މެސީ އެދުނަސް ޕީއެސްޖީ ދަނޑުގައި ޓްރޮފީ ޕެރޭޑަކަށް ސަޕޯޓަރުން ނުރުހޭ

Dec 28, 2022, 7:35 AM
މެސީ އެދުނަސް ޕީއެސްޖީ ދަނޑުގައި ޓްރޮފީ ޕެރޭޑަކަށް ސަޕޯޓަރުން ނުރުހޭ

ޕެރިސް (ޑިސެމްބަރު 28) - ޕީއެސްޖީގެ ސަޕޯޓަރުންގެ ކުރިމަތީގައި ފީފާ ވޯލްޑް ކަޕްގެ ތަށި ދައްކާލަން އާޖެންޓީނާގެ ލިއޮނަލް މެސީ ބޭނުންވިކަމުގައި ވިޔަސް ޕީއެސްޖީ އިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގަތަރުގައި ދާދި ފަހުން ނިމިގެންދިޔަ، ފީފާ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އިން ކާމިޔާބުކުރީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން އާޖެންޓީނާ މޮޅުވިއިރު، މި މެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައި ކުޅުނު އެންމެ ފޯރިގަދަ ފައިނަލްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އާޖެންޓީނާގެ ކެޕްޓަން، މެސީ ކުޅެމުން އަންނަ ކުލަބަކީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އެވެ. އާންމުކޮށް މެސީ އަށް ގައުމީ ޓީމުގައި ލިބޭ ކާމިޔާބީތަކާއި ކުލަބު ލެވެލްގައި ލިބޭ ކާމިޔާބީތައް ވެސް ފާހަގަކުރުމުގެ ގޮތުން އޭނާ އަށް ލިބޭ ޓްރޮފީތައް ސަޕޯޓަރުންނަށް ދައްކާލުމުގެ ހަރަކާތެއް އޮވެ އެވެ. މި ހަރަކާތް އޮންނަނީ އެވޯޑު ލިބުމަށް ފަހު އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗު ފެށުމުގެ ކުރިންނެވެ.

މެސީގެ މި އާދަ ދެމެހެއްޓުމަށް އޭނާގެ ކެރިއަރުގައި ލިބުނު އެންމެ މުހިންމު ޓްރޮފީ އަމިއްލަ ކުލަބުގެ ސަޕޯޓަރުންނަށް ދައްކާލަން އޭނާ ބޭނުންވެ އެވެ. އެ ކަމަށް ކުލަބުގެ ހުއްދައަށް އެދުމުން ޕީއެސްޖީ އިން ވަނީ މަސްލަހަތަށް ބަލައި އެ ފުރުސަތު ނުދޭން ނިންމާފައި ކަމަށް ފްރާންސްގެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އާޖެންޓީނާ އިން ތަށި ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުންތަކުގައި ވަނީ ފްރާންސްގެ ކުޅުންތެރިންނަށް މަލާމާތް ރައްދުވާގޮތަށް ކަންތައްތަކެއް ކޮށްފަ އެވެ. އަދި ސަޕޯޓަރުންނަށް ވެސް މަލާމާތްކޮށްފައިވެ އެވެ. މި ހާލަތުގައި ފްރާންސްގެ ކުލަބަކުން މެސީ އަށް ތަށި ދައްކާލުމުގެ ފުރުސަތު ދިނުމަކީ ސަޕޯޓަރުންނާއި ކުލަބާ އޮތް ގުޅުމަށް ބުރޫ އަރާނެކަމެއްގެ ގޮތުގައި ކުލަބުގެ އިސްވެރިން ގަބޫލުކުރެ އެވެ.

ވޯލްޑް ކަޕަށް ފަހު މެސީ މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީގަ އެވެ. އެހެންކަމުން، މިރޭ ލީގުގައި ޕީއެސްޖީ އިން ސްޓްރޯސްބާއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުކުޅޭނެ އެވެ.

ވޯލްޑް ކަޕަށް ފަހު ކޮންމެ ކުޅުންތެރިއަކަށް ވެސް ބޭނުންނަމަ 14 ދުވަހުގެ ޗުއްޓީއެއް ނެގޭ ގޮތަށް އޮތްއިރު، މެސީ ޗުއްޓީ އަށް ފަހު، އެނބުރި ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނީ އަންނަ ހަފްތާގައި ކަމަށް ބެލެވެ އެވެ.

މެސީ ޓީމާ އެކު މި ވަގުތު ނެތް ނަމަވެސް ވޯލްޑް ކަޕްގެ ފައިނަލުން ބަލިވި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ޗުއްޓީ އެއް ނެތި އަލުން ފަރިތަކުރުންތަކަށް ނުކުމެފަ އެވެ. އެހެންކަމުން، މިރޭގެ މެޗުގައި އެމްބާޕޭ ކުޅޭނެ އެވެ. އެމްބާޕޭގެ އިތުރުން ނޭމާ ވެސް ވަނީ ވޯލްޑް ކަޕަށް ފަހު ކުލަބާ ގުޅިފަ އެވެ. ނޭމާގެ ބްރެޒިލް ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox