ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

Dec 30, 2022, 4:34 AM
ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން މިއަދު މޮޅުވެ، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.

މިއީ ސަރަހައްދީ ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

ހަ ގައުމުން އަށް ޕެއާ ވާދަކުރި، މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެ ނުކުތީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާއ އިން ސެޓުތައް ގެންދިޔައީ، 21-13، 21-19 އިންނެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗު ފަށައިގެން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ. އެ ގޮތުން މެޗު ފަށައިގެން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ލީޑު ދަމަހައްޓައި، ސެޓުގެ މެދަކާ ހަމައިން ލީޑުފުޅާކޮށް، ފުރަތަމަ ސެޓު ފަސޭހަކަމާ އެކީ މާ ބޮޑު ޕްރެޝަރެއް ނެތި ގެންދިޔައީ އެވެ.

ދެ ވަަނަ ސެޓު ފަށައިގެން، ނޭޕާލްގެ މަން އާއި ދިލްގެ ޕެއާ އިން ދެ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު، ފަހަތުން އަރައި، ނަތީޖާ އަނބުރާލައި، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން އަލުން ލީޑުނެގި އެވެ. އޭގެ ފަހުން، 7-7 އިން ދެ ޓީމު އެއްވަރުވި ނަމަވެސް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ލީޑުގެއްލުނަނުދީ ކުޅެން ފެށި އެވެ. ރާއްޖޭން އެއް ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް، ފަހުން ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރި އެވެ. ނޭޕާލުން ދެ ޕޮއިންޓަށް ލީޑުކުޑަކޮށް، ހިތްވަރުކޮށްގެން ކުޅެން ފެށި ނަމަވެސް ރާއްޖޭން ވަނީ ސެޓު ނިންމައި މެޗުން މޮޅުވެފަ އެވެ.

ފައިނަލުގައި ވާދަކުރި ނޭޕާލްގެ ޕެއާ އާއި ރާއްޖޭގެ ޕެއާ: (ކ.ވ) މަން، އެޑަމް، ކުޑަކާއްޓެ ދިލް.

މި ފަހަރުގެ ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ދެން ވާދަކުރީ ކިރްގިސްތާނާއި ބޫޓާން އަދި ޕާކިސްތާން އެވެ.

ޕެއާއެއްގެ ގޮތުގައި މި އަހަރު ވާދަކުރަން ފެށި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ސެންޓްރަލް ޒޯންގެ މި މުބާރާތް ކާމިޔާބުކުރީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މިއީ ބައިނަލްއަގުވާމީ ލެވަލްގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް ލިބުނު ދެ ވަނަ މެޑަލެވެ. މީގެ ކުރިން މިދިޔަ މާޗް މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ ކޮމަންވެލްތު ކޮލިފައިންގައި ވާދަކޮށް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ ކުރިން ބީޗް ވޮލީބޯޅައިން ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓް ބައިން ރިހި މެޑަލް ހޯދިއިރު، އިންޑިިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އެޑަމްގެ ޕެއާ އިން ލޯ މެޑަލް ހޯދި އެވެ. މި ފަހަރު ރަން މެޑަލް ހޯދި ޓީމުގައި އެޑަމް ކުޅުނުއިރު، ޝިއުނާޒް އަކީ ޓީމުގެ މެނޭޖަރެވެ.

ރާއްޖޭގެ ބީޗްވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެހީއާ އެކު މި އަހަރު ފެށި މަސައްކަތުގައި ބްރެޒިލްގެ ކޯޗު ވިނީޝިއުސްއާ އެކު ކުރި މަސައްކަތުން ރާއްޖެ މި ވަނީ އަހަރެއްގެ ތެރޭ ރަން މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox