ދާންދުއަށް އިތުރުކުރި ބިން ކައުންސިލާ ހަވާލުކޮށްފި

ދާންދޫއަށް އިތުރު ކުރާ ބިން، ކައުންސިލާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދާންދޫއަށް އިތުރު ކުރާ ބިން، ކައުންސިލާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހއ. ދާންދޫ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާ، ކައުންސިލާ ހަވާލުކޮށްފި އެވެ.

ދާންދޫ ހިއްކި ބިން އެރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިކަމަށް ހާއްސަކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބިން ކައުންސިލާ ހަވާލުކޮށްފައި ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

2020 ވަނަ އަހަރު ސޮއި ކުރި މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 375 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންގެ އިތުރުން 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމްކޮށްފައިވެ އެވެ.

މިއީ 185 މިލިއަން ރުފިޔާއަށް ނިންމާފައިވާ މަޝްރޫއެކެވެ.

ދަންދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ދާންދޫ ރައްޔިތުން ކައުންސިލް ހޮވާފައި އޮތީ ސަރުކާރާ ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ކަމަށާއި، އެކަމުގައި ދެމިތިބޭނެ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ދާންދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ކަމަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ ސަރުކާރުން ސިން އުއްމީދާއެކި އެރަށު އެތައް ރައްޔިތުންނެއް ގޯއްޗަށް އެދި ފޯމު ހުށަހެޅި ކަމަށެވެ. އަދި ބާރު ސްޕީޑުގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ފަދައިން އަންނަ އަހަރު އެރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެފަދަ މަޝްރޫއެއް ހިންގަވައިދެއްވުމަށް އާސިފް ވަނީ ރައީސް އަރިހުން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox