ކެންސަރު އިތުރުވާތީ އަލިފުށީގައި ދިރާސާއެއް ހަދައިދޭން އެދިއްޖެ

ރައީސް އަލިފުށީ ކައުންސިލާ ބައްދަލުކުރެއްވުން؛ ކެންސަރު އިތުރުވެފައިވާތީ އެކަމުގެ ސަބަބު ހޯދުމަށް ދިރާސާއެއް ހެދުމަށް އެދުނު -- ފޮޓޯ: ރައީސް އޮފީސް

ރައީސް އަލިފުށީ ކައުންސިލާ ބައްދަލުކުރެއްވުން؛ ކެންސަރު އިތުރުވެފައިވާތީ އެކަމުގެ ސަބަބު ހޯދުމަށް ދިރާސާއެއް ހެދުމަށް އެދުނު -- ފޮޓޯ: ރައީސް އޮފީސް

ރ. އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވާކަމަށް އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމުން އެ ކޮމިޓީން ވަނީ އެރަށު ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި އެރަށުގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ.

އެރަށު ކައުންސިލުން ވަނީ މި ސަރުކާރުން އަލިފުށީގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަމާއި މިހާރު ކުރަމުންދާ ކަންކަން ފާހަގަކޮށް ރައީސަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން، ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އަލިފުއްޓަށް ނާންނަހައި ބޮޑު ތަރައްގީއެއް މި ދައުރުގައި އައިސްފައިވާކަން ކައުންސިލުން ފާހަގަ ކުރެ އެވެ.

މިހާރު އަލިފުށީގައި ކުރިއަށްދާ އުމަރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނެ އެވެ. ރައީސް ސޯލިހު ވަނީ އަލިފުށީގައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ކުރިއަށް ރާވަފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހިއްސާކޮށްފަ އެވެ.

އަލިފުށީގައި ސަރުކާރުން އިމާރާތްކުރަމުންދާ އާ ހޮސްޕިޓަލުގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރުމުން ރައީސް ވަނީ އާ ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަލިފުށީ ކައުންސިލުން ވަނީ އެރަށަށް ބޭނުންވާ އިތުރު ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި ސިނާއީ ސަރަހައްދަށް ބިން އިތުރު ކުރުމާއި އިޖުތިމާއީ މަރުކަޒެއް އެޅުން ހިމެނެ އެވެ. ރައީސް ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަން ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox