އެމްޑީޕީގެ ފިކުރަކީ ވަކިމީހެއްގެ އެއްޗެއް ނޫން: މޫސަ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ; އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ; އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ފިކުރަކީ ރަސްކަން ނިމުމަކަށް ގެނެސް ދައުލަތަށް ލިބޭ އެއްޗަކުން އެންމެމަށް ކަންކަން ކޮށްދީގެން އުޅުން ކަމަށާއި އެއީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރ. މީދުއަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ, އެމްޑީޕީން ވިސްނީ ކުރީ ޒަމާނުގައި ރާއްޖޭގައި އޮތް ރަސްކަމުގެ އުސޫލުތަކާ ވަކިކޮށް, ދައުލަތަށް ލިބޭ އެއްޗަކުން އެންމެން ހިއްސާވެގެން އުޅުން ކަމަށެވެ. އެގޮތުން ބޭރުގެ މާހިރުންގެ ލަފާ ވެސް ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން އުފެއްދި ޕާޓީއެއް. މީހެއްގެ އެއްޗެއް ނޫން. އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އެއްޗެއް. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީގެ ފިކުރު ބަލައިގަތް އެންމެންގެ އެއްޗެއް،" ޖޯޝާއެކު ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސިޔާސީ ޕާޓީގެ ކަންކަން އުނގަންނައި ދިނުމަށް އައި އިނގިރޭސިވިލާތުގެ ބައެއްގެ ލަފަޔާއެކު ރައްޔިތުންނަށް ބޭނުންވާ ކަންކަން ގަނޑަކަށް ތިރި ކުރި ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރާއްޖޭގައި ހުރި މައްސަލަތައް ނޯޓުކޮށްގެން ފުރަތަމަ އެމްޑީޕީން އުފެއްދި ވައުދުތަކަކީ ވަކި މީހެއްގެ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ރީކޯ ވިދާޅުވީ އެއީ އެމްޑީޕީގެ މެންބަރުންގެ އެއްޗެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކީ އެމްޑީޕީގެ ގޭތެރޭގެ މައްސަލައެއް ކަމަށާއި, އޭނާ ޕާޓިން ނެރުނީވެސް އެތެރޭގެ މައްސަލައެއްގައި ކަމުން އެވާހަކަ ނުދައްކަވާނެ ކަމަށެވެ. އަދި ވިދާޅުވީ ގޭތެރޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ މީހުންގެ ތެރޭގައި އޭނާ ނުދައްކާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox