ލޯންސް އިން ޕީއެސްޖީ ހަމަބިމަށް ތިރިކޮށްފި

Jan 2, 2023, 6:12 AM
ލޯންސް ތިން ކުޅުންތެރިން ކައިރިން ޕީއެސްޖީގެ އެމްބާޕޭ ބޯޅަ ހިފައިގެންދަނީ.

ލޯންސް ތިން ކުޅުންތެރިން ކައިރިން ޕީއެސްޖީގެ އެމްބާޕޭ ބޯޅަ ހިފައިގެންދަނީ.

ލޯންސް (ޖެނުއަރީ 2) - ފްރާންސް ލީގުގައި ރޭ ލޯންސް އަތުން 3-1 އިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުން ޕީއެސްޖީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ސަސްޕެންޝަނުގެ ސަަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ނޭމާ ނުކުޅޭއިރު، ފީފާ ވޯލްޑް ކަޕަށް ފަހު ލިއޮނަލް މެސީ އަދި ޕީއެސްޖީއާ ނުގުޅެ އެވެ.

ރޭގެ މެޗުން މޮޅުވެ، ތާވަލްގެ ދެ ވަނައިގައި އޮތް ލޯންސް ވަނީ އެއް ވަނައިގައި އޮތް ޕީއެސްޖީއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލޯންސް ވެސް މި ސީޒަންގެ ފްރާންސް ލީގުގައި މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

Advertisement

ޕީއެސްޖީ އެންމެ މެޗަކުން ބަލިވީ މީގެ ނުވަ މަސް ކުރިންނެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ނުވަ ވަނަ ދުވަހު ފްރާންސް ލީގުގައި މޮނާކޯ އަތުން ޕީއެސްޖީ ބަލިވީ 3-0 އިންނެވެ. އެކަމަކު، އެ މެޗުން ބަލިވިޔަސް، އޭރު ޕީއެސްޖީ އޮތީ 12 ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

ލޯންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި އެ ޓީމުން ލީޑު ނެގީ ޕްރެޒެމިސްލާވް ފްރަންކޮވްސްކީ ޖެހި ލަނޑުންނެވެ. އެކަމަކު، އޭގެ ތިން މިނިޓު ފަހުން ޕީއެސްޖީގެ ފޯވަޑް ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ލޯންސް އިން އަލުން ލީޑު ހޯދީ ލޮއިސް އޮޕެންޑާ ޖެހި ލަނޑުންނެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ލޯންސްގެ އެލެކްސް ކްލައުޑް މައުރީސް ވަނީ ލޯންސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

"މިއީ ލޯންސް އަށް ހައްގު މޮޅެއް،" މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުންޏެވެ.

ރޭގެ މެޗުގެ ކުރިން ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން ޕީއެސްޖީގެ ތަރި ނޭމާ ހުރީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. މެސީ، ވޯލްޑް ކަޕަށް ފަހު ވަރަށް އަވަހަށް ޓީމާ ގުޅޭނެ އެވެ.

ގަލްޓިއޭ ބުނީ މެސީ އާއި ނޭމާ ނެތުމަކީ ޓީމަށް ލިބޭ އުނިކަމަކަށްވިޔަސް، އެ ދެ ކުޅުންތެރިން ނެތުމަކީ ރޭގެ މެޗުގެ ނަތީޖާ އިން ރެކެން ދެއްކޭނެ ބަހަނާއެއް ނޫން ކަމަށެވެ.

ލޯންސްގެ ކޯޗު ފްރޭންކް ހައިސް ބުނީ މި މެޗުން މޮޅުވުމަކީ ލޯންސަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ލޯންސް އިން މި ސާބިތުކޮށްދިނީ މި ލީގުގައި އޮތް ކޮންމެ ޓީމެއް ވެސް ލޯންސަށް ބަލިކުރެވޭނެކަން،" ހައިސް ބުންޏެވެ.

ޕީއެސްޖީ ބަލިވުމަކީ ލީގުގައި ދެން އޮތް ހުރިހާ ޓީމެއް އުފާކުރާނެ ކަމެއް ނޫންތޯ އެހުމުން ހައިސް ބުނީ ލީގު ފޯރިގަދަވާނެ ސަބަބަކީ ވެސް އެ ގޮތަށް ވުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox