ނޭމާ އަށް ރަތް ކާޑެއް، ޕީއެސްޖީ ސަލާމަތްކޮށްދިނީ އެމްބާޕޭ

Dec 29, 2022, 6:20 AM
ނޭމާ އަށް ރަތް ކާޑެއް، ޕީއެސްޖީ ސަލާމަތްކޮށްދިނީ އެމްބާޕޭ

ޕެރިސް (ޑިސެމްބަރު 29) - ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ފްރެންޗް ލީގުގެ ކުޅުން ފެށި މެޗުގައި ރޭ ސްޓްރާސްބޯއާ ދެކޮޅަށް ޕީއެސްޖީގެ ނޭމާ އަށް ރަތް ކާޑު ދެއްކިއިރު، ކީލިއަން އެމްބާޕޭ އިތުރު ވަގުތުގައި ގޯލު ޖަހައި 2-1 އިން ޕީއެސްޖީ މޮޅުކޮށްދީފި އެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މާކީނިއޯސް ޖެހި ލަނޑުންނެވެ. މިއީ ނޭމާ ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، މާކީނިއޯސް ބޮލުން ޖެހި ގޯލެކެވެ.

ސްޓްރާސްބޯ އިން ފުރަތަަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ކުރި އެޓޭކްތައް ޕީއެސްޖީން ހުއްޓުވި އެވެ. ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސްޓްރާސްބޯ އިން އެއްވަރުކުރި އެވެ. އެ ގޮތުން، 51 ވަނަ މިނިޓްގައި ސްޓްރާސްބޯގެ އޭޑްރިއަން ތޮމަސަން ގޯލު ކުރިމައްޗަށް ހުރަސްކުރަން ފޮނުވާލި ބޯޅަ ދިފާއުކުރަން ވެގެން ޕީއެސްޖީގެ މާކީނިއޯސް ފައިން ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

Advertisement

އޭގެ ފަހުން ޕީއެސްޖީ އަށް އުނދަގޫ ހާލަތެއް ކުރިމަތިވީ ނޭމާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ ސްޓްރާސްބޯ ކުޅުންތެރިއަކު މޫނުގައި އަތުން ޖެހިކަމަށް ބަލަ އެވެ. ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކީ، ޕެނަލްޓީއެއް ހޯދަން އޭރިއާތެރެއިން ޑައިވްކުރުމުންނެވެ. މިއީ 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީ އަކަށް ޕީއެސްޖީއާ ގުޅުނު ފަހުން، ނޭމާ އަށް ދެއްކި ފަސް ވަނަ ރަތް ކާޑެވެ.

އިތުރު ވަގުތުގައި ސްޓްރާސްބޯގެ ޖާޒިނޯ ނިޔާމްސީ އޭރިއާތެރެއިން އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް ހޯދި ތިން ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ 16 މެޗުން 44 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު ލެންސް އެވެ.

ވޯލްޑް ކަޕްގެ ކާމިޔާބީގެ އުފާފާޅުކުރުންތަކާއި ޗުއްޓީ އަށް ފަހު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، ޕީއެސްޖީއާ ގުޅޭނީ އަންނަ ހަފްތާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox