ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ނަޝީދު ވިދާޅުވީ ހުރިހާ ރަށަކަށް އެއްހަމައަކަށް ތަރައްގީ ގެނައުމަކީ ތަސައްވުރެއް ނޫންކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަޝީދު ވިދާޅުވީ ހުރިހާ ރަށަކަށް އެއްހަމައަކަށް ތަރައްގީ ގެނައުމަކީ ތަސައްވުރެއް ނޫންކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ގެނައުމަކީ ތަސައްވަރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަޝްރުއޫތަކުގައި "އެޔެއް މިއެއް ބަލާލުމެއް ނެތި" އެތަންމިތަނަށް ތަރައްގީ ގެނައުމަކީ ތަސައްވުރެއް ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ބޮޑެތި އާބާދީތައް، އައްޑޫ، ތިނަދޫ، ކުޅުދުއްފުށި އަދި މާލެއާ، މީގެން ރަށެކޭ ފުލިދުއަތޮޅު ރަކީދޫއެކޭ ކުރާ ހަރަދަށް ކުޑަރަށެއް ބޮޑުރަށެއް ނުބެލީމާ މިވަނީ އެއްވަރު. ރަކީދޫގައި ސަތޭކަ ބިލިއަން ރުފިޔާގެ ބަނދަރެއް ހަދާފާ އައްޑު އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރެއް ނެތުނީމާ މި ކުޑަރަށެއް ބޮޑުރަށެއް ފަޅު ރަށެއް އޭޔެއް މިއެއް ނުބަލާ އުޅުން ބަލައެއް ނުގަނެވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން އަނެއްކާވެސް ވިދާޅުވެފައިވާއިރު، ތަރައްގީގައި ކުދި ރަށްރަށާއި ބޮޑެތި ރަށްރަށް ހަމަހަމަ ކުރުމަކީ މި ސަރުކާރުން ގެންގުޅޭ އެންމެ ބޮޑު އެއް ސިޔާސަތެވެ.

"އެއްބައިވަންތަކުރެވޭނީ، ހިދުމަތް ދިނުމުގައި، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަކަން ގާއިމުކޮށްގެން. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތުނުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން،" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވެ އެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ރަށްރަށުގައި ނަރުދަމާ އެޅުމާއި ބަނދަރުތައް އެޅުމުގައި ސަރުކާރުން އެތައް ފައިސާއެއް ހޭދަކުރާއިރު، ބޮޑެތި އާބާދީތައް އޮންނަ ރަށްރަށުގައި ދެވޭ އެކި ހިދުމަތްތައް ދޯދިޔާކޮށް އޮތުމަކީ ހަގީގަތުގައި ހަމަހަމަކަން ނޫން ކަމަށެވެ.

ހަމައެކަނި ބޮޑެތި ރަށްރަށުގައި ތަރައްގީގެ މަޝްރުއޫތައް ހިންގާފައިވާތީ ކުދި ރައްރަށް އޮތީ "ހާލުގައި ޖެހިފައި" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ކުދި ރަށްތަކަށް ބޮޑެތި ވައުދުތަކެއްވެ އެކަންކަން ފުއްދައިދީފައި ވެސް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox