ޖޯކު ޖެހި މައްސަލައިގައި އާޖެންޓީނާގެ ގޯލްކީޕަރު މާޓީނޭޒަށް ފިޔަވަޅު އަޅައިދޭން ފްރާންސުން އެދެފި

Dec 24, 2022, 3:52 AM
ޖޯކު ޖެހި މައްސަލައިގައި އާޖެންޓީނާގެ ގޯލްކީޕަރު މާޓީނޭޒަށް ފިޔަވަޅު އަޅައިދޭން ފްރާންސުން އެދެފި

ޕެރިސް (ޑިސެމްބަރު 24) - ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، އާޖެންޓީނާ އިން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި އެ ޓީމުގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް، ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ޖޯކު ޖެހި މައްސަލަ ބަލަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހަޅައިފި އެވެ.

ފްރާންސް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ވިދާޅުވީ އާޖެންޓީނާ ފެޑެރޭޝަނަށް މައްސަލަ ރަސްމީކޮށް ފޮނުވީ، އެމްބާޕޭ އަށް ޖޯކު ޖެހުމުގައި މާޓީނޭޒް ކަންތައް ކޮށްފައިވަނީ ހުރިހާ އިމެއް ފަހަނައަޅާފައި ދަރަޖައިގައި ކަމަށްވާތީ އެވެ.

"ތެދެއް، އަހަރެން ސިޓީއެއް ފޮނުވައިފިން އާޖެންޓީނާ ފެޑެރޭޝަނަށް، ފުޓްބޯޅަ އަކީ އިހުތިރާމް ދަސްކޮށްދޭ ކުޅިވަރެއް، އޭނަ (ގޯލްކީޕަރު މާޓީނޭޒް) ވަނީ އެމްބާޕޭ އަށް ޖޯކު ޖެހުމުގައި ވަރަށް ބޭދައަބީކޮށް އަމަލުކޮށްފައި. މިއީ ފުޓްބޯޅަ ކަހަލަ ޕްރޮފެޝަނަލީ މީހުން ބަލައިގަންނަ ކުޅިވަރެއްގައި ކަން ހިނގަން ޖެހޭ ގޮތެއް ނޫން،" ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ލަ ގްރައެޓް ވިދާޅުވި އެވެ.

އާޖެންޓީނާގެ ޓްރޮފީ ޕެރޭޑްގެ ތެރެއިން އެމްބާޕޭގެ ފޮޓޯ އަކުން ކަޓް ބޯޑް ބޮލެއް ޖަހާފައިވާ ބުދެއް ހިފައިގެން، މާޓީނޭޒް ވަނީ ނަށައިފަ އެވެ. އެ ވީޑިއޯ ވައިރަލްވެ، ފުޓްބޯޅައިގެ ގިނަ ބަޔަކުގެ ނުރުހުން މާޓީނޭޒަށް އަމާޒުވި އެވެ.

އާޖެންޓީނާގެ ޓްރޮފީ ޕެރޭޑްގެ ތެރެއިން އެމްބާޕޭގެ ބޯ ޖެހި ބުދު ހިފައިގެން މާޓީނޭޒް ސަޕޯޓަރުންނާ ވާހަކަ ދައްކަނީ.

ލަ ގްރައެޓް، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި، ސިޓީގައި އަލި އަޅުއްވާފައިވާ ކަންތައްތަކާ ބެހޭގޮތުން މީޑިއާގައި ވާހަކައެއް ނުދައްކަވަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ކްލައުޑިއޯ ޓަޕިއާ އަށް ލަ ގްރައެޓް ފޮނުއްވި މި ސިޓީގައި ވަނީ ކީޕަރު މާޓީނޭޒަށް މި ކަމުގައި އާޖެންޓީނާ ފެޑެރޭޝަނުން އަޅާ ފިޔަވަޅެއް، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނަށް އަންގައިދިނުން އެދޭ ކަމަށެވެ.

ޕެނަލްޓީ ޖަހައިގެން، އާޖެންޓީނާ އިން ފްރާންސް ބަލިކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމު 3-3 އިން އެއްވަރުވެފައި އޮތްއިރު، ފްރާންސް އިން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ އެމްބާޕޭ އެވެ. ޕެނަލްޓީގައި އާޖެންޓީނާ އިން 4-2 އިން ފްރާންސް ބަލިކުރިއިރު، ޕެނަލްޓީ އަށް ފަހު، ފްރާންސްގެ ކުޅުންތެރިންނާ ބައްދަލުކުރަން ދިޔައިރު، ކީޕަރު މާޓީނޭޒް ވަނީ އެމްބާޕޭއާ ވެސް ބައްދަލުކޮށްފަ އެެވެ.

މި މެޗުގެ ކުރިން އެމްބާޕޭ ދިން އިންޓަވިއުއަކަށް މާޓީނޭޒް ވަނީ ބަހުގެ ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. އެމްބާޕޭ ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ އަކީ ޔޫރަޕާ ބަލާއިރު، އެއް ގައުމު އަނެއް ގައުމާ މެދު ވޯލްޑް ކަޕް ކޮލިފައިން ފަދަ މެޗުތަކުގައި މާ ބޮޑު ވާދަވެރިކަމެއް ނޫނީ ފޯރިއެއް އޮތް ބައްރެއް ނޫން ކަމަށް ބުނެފަ އެވެ. އެމްބާޕޭގެ އެ ވާހަކަ އަށް ރައްދު ދެމުން މާޓީނޭޒް ބުނީ ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައި ނެތް މީހުން އެ ވާހަކަ ދެއްކުން އެހާ ރަނގފަޅު ކަމަށް ނުފެންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox