޕުރެޝަރު ދަށްވާން ފަށަ އެވެ.

ލޭ ދައުރު ކުރާ ނިޒާމުގެ ތެރެއިން ލާފައި ގޮސް ދެން ބަނގުރަލުގެ އަސަރު އެންމެ އަވަހަށް ކުރަނީ ސިކުނޑި އަށެވެ. ސިކުނޑިއަށް ބަނގުރަލުގެ އަސަރު ކުރުމާ އެކު މީހާގެ ހަރަކާތްތަކަށް ބަދަލު އާދެ އެވެ.

ކަންކަމުގައި ވިސްނާ ގޮތާއި ގޮތް ނިންމާ ގޮތް ބަދަލުވެ ކޮންޓުރޯލުން މީހާ ނައްޓަ އެވެ. އެއާއެކު ބައެއް ފަހަރު މީހާ މާޔޫސް ކޮށްލަ އެވެ. އަނެއްބައި ފަހަރު މީހާގެ ރުޅި ގަދަ ކޮށްލަ އެވެ. ބަނގުރަލުގެ މިންވަރު ލޭގައި އިތުރުވަމުންދާ ވަރަކަށް މި އަސަރުތައް މީހާއަށް ކުރާވަރު އިތުރުވެ އެވެ. އެގޮތުން ވާހަކަދައްކަން އުނދަގޫވުމާއި ހަމައަށް ކޮޅަށް ހުންނަން ދަތިވާގޮތްވެ އެވެ.

ކިޑްނީ، ފުއްޕާމޭ އަދި ފުރަމޭ

ބަނގުރަލުގެ އަސަރު ދެން ފެންނަން ފަށަނީ ކިޑްނީ އިންނެވެ. ބަނގުރާ ބޭނުން ކުރުމުން ކިޑްނީއިން ކުޑަކަމުދާ ތަކެތި އުފައްދާ މިންވަރު އިތުރުވެ އެވެ. ނަތީޖާއަކަށް ވަނީ މީހާގެ ހަށިގަނޑުން ފެން މަދުވެ ޑީހައިޑުރޭޓު ވާގޮތް ވުމެވެ.

ބަނގުރަލަކީ އޭގައި ވަރުގަދަ އާތްވެއް ހުންނަ އެއްޗެއްކަމުން، ބަނގުގެ އަސަރު ހަމައެކަނި ކުރަނީ މީހާގެ ހަޖަމު ކުރާ ނިޒާމަށް ފޯރާ ބައިން އެކަންޏެއް ނޫނެވެ. ފުއްޕާމެއަށް އެތެރެވާ ބަނގުއާވިން ވެސް ލޭގެތެރެއަށް އޭގެ އަސަރު ކުރުވަ އެވެ.

ހަށިގަނޑަށް އެތެރެވާ ބަނގުރާ ނައްތާލުމުގެ އެންމެ މުހިންމު ރޯލެއް އަދާ ކުރަނީ އިންސާނާގެ ލިވަރު ނުވަތަ ފުރަމެއިންނެވެ. ލޭގެތެރޭގައި ހުންނަ ބަނގުރަލުގެ 95 އިންސައްތަ ފެނަށާއި ކާބޮން މޮނޮކްސައިޑަށް ބަދަލުކޮށްލަނީ ފުރަމެއިންނެވެ. އެހެން ނަމަވެސް ކުރިން ފާހަގަ ކުރި ފަދައިން ބަނގުރަލުގެ އެންމެ ޔުނިޓެއް ފެނަށް ބަދަލު ކޮށްލުމަށް ވެސް ގަޑިއެއްގެ އިރު ނަގަ އެވެ. ގިނައިން ބަނގުރާ ބޯ މީހުންގެ ފުރަމޭ އެހައި އަވަހަށް ހަލާކުވަނީ ވެސް މި ސަބަބާ ހުރެ އެވެ.

އެހެންކަމުން ބަނގުރާ ބޭނުން ކުރުމުން ހަށިގަނޑަށް ވާގޮތް އެނގި ސާފުވެއްޖެ އެވެ. ބަނގުރާ ބޮއެގެން އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނާ މީހުންގެ ވާހަކައިގައި އެއްވެސް ބުރަދަނެއް ނުހުންނަ ކަން އަދި މާ ސާފުވެއްޖެ އެވެ. ބަނގުރަލުގެ ކިތަންމެ ކުޑަ މިންވަރެއް ބޭނުން ކުރި ކަމުގައި ވީނަމަވެސް އޭގެ އަސަރު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކުރާނެ ކަން ޔަގީނެވެ.

އެހެންކަމުން އަހަރުމެންގެ ދީނުގައި އަންގަވާފައިވާ ފަދައިން މިނުބައި އަމަލާ ދުރުހެލިވުމަކީ އެއީ އަހަރުމެންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ނޫނީ ނުވާނެ އެވެ. ބަނގުރާ ބޭނުން ކުރުމަކީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ހީވެފައި އޮތެއް ކަމަކު ހަގީގަތުގައި އެއީ މުޅި ހަށިގަނޑާއި މީހާގެ ފުރާނައާ ވެސް ގުޅިފައިވާ ނުރައްކަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox