ފެލިކްސް އަށް ޔުނައިޓެޑާއި އާސެނަލުން ފާރަލަނީ، ލޯން ޑީލަކަށް އެތުލެޓިކޯ ތައްޔާރު

Jan 3, 2023, 7:10 AM
ފެލިކްސް އަށް ޔުނައިޓެޑާއި އާސެނަލުން ފާރަލަނީ، ލޯން ޑީލަކަށް އެތުލެޓިކޯ ތައްޔާރު

މެޑްރިޑް (ޖެނުއަރީ 3) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގީސް ޕްލޭމޭކަރު، ޔާއޯ ފެލިކްސް އަށް އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނައިރު، އެތުލެޓިކޯގެ ވިސްނުމަކީ ލޯން އުސޫލުން އޭނާ ދޫކޮށްލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕޯޗުގަލްގެ ބެންފީކާ ދޫކޮށް، 2019 ވަނަ އަހަރު، ޔާއޯ ފެލިކްސް، 23، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު، މިހާތަނަށް އެ ޓީމުގައި އޭނާގެ އަސްލު ލެވަލަށް ނުކުޅެވޭ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ޔާއޯ ފެލިކްސް ވިދަމުން އައިއިރު، އޭނާ އަކީ ޕޯޗުގަލްގެ މުސްތަގުބަލުގެ ގޮތުގައި ގިނަ ބަޔަކު ދެކުނެވެ. އެކަމަކު، އަސްލު ލެވަލާ އެއްވަރަށް ފަހަކަށް އައިސް ކްލަބް މެޗުތަކުގައި ކުޅުން ނުދެއްކެ އެވެ.

ސްޕެއިންގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޔާއޯ ފެލިކްސް އަކީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކުޅުވާ ސްޓައިލާ ގުޅޭ ކުޅުންތެރިއެއް ނޫނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޔާއޯ ފެލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުުމުގެ ސަބަބުން އޭނާގެ ސޮއި ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން އަންނަނީ ޔާއޯ ފެލިކްސް އަށް ފާރަލަމުންނެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔާއޯ ފެލިކްސް ވިއްކާލަން އެތުލެޓިކޯ އިން ބޭނުމެއްނުވެ އެވެ. މި ވަގުތަށް ބަލާއިރު، އެތުލެޓިކޯގެ ވިސްނުމަކީ ރަނގަޅު ލޯން ޑީލެއް ލިބިއްޖެނަމަ ޔާއޯ ފެލިކްސް ދޫކޮށްލުމެވެ. އެ ގޮތުން އެތުލެޓިކޯ އިން ސީޒަނުގެ ބާކީ ބަޔަށް ފެލިކްސް ދޫކުރަން ކިޔާ އަގު އުޅެނީ ވެސް 10-15 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.

އިނގިރޭސި ކްލަބް، ޗެލްސީން ޔާއޯ ފެލިކްސް ގަންނަން 100 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ކުރިން ރިޕޯޓްކުރި އެވެ. އެހެން ނަމަވެސް ޗެލްސީން މިހާރު އެ އަގުގައި ގެންނަން ބަލަނީ، ބެންފީކާގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭސް އެވެ.

އާސެނަލުން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް ކުޅޭ މިކައިލޯ މުޑްރިކް ގަންނަން ކުރާ މަސައްކަތަށް އޮތް ހުރަހަކީ ޝަހުތަރުން އޭނާ ވިއްކާލަން ކިޔާ އަގުބޮޑުވުމެވެ. އެހެންވެ، އާސެނަލުން ސީޒަނުގެ ބާކީ ބަޔަށް ކުޑަ އަގެއްގައި ފެލިކްސް ގެނައުމަށް ފަހު، އަންނަ ސީޒަނަށް މުޑްރިކް ގެނައުމަކީ ވެސް އެ ޓީމުގެ އޮތް ވިސްނުމެއް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔާއޯ ފެލިކްސް ވަނީ މި ސީޒަނުގައި އެތުލެޓިކޯގެ 20 މެޗުގައި ކުޅެފަ އެވެ. އެ މެޗުތަކުގައި ފަސް ގޯލު ޖެހިއިރު، ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox