ރަން މެޑަލަކީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތް، އިތުބާރު އޮތް!

Dec 31, 2022, 6:00 AM
ބްރެޒިލްގެ ކޯޗު ވިނީޝިއުސް (މ) އާއި އެޑަމް (ކ) އަދި ކުޑަކާއްޓެ (ވ)

ބްރެޒިލްގެ ކޯޗު ވިނީޝިއުސް (މ) އާއި އެޑަމް (ކ) އަދި ކުޑަކާއްޓެ (ވ)

ބަންގްލަދޭޝްގައި އިއްޔެ ނިމިގެންދިޔަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ ރަން މެޑަލް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ހޯދީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތާ އެކު ކަމަށް ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފި އެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ އިއްޔެ ނިމުނު މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން އިއްޔެގެ ފައިނަލުގައި ވަނީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނަރުގެ ޕެއާ، 21-13، 21-19 އިން ބަލިކޮށްފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ޓްރެއިނިން ކުރިއަށް ގެންދަމުން އަންނަނީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީން ހަމަޖައްސައިދިން، ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ވިނީޝިއުސްއާ އެކުގަ އެވެ.

ގައުމީ ބީޗްވޮލީ ޓީމުން ވަނީ ވިނީޝިއުސްގެ އިރުޝާދުގެ ދަށުން ސްރީ ލަންކާގައި ފެބްރުއަރީ މަހު ކުރިއަށްދިޔަ، ސެންޓްރަލް ޒޯން ބީޗް މުބާރާތާއި މާޗް މަހު ބޭއްވި ކޮމަންވެލްތު ގޭމްސް ކޮލިފައިން، ޖުލައި/އޮގަސްޓް ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ އިތުރުން އޮކްޓޫބަރު މަހު ސަން އައިލެންޑްގައި ހޯސްޓްކުރި އެފްއައިވީބީ ޓުއާ މުބާރާތާއި މި ފަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް އޭޝިއަން ޒޯން ބީޗް ޓުއާގައި ވާދަކޮށްފަ އެވެ.

މާޗް މަހު، ކޮމަންވެލްތު ކޮލިފައިންގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ރިހި މެޑަލް ހޯދިއިރު، މި ފަހަރު ސެންޓްރަލް އޭޝިއާގެ ބީޗްޓުއާގައި މި ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މިއީ ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ ޝާހު (ކުޑަކާއްޓެ) އާއި އެޑަމްގެ އެބަހުއްޓޭ ކޮލިޓީ. އެ މީހުން އެކުގައި ވަރުގަދަ މެޗުތަކުގައި ކުޅޭ ވަރަކަށް އިމްޕްރޫވް ވާނެއޭ، އެކަން މި މުބާރާތުގައި މި ފެނުނީ، ހަގީގަތުގައި ރަން މެޑަލް މި ލިބުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން، ރަން މެޑަލެއް ނުލިބޭނެ އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް،" ވިނީޝިއުސް، "އަދަދު" އަށް ބުންޏެވެ.

ބަންގްލަދޭޝްގައިި ކުރިއަށް ދިޔަ ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް ޓުއާގައި ވާދަކުރި ދިވެހި ޓީމާއި އޮފިޝަލުން.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ހުރިހާ މެޗަކުން މޮޅުވެގެން ސެންޓްރަލް ޒޯން ބީޗް ޓުއާގެ ޗެމްޕިއަންކަން ހޯދުމުން ހަަމައެކަނި ސްކޯ އަށް ބަލައިގެން އެއް ބަޔަކު މިއީ ވަރަށް ފަސޭހަ މުބާރާތެއް ކަމަށް ނިންމައިފާނެ ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެެވެ.

ވިނީޝިއުސް ބުނީ ހަގީގަތުގައި ހަ ގައުމުން އަށް ޕެއާ ވާދަކުރި މި މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ކުޅުނު މެޗުތަކުގެ ކޮންމެ ޕޮއިންޓަކަށް ފޯކަސް ކޮށްގެން ދެއްކީ ވަަރަށް މޮޅު ކުޅުމެއް ކަމަށެވެ.

"މީގެއިން އެއްވެސް މެޗެއް ފަސޭހައެއް ނޫން. މެޗުތައް ނުފެނި ސްކޯ ބަލައިގެން ބަޔަކު ނިންމައިފާނެ ވަރަށް ފަސޭހައޭ، އެހެނެއް ނޫން، މި ކުޅުންތެރިން ކޮންމެ ޕޮއިންޓަކަށް އެ ކުޅުނު ކުުޅުން. ޕްރެޝަރުގައި ވެސް އެ ނެގި ޑިޒިޝަންތައް ވަރަށް ފުރިހަމަ، އަހަރެން މި ހުރީ ވަރަށް ހިތްހަމަޖެހިފައި،" ވިނީޝިއުސް ބުންޏެވެ. "އަހަންނަށް އަބަދުވެސް އެޑަމް އާއި ޝާހު (ކުޑަކާއްޓެ)އާ މެދު އިތުބާރު އޮތް،"

އެޑަމް އާއި ކުޑަކާއްޓެ ޕެއާއެއްގެ ގޮތުގައި ކުޅެން ފެށީ މި އަހަރު އެވެ. އަހަރެއްގެ ތެރޭގައި މި ވަނީ ރާއްޖެ އަށް ރަން މެޑަލް ގެނެސްދީފަ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ބީޗްޓުއާގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާގެ އިތުރުން ދެން ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ އެވެ. ވިނީޝިއުސް ބުނީ ކޯކޭ އާއި ޝަމާއިލްގެ ޕެއާ އެކުގައި އަަލަށް މުބާރާތަކަށް އައިސް ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

މީގެ ކުރިން ކޯކޭ ކުޅެމުން އައީ މުހައްމަދު އަލީ (ޑެންޒޯ)އާ އެއް ޕެއާ އަކަށެވެ. އެއީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަން ޕެއާ އެވެ. އެކަމަކު، މި ފަހަރުގެ ބީޗް ޓުއާގައި ޑެންޒޯ ޓީމުގައި ނުހިމެނެ އެވެ. އެއީ އެސޯސިއޭޝަނާއި ކޯޗު ވިނީޝިއުސްއާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއްކަން އެނގިފައިވެ އެވެ.

ވިނީޝިއުސް ބުނީ މި ވަގުތު ރާއްޖޭގެ ބީޗްވޮލީ ބޯޅަ އަށް ރަން މެޑަލެއް ލިބުމަކީ މި ކުޅިވަރުގެ ތެރެއަށް އިތުރު ކުޅުންތެރިން ވައްދައިގެން، ރަނގަޅު ލެވަލެއްގައި ޓްރެއިނިންތައް ރާވައިގެން ކުރިއަށްގެންދަން ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.

"އަހަރެން (ރާއްޖެ އައި ފަހުން) އާންމު ގޮތެއްގައި ޓްރެއިން ކުރަމުން މިދިޔައީ މަދު ޕެއާތަކެއް ގޮވައިގެން. އެހެންވީމަ، ބޭނުންވާ ކޮމްޕެޓިޝަނެއް ޓްރެއިނިންތަކުގައި ނެތް. އުންމީދަކީ، ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު ބީޗްވޮލީ ކުޅޭހިތްވާ ކުޅުންތެރިން ޓްރެއިނިން އަށް އިތުރުވުން،" ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ބްރެޒިލް ޓީމުގައި ހިމެނުނު ވިނީޝިއުސް ބުންޏެވެ.

ވިނީޝިއުސްއާ އެކު މި ފަހަރު ގައުމީ ބީޗްވޮލީ ޓީމުގައި ހިމެނޭ އޮފިޝަލުންގެ ޓީމަކީ ކުރިން ގައުމީ ބީޗް ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އެ ގޮތުން މެނޭޖަރަކަށް ހުރީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ އަށް މެޑަލް ގެނެސްދިން ޓީމުގައި ހިމެނޭ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.

މި ފަހަރުގެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރީ ގައުމީ ބީޗްވޮލީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ އަހުމަދު އަނިލް ނަސީރު އެވެ. ގައުމީ ލެވަލްގެ ބީޗްވޮލީގެ ކަންކަން ކުރިއަރުވަން ބީޗް ވޮލީ ކޮމިޝަންގެ ޗެއާމަން، އަދި ގައުމީ ޓިމުގެ ކުރީގެ ކޯޗު، އަބްދުﷲ ނަޝީދު (އަބުޅޯ) ކުރާ މަސައްކަތް ވެސް ކުުޅުންތެރިން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox