އަންހެނުންނަށް ޔުނިވާސިޓީ ބަންދު ކުރުމުން މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށްފި

އަފްގާނިސްތާނުގެ އަންހެން ދަރިވަރުން ނުރުހުން ފާޅުކުރުމުގެ ގޮތުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އަންހެން ދަރިވަރުން ނުރުހުން ފާޅުކުރުމުގެ ގޮތުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އަންހެނުން ޔުނިވާސިޓީތަކުގައި ތައުލީމު އުނގެނުން މަނާ ކުރުމުން ވެރިރަށް ކާބުލްގައި އޮތް މުޒާހަރާއެއްގެ ތެރެއިން ފަސް އަންހެނުން ހައްޔަރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތިން ނޫސްވެރިން ވެސް ހައްޔަރު ކުރި އެވެ. ކާބުލްގެ އިތުރުން ތަހާރް ޕްރޮވިންސްގައި ވެސް މީހުން މުޒާހަރާ ކުރި އެވެ.

ބުދަ ދުވަހު އެތައް ސަތޭކަ އަންހެން ދަރިވަރުން ޔުނިވާސިޓީތަކަށް ވަންނަަން މަސައްކަތް ކުރުމުން، ގާޑުން އެކަމަށް ހުރަސް އެޅި އެވެ. އަންހެން ދަރިވަރުން ޔުނިވާސިޓީތަކަށް ދިޔުން މަނާކުރީ އަންގާރަ ދުވަހު އެވެ.

ޔުނިވާސިޓީތައް އަންހެނުންނަށް ބަންދުކޮށްފައި ވާއިރު، ފުރާވަރު އުމުރުގެ ކުދިންނަށް ހާއްސަ ސެކަންޑަރީ ސްކޫލް ތައުލީމުން އަންހެން ކުދިން މަހުރޫމްކޮށްފައި އޮންނަތާ އަހަރެއް ވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިލްމުވެރިން ޔުނިވާސިޓީގެ ކަރިކިއުލަމް އާއި މާހައުލު ބެލުމަށް ފަހު، އަންހެނުންނަށް ޔުނިވާސިޓީތައް ބަންދުކުރީ "އެކަށޭނަ މާހައުލެއް" ގާއިމްކުރެވެން ދެން ކަމަށެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާއްމުވި ބައެއް ވީޑިއޯތަކުން ފެންނަނީ ކާބުލްގެ މަގުތަކުގައި އަންހެނުން އިހްތިޖާޖް ކުރި މަންޒަރެވެ.

މުޒާހަރާގެ ބައިވެރިން އެންމެ ފުރަތަމަ ބޭނުންވީ އަފްގާނިސްތާނުގެ އެންމެ ބޮޑު އަދި ގަދަރުވެރި ތައުލީމީ އިދާރާ ކަމުގައިވާ ކާބުލް ޔުނިވާސިޓީގެ ބޭރުގައި ޖަމާވުމަށެވެ.

އެހެން ނަމަވެސް، ގިނަ އަދަދެއްގެ ފުލުހުން ފޮނުވުމުން، އެ ސަރަހައްދަށް ގޮސްފައެއް ނުވެ އެވެ. އަފްގާނިސްތާނުގެ ބައެއް ފިރިހެނުން ވެސް އިހްތިޖާޖްގައި ބައިވެރިވެ އެވެ.

އެގޮތުން ޕަބްލިކް އަދި ޕްރައިވެޓް ތައުލީމީ އިދާރާތަކުގައި އުޅޭ 50 އަށް ވުރެ ގިނަަ ފިރިހެން ޕްރޮފެސަރުން އިސްތިއުފާދީފައިވެ އެވެ. އޭގެ އިތުރުން ފިރިހެން ދަަރިވަރުން އިމްތިހާން ހެދުމަށް ވެސް ދެކޮޅު ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox