އެވަޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އަނެއް ބުރަށް

Jan 7, 2023, 5:02 AM
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރަޝްފޯޑް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރަޝްފޯޑް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

މެންޗެސްޓާ (ޖެނުއަރީ 7) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުން އެވަޓަން އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އޯލްޓް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެެވެ. މި ލަނޑު ޖެހީ މާކަސް ރެޝްފޯޑް އޭރިއާތެރެއިން ތިރިތިރިން ނަގައިދިން ބޯޅައަކުން އެންޓޮނީ އެވެ. އޭގެ އިރުކޮޅެއް ފަހުން، އެވަޓަންގެ ވިންގް، ޑެމަރާއި ގްރޭ ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ 10 މިނިޓް އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެވަޓަން އިން ވަނީ ނަތީޖާ ހަަމަހަމަކޮށްފަ އެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި، މި ލަނޑު ޖެހީ އެވަޓަންގެ ޑިފެންޑަރު، ކޮނާ ކޯޑީ އެވެ. އޭރިއާތެރެއިން އެވަޓަންގެ ފޯވާޑް، ނީލް މޯޕޭ ޖެހި ބޯޅައެއް ކީޕަރު ޑެހެއާ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު ކޯޑީ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެވަޓަންގެ ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ ޔުނައިޓެޑުން އޭރިއާބޭރުން ފޮނުވާލި ބޯޅަތައް ހުއްޓުވައިފަ އެވެ.

ޔުނައިޓެޑުން އަލުން ލީޑުނެގީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަ މިނިޓް ތެރޭގަ އެވެ. މިއީ އެވަޓަންގެ ޑިފެންޑަރު، ކޯޑީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރަޝްފޯޑް އަރިމަތިން ނެގި ބާރު ބޯޅައެއް ސަލާމަތްކުރަން ކޯޑީ ފައިން ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

ބަދަލަކަށް ކުޅެން އެރި، އެވަޓަންގެ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އެ އެޓޭކް ފެށިއިރު، އެވަޓަންގެ ގްރޭ އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން، މެޗުގެ ރެފްރީ ވެސް ވަނީ އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ.

ޔުނައިޓެޑުން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ރަޝްފޯޑް ގޯލަށް ވައްދާލި މި ޕެނަލްޓީ ލިބުނީ، އެވަޓަންގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ބެން ގޮޑްފްރޭ، ޔުނައިޓެޑްގެ ޒުވާން ވިންގް، އަލެހަންދްރޯ ގާނާޗޯ އަށް ފައުލުކުރުމުންނެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަޝްފޯޑް މި ވަނީ ޔުނައިޓެޑުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މިއީ 2012 ވަނަ އަހަރު، އަމިއްލަ ދަނޑުގައި ކުރީގެ ފޯވާޑް، ވޭން ރޫނީ ހަތް މެޗުގައި ލަނޑު ޖެހި ފަހުން، އެ ފަދަ ފޯމެއްގައި ކުޅުންތެރިއަކު ރެކޯޑެއް ދަމަހައްޓާ ފުރަތަމަ ފަހަރެވެ.

އެވަޓަން އަތުން މޮޅުވެ، ޔުނައިޓެޑް ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަތް މެޗުން މޮޅުވެފަ އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޔުނައިޓެޑުން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނައިރު، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނީ އަދިވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox