އަވަސް އަރުވާލައިގެން ފޯވާޑެއް ގަންނަން ޓެން ހާގް ބޭނުމެއް ނުވޭ

Jan 2, 2023, 5:09 AM
އަވަސް އަރުވާލައިގެން ފޯވާޑެއް ގަންނަން ޓެން ހާގް ބޭނުމެއް ނުވޭ

މެންޗެސްޓާ (ޖެނުއަރީ 2) - ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑުން ފޯވާޑެއް ގަންނާނެ ކަމަށާއި، އެކަމަކު އަވަސް އަރުވާލައިގެން ކުޅުންތެރިއަކު ހޯދަން ބޭނުން ނުވާކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން ފޯވާޑެއް ހޯދުމުގެ މަސައްކަތް ފަށާފައިމިވަނީ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ގަތަރުގައި މިދިޔަ މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ވަނީ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ.

ރޮނާލްޑޯ، ޔުނައިޓެޑް ދޫކޮށްލީ ކޯޗު ޓެން ހާގާ ދެމެދު މައްސަލަ ޖެހި ކުލަބުގެ ވެރިންގެ ފަރާތުން ވެސް އެންމެ އެކަށީގެންވާ މިންވަރުގެ އެއްބާރުލުމެއް ނުލިބުމުން ކަމަށް ބުނެ އެވެ.

"ރޮނާލްޑޯ ދިޔުމުން ފޯވާޑުން މަދު މިހާރު. ބެންޗުން އަރުވަން ވެސް ރަނގަޅު ތަޖުރިބާކާރު އެޓޭކިން ބަދަލެއް ނެތް. މިއީ ޓީމަށް ސީޒަންގެ ފަހުކޮޅު މައްސަލަ ދިމާވެދާނެކަމެއް. އެކަމަށް ތައްޔާރުވާން ޖެހޭނެ." ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން ޓްރާންސްފާ މާކެޓް ފެށުމުގެ ކުރިން އެންމެ ބޮޑަށް މަސައްކަތްކުރީ ވޯލްޑް ކަޕްގައި ނެދަލެންޑްސް ޓީމުން ވިދާލި ކޯޑީ ގަކްޕޯ ގަތުމަށެވެ. ނަމަވެސް ޔުނައިޓުން ކުރި މަސައްކަތް ފެނަށް ދިޔައީ ލިވަޕޫލުން ގަކްޕޯގެ ޑީލް ނިންމުމުންނެވެ.

ފިނި މޫސުމުގެ ޓްރާންސްފާ މާކެޓް މިހާރު ހުޅުވިފައި އޮތްއިރު، ޔުނައިޓެޑަށް ސޮއިކުރުން ގާތީ ބޮރޫޝިއާ މުންޗެންގްލަޑްބެކަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް މާކަސް ތުރާމް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ލެޖެންޑަރީ ޑިފެންޑަރު، ލިލިއަން ތުރާމްގެ ދަރިފުޅު، މާކަސް ތުރާމް ޖަރުމަން ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު ކުޑަ އަގެއްގައި އޭނާ ހޯދުމުގެ ފުރުސަތު ޖަރުމަނަށް އެބައޮތެވެ. އަނެއްކޮޅުން، ވޯލްޑް ކަޕްގައި ތުރާމް ދެއްކި ކުޅުމާ އެކު އޭނާ ހޯދަން ބައެއް ކުލަބުތަކުން ތިބީ ތައްޔާރުވެގެންނެވެ.

ޔުނައިޓެޑުން ދެން ހޯދަން މަސައްކަތްކުރާ ކުޅުންތެރިއަކީ އެތުލެޓިކޯ މެޑްރިޑްގެ ޔާއޯ ފެލިކްސް އެވެ. އާސެނަލުން ވެސް ހޯދަން މަސައްކަތް ކުރަމުން އަންނަ ފެލިކްސް ލޯނު އުސޫލެއްގެ ދަށުން ދޫކޮށްލަން އެތުލެޓިކޯ އިން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓް އުވާލުމާ އެކު އެކުލަބުގެ މުސާރައިގެ ހަރަދުވަނީ ކުޑަވެފައި އެވެ. އެހެންވެ، ރަނގަޅު ކުޅުންތެރިއަކު ހޯދައި، ކޮންޓްރެކްޓް ނިންމަން ވެސް ޔުނައިޓެޑަށް ފަސޭހަތަކެއް އެބައޮތެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑުން ޔަގީނުން ވެސް ފޯވާޑެއް ގަންނާނެ ކަމަށެވެ. އެކަމަކު، އަވަސްއަރުވަލާފައި ކުޅުންތެރިއަކު ނުހޯދާނެކަން ފާހަގަކޮށް، ޓެން ހާގް ބުނީ ކުލަބުގެ ސްޓައިލާ ގުޅޭ "ރަނގަޅު" ކުޅުންތެރިޔާ ހޯދުމަށް ވަގުތު ނެގިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

މި ވަގުތަށް ބަލާއިރު ޓެން ހާގް، އެ ޓީމަށް އާ ފޯވާޑެއް ގެންނަން ވަގުުތު ނަގާއިރު، ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ރަނގަޅު ފޯމެއްގައި ހުރުމެވެ. ވޯލްޑް ކަޕަށް ފަހު ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ރަޝްފޯޑުގެ އަންނަނީ ތަފާތު ދައްކައި، ގޯލު ޖަހަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox