ޖޭއެސްސީގައި ރައްޔިތުގެ މަޖިލީހުގެ ދައުރު މުހިންމެއް ނޫން: އެމްއާރުއެމް

އެމްއާރުއެމްއިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި -- ފޮޓޯ:އެމްއާރުއެމް

އެމްއާރުއެމްއިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި -- ފޮޓޯ:އެމްއާރުއެމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިންމު ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން ބުނެފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފަށާފައިވާ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތާ ގުޅިގެން އެމްއާރުއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ކުރީގެ މެންބަރުކަން ކުރައްވާފައިވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ، ޖޭއެސްސީ މިހާރު އޮތް ގޮތަށް އިސްލާހު ގެނެސްގެން މެނުވީ މުޅި މުޖްތަމައަށް ވެސް ރައްކާތެރިކަން ލިބިގެން ނުދާނެ ކަމަށެވެ.

އެމްއާރުއެމްގެ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެޕާޓީން ޖޭއެސްސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ހިއްސާކުރި އެވެ. އެގޮތުން އެއްކަމެއްގެ ގޮތުގާ އެމްއާރުއެމްއިން ފާހަގަކުރީ ޖޭއެސްސީގެ އޮނިގަނޑުގައި މިހާރު ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެންބަރަކު އިންނެވުން މުހިންމު ނޫން ކަމަށެވެ.

"ތިޔަބޭފުުޅުންގެ ވާތްފަރާތުުން ތިޔަ ފެންނަ ބައިން ތިރީގަ ހިމަނާފައި މިވާ މެންބަރުންނަކީ މި ކޮމިޝަންގައި ހިމަނަން ނުޖެހޭ މެންބަރުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ގަބޫލުކުރަނީ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މެންބަރެއް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް،" އެމްއާރުއެމްގެ ގާނޫނީ ވަކީލް އައިމިނަތު ރިފްޤާ ވިދާޅުވި އެވެ.

އެމްއާރުއެމްއިން ހުށަހެޅި އިތުރު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވާ އެހެން ފަނޑިޔާރެއް ހިމެނުން
  • ހައިކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް ހިމެނުން
  • ދަށު ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް ހިމެނުން
  • ޝަރުއީ ދާއިރާއިން ރިޓަޔާކުރައްވާފައިވާ ތިން ބޭފުޅަކު ހިމެނުން
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މެންބަރު އުނިކުރުން
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު އުނިކުރުން
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ކޮމިޝަނުން އުނިކުރުން
  • އާންމުންގެ ތެރެއިން މެންބަރަކު އައްޔަންކުރާއިރު 15 އަހަރު ދުވަހުގެ ތަޖުރިބާ ހުރި އަންހެން އަދި ފިރިހެން މެންބަރަކު ހިމެނުން
  • މެންބަރުން އައްޔަންކުރުމަށް ކުރާ އިންޓަވިއު މިނިވަން މުއައްސަސާއަކުން ކުރުން
  • 15 އަހަރު ދުވަހުގެ ތަޖުރިބާ ހުރި (ބާކައުންސިލުން އިންތިހާބުކުރާ) ގާނޫނީ ވަކީލަކު ހިމެނުން
  • މެންބަރުންގެ ދައުރެއް ކަމުގައި ހަތް އަހަރުގެ ދެ ދައުރު ކަނޑައެޅުން
  • މެންބަރަކު ކޮމިޝަނުން ވަކިކުރާނަމަ ވަކިކުރަން ވާނީ ޖިނާއީ ކުށެއް ސާބިތުވެގެންކަމަށް ކަނޑައެޅުން
  • ޖިނާއީ ކުށެއްގެ ތަހުގީގު މެންބަރެއްގެ މައްޗަށް ކުރެވޭ ހިނދުން ފެށިގެން އޭނާ މަގާމުން އެކަހެރިކުރުން
  • ފަނޑިޔާރަކު މަގާމުން ވަކިކުރާނަމަ ކޮމިޝަނުގެ ހުރިހާ މެންބަރުން ބައިވެރިވާ ވޯޓެއް ނަގަން ޖެހޭނެކަން
  • ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލާ ފިޔަވު އެޅުން އިތުރަށް ހަރުދަނާކުރުން
  • ފަނޑިޔާރުން ވަކިކުރާއިރު ވަކިކުރާ ސަބަބު ރައްޔިތުންނަށް އެންގުން
  • ސަސްޕެންޑުކުރާ ހާލަތުގައި މުއްދަތެއް އިޖުރާއަތެއް ކަނޑައެޅިފައި އޮންނަންވާނެ
  • ޖޭއެސްސީން ގަވައިދުން ފަނޑިޔާރުންގެ މަސައްކަތްތައް ބަލަން ވާނެ

އެ އިސްލާހުތައް އޭޖީ އޮފީހުން ދިން މުއްދަތުގެ ތެރޭގައި ހުށަހަޅާފައިިވާނެ ކަމަށް އެމްއާރުއެމްއިން ވަނީީ ބުނެފަ އެވެ.

އޭޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާ ގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މި ހިނގަމުންދާ މަޖިލިސް ދައުރަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި، އެ ބިލު އެކުލަވާލުމުގެ ގޮތުން ރާއްޖޭގެ ކޯޓުތަކާއި ޖޭއެސްސީ އާއި އެ ނޫން ކަމާގުޅޭ އެންމެހާ އިދާރާތަކާ މަޝްވަރާ ކުރާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox