ދެ ވަނަ މެޗުން ވެސް މޮޅުވެ، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ސެމީ އަށް

Dec 28, 2022, 10:44 AM
ރާއްޖޭގައި ބޭއްވި އެފްއައިވީބީ ޓުއާގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ބޭއްވި އެފްއައިވީބީ ޓުއާގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު ހެނދުނު ކުޅުނު މެޗުން، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫ އަތުން 21-12، 21-12 އިން މޮޅުވެފަ އެވެ.

ދެ ވަނަ މެޗުގައި މެންދުރު ފަހު ސެޝަންގައި، ނުކުތީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ދެ ސެޓުން މޮޅުވެ، ބާކީ މެޗެއް އޮއްވައި، މި ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ. ބޫޓާންގެ ޑޯޖީ އާއި ޖިގްމޭ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ 21-09، 21-09 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި މާދަމާ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ނުކުންނާނީ ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާ އެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އާއި ބޫޓާންގެ ޕެއާ މެޗަށް ފަހު އެކުގައި ނަގާފައިވާ ފޮޓޯއެއް.

މި އަހަރު ރަސްމީކޮށް ޕެއާއެއްގެ ގޮތުގައި ކުޅެން ފެށި އެޑަމް އާއި ކުޑަކާއްޓެ ވަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް މި އަހަރު ތެރޭ ކުޅެފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް ހިމެނެ އެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ކޮމަންވެލްތު ކޮލިފައިން ބުރުގެ ފައިނަލުގައި ކުޅެފަ އެވެ.

މި ފަހަރު ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީ މުބާރާތުގެ ސެމީން ފުރުސަތު ހޯދައި، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މި ވަނީ ކުރިއެރުން ހާސިލްކޮށްފަ އެވެ. މިއީ ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ޖަމިއްޔާ، އެފްއައިވީބީގެ އެހީތެރިކަމާ އެކު ލިބިފައިވާ ބްރެޒިލްގެ ކޯޗު ވިނީޝިއުސް ޖޫނިއާއާ އެކު ލިބުނު އިތުރު ކާމިޔާބެކެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ދެ ވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ އެވެ. އެ ޕެއާ އިން މިއަދު ހެނދުނު ކުޅުނު މެޗުން ވަނީ ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާ އަތުން 21-09، 21-12 އިން މޮޅުވެފަ އެވެ. އެކަމަކު، މެންދުރު ފަހު، ނޭޕާލްގެ ސުނަރު އާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ 2-1 ސެޓުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 21-17، 14-21 އަދި 09-15 އިންނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުން ކޯކޭ އާއި ޝަމާއިލްގެ ޕެއާ އިން ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާ ބަލިކޮށްފިނަމަ ސެމީން ޖާގަ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox