އެކްސިޑެންޓްވި އިންޑިއާގެ ވިކެޓްކީޕަރު ޕާންޓް ދިގު މުއްދަތަށް ކުޅުމާ ދުރަށް

Jan 6, 2023, 4:39 AM
އެކްސިޑެންޓްވި އިންޑިއާގެ ވިކެޓްކީޕަރު ޕާންޓް ދިގު މުއްދަތަށް ކުޅުމާ ދުރަށް

މުމްބާއީ، އިންޑިއާ (ޖެނުއަރީ 6) - އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ވިކެޓްކީޕަރު ރިޝަބް ޕާންޓް އަށް ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެކަން ކަށަވަރުވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން، ޕާންޓް، 25، އުފަން ސަރަހައްދު، ރޫރްކީން، ކާރުގައި ދުއްވާފައި އައިއިރު، މަގުގެ ޑިވައިޑަރެއްގައި ޖެހި ކާރު އެކްސިޑެންޓްވިއިރު، ވަގުތުން ކާރުގައި އަލިފާން ހިފި އެވެ. މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ފުލުހުން ބުނީ، އެކްސިޑެންޓްވުމާ އެކު ކާރުގައި އަލިފާން ހިފާފައިވާ ކަމަށާއި ސަލާމަތްވުމަށް، ޕާންޓް ވަނީ ވިންޑްސްކްރީން ތަޅާލުމަށް ފަހު ބޭރަށް ނުކުމެފައި ކަމަށެވެ.

އެކްސިޑެންޓްވާން ދިމާވި ސަަބަބެއް ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން އެނގިފައިވަނީ މަގުގައި ހުރި އަޑިގަނޑަކުން ސަލާމަތްވާން ކާރު އަނބުރާލި ވަގުތު ހިނގި ކަމެއް ކަމަށެވެ.

ޕާންޓް އަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ، އެކްސިޑެންޓް ހިނގި ސަރަހައްދު ކައިރީގައި ރޫރްކީންގެ ހޮސްޕިޓަލަކަށެވެ. އެކަމަކު، އިންޑިއާގެ ކްރިކެޓްގެ ބެލެނިވެރި ފަރާތް، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނިންމީ އިންޑިއާގެ ދެހެރާދުން ސަރަހައްދުގެ މަތީ ފެންވަރުގެ ހޮސްޕިޓަލަކަށް ޕާންޓް ބަދަލުކުރުމަށެވެ.

އެކްސިޑެންޓްގައި މިހާތަނަށް ހެދި ޓެސްޓްތަކުން އެނގިފައިވަނީ ޕާންޓްގެ ބޮލާއި ބުރަކަށީގެ އިތުރުން ފަޔަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެ ގޮތުން ޕާންޓްގެ ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭއިރު، އޭނާ އަށް މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި އިންޑިއާ ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ގެއްލޭނެ އެވެ.

ދިއްލީގެ ޑިސްޓްރިކްޓް ކްރިކެޓް އެސޯސިއޭޝަންގެ ޑިރެކްޓަރު، ޝިޔާމް ޝަރްމާ އަކީ ބީސީސީއައިގެ ފަރާތުން ޕާންޓްގެ ފަރުވާގެ ކަންކަން ދާ ގޮތް ބަލަން ހަވާލުވެ ހުރި ފަރާތެވެ. މިހާތަނަށް ލިބިފައިވާ މެޑިކަލް ރިޕޯޓްތަކުގައިވާ ގޮތުން، ޕާންޓްގެ ކަކުލާއި ބުރަކަށީގެ އޮޕަރޭޝަންތަކަށް ފަހު، 6-9 މަހާ ދެމެދުގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެ އެވެ.

އިންޑިއާގެ ބައެއް ކުޅިވަރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެއްކޮށް ފިޓްވެގެން ޕާންޓް އެނބުރި ދަނޑަށް ނުކުންނަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox