އަގުއޭރޯ އަށް ވޯލްޑް ކަޕްގެ ރަން މެޑަލް ލިބުނީ ކިހިނެއް؟

Dec 24, 2022, 4:40 AM
އަގުއޭރޯ އަށް ވޯލްޑް ކަޕްގެ ރަން މެޑަލް ލިބުނީ ކިހިނެއް؟

ބީނޯޒް އެރީޒް، އާޖެންޓީނާ (ޑިސެމްބަރު 24) - ފައިނަލުގައި ފްރާންސް ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާ އިން ހޯދިއިރު، އުފާފާޅުކުރުންތަކުގައި ޓީމާ އެކު ބައިވެރިވި އެކަކަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.

ވޯލްޑް ކަޕްގެ ޓްރޮފީ އުފުލާލުމުގެ އިތުރުން އުފާފާޅުކުރުންތަކުގައި ބައިވެރިވެ ރަން މެޑަލް ކަރުގައި އަޅުވައިގެން އަގުއޭރޯ އުޅުނުތަން ވެސް ވީޑިއޯތަކާއި ފޮޓޯތަކުން ފެނެ އެވެ. މިއާ އެކު ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ އަގުއޭރޯ އަށް މުބާރާތުގެ ރަން މެޑަލް ލިބުނު ސަބަބާއި، ޓީމާ އެކު އެ ގޮތަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ބައިވެރިވެވުނު ސަބަބެވެ.

އަގުއޭރޯ އަކީ ރިޓަޔާކުރުމާ ހަމައަށް އާޖެންޓީނާގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އޭނާ ފުޓްބޯޅައިން ރިޓަޔަކުރީ 2021 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ހެދި މެޑިކަލް ޓެސްޓްތަކަކުން ހިތުގެ ސީރިއަސް މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ފުޓްބޯޅަ ކުޅުމަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލައި އަގުއޭރޯ ރިޓަޔާކުރީ މީދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އަގުއޭރޯ ތަށި އުފުލާލަނީ

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލުމާ އެކު ގައުމީ ޓީމްގެ ކޯޗިން ސްޓާފުންގެ ތެރޭގައި އޭނާ ހިމެނުމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން މަސައްކަތްކުރި އެވެ. އެ ގޮތުން މި އަހަރުގެ ކުރީކޮޅު އެސިސްޓަންޓް ކޯޗުގެ މަގާމް އޭނާ އަށް ހުށަހެޅި އެވެ. ނަމަވެސް އެ ފަހަރު އަގުއޭރޯ ނިންމީ އެ ފުރުސަތު ދޫކޮށްލުމަށެވެ.

ރަސްމީ ހައިސިއްޔަތުން ގައުމީ ޓީމްގެ އޮފިޝަލުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް އަގުއޭރޯ ވަނީ ޓީމުގެ ފަރިތަކުުރުންތަކުގައި މަދުމަދުން ބައިވެރިވެފަ އެވެ. އަދި ޓީމާ އެކު އެކި މެޗުތަކުގައި ހަރަކާތްތެރިވާތަން ފެނެ އެވެ.

ދާދި ފަހުން ނިމުނު ވޯލްޑް ކަޕްގައިވެސް އަގުއޭރޯ ފެނުނީ މި ކަހަލަ ގޮތަކަށެވެ. ޓީމުގެ ފަރިތަކުރުންތަކުން ފެނުނުއިރު ޓީމާ އެކު އެއް ހޮޓަލެއްގައި ހުއްޓެވެ. ފައިނަލް މެޗުގެ ކުރިން މެސީގެ ރޫމް މޭޓަކަށް ވެސް ހުރީ އަގުއޭރޯ އެވެ. ފައިނަލް މެޗު ބަލަން އޭނާ އީނީ ގައުމީ ޓީމްގެ ޖާޒީ އާއި ސޯޓު ލައިގެންނެވެ. މި ހުރިހާ ކަމަކަށް ވެސް ގައުމީ ޓީމްގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި ކެޕްޓަން ލިއޮނަލް މެސީ އަދި ޓީމުގެ އެހެން ކުޅުންތެރިންގެ ރުހުން އޮތެވެ.

ފައިނަލް މެޗުން އާޖެންޓީނާ މޮޅުވި ޕެނަލްޓީ ކާމިޔާބުކުރުމާ އެކު އަގުއޭރޯ ދަނޑަށް އެރި އެވެ. އުފާފާޅުކުރަން ކަމުގައިވިޔަސް އެ ގޮތަށް އެ ވަގުތު ދަނޑަށް އެރޭނީ ޓީމްގެ އޮފިޝަލަކަށް ނޫނީ ކުޅުންތެރިއަކަށެވެ. ޓީމާއި ރަސްމީ ސިފައެއްގައި ގުޅުން ނެތް މީހުން ދަނޑަށް އެރުމަށް ހުއްދަ ދީފައިވާ ފާހެއް އޮންނައިރު، ދަނޑަށް އެރޭނީ އެ ފާސް އަޅައިގެންނެވެ.

ފައިނަލް މެޗު ނިމުމާ އެކު އަގުއޭރޯ ދަނޑު މަތީގައި: 19 ނަމްބަރު ޖޯޒީ އަކީ އަގުއޭރޯ އާޖެންޓީނާ ގައުމީ ޓީމުގައި ބޭނުންކުރި ނަމްބަރު.

ގައުމީ ޓީމާ އެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެ ޓްރޮފީ ހިއްލާލައި މެސީ އޭނާގެ ކޮނޑަށް ލައިގެން އަގުއޭރޯ އުޅޭ މަންޒަރުވެސް ފެނުނެވެ. މިހުރިހާ ކަމަކާ އެކު ބައެއް މީޑިއާތަކުންނާއި ސަޕޯޓަރުން އަގުއޭރޯ އަށް އެ ފުރުސަތު ލިބުނު ގޮތާ މެދު ސުވާލު އުފެއްދި އެވެ. އަގުއޭރޯ އަށް އެ ގޮތަށް ދަނޑަށް އެރުމުގެ ހުއްދަ ނެތްކަމަށާއި، ކަރުގައި އަޅައިގެން އުޅުނީ އެހެން ކުޅުންތެރިއެއްގެ މެޑަލެއް ކަމަށް ރިޕޯޓްކުރި އެވެ.

ނަމަވެސް އާޖެންޓީނާ ފުޓްބޯޅައިގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ އޮފިޝަލުންގެ ޓީމްގައި ފަހު ވަގުތު އަގުއޭރޯ ހިމަނައިފަ އެވެ. އެއީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެހެންކަމުން ފޮޓޯތަކުން އެ ފެންނަ ރަން މެޑައްޔަކީ ގައުމީ ޓީމްގެ އެހެން އޮފިޝަލުންނަށް ލިބުނު ގޮތަށް އަގުއޭރޯ އަށް ވެސް ލިބުނު އަމިއްލަ ރަން މެޑައްޔެވެ.

އަގުއޭރޯ އަށް މި ރަން މެޑަލް ލިބުމުގައި އެންމެ ބޮޑު ދައުރެއް ކުޅުނީ ކޯޗު ސްކަލޯނީ އާއި މެސީ އެވެ. އަގުއޭރޯ ގައުމީ ޓީމަށް ކުޅެން ފެށީ މެސީއާ އެކުގަ އެވެ. އެ ގޮތުން ޒުވާން އުމުރުފުރާތަކުގެ ޓީމްތަކުން ފެށިގެންގޮސް އަގުއޭރޯ ރިޓަޔާ ކުރުމާ ހަމައަށް ދެ ކުޅުންތެރިން އެއްކޮށް ކުޅުނެވެ. އަނެއްކޮޅުން ދެ ކުޅުންތެރިންނަކީ ދަނޑުން ބޭރުގައި ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

ސްކަލޯނީ ވެސް ހުރީ އަގުއޭރޯ އަށް އެ ފުރުސަތުދޭން ނިންމައިގެންނެވެ. އަނެއްކޮޅުން ހުރިހާ ކުޅުންތެރިންވެސް ގަބޫލުކުރާ ގޮތުން ސިއްހީ މައްސަލައަކާ ހެދި އަގުއޭރޯ ރިޓަޔާ ނުކުރި ނަމަ މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި އޭނާ ހިމެނޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox