ގުޅީފަޅުން ފެނުނީ އެކެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި

ގުޅީފަޅުގެ އިމާރާތްތަކެއްގައި އަލިފާން ރޯވެފައި. -- ފޮޓޯ: އަދަދު

ގުޅީފަޅުގެ އިމާރާތްތަކެއްގައި އަލިފާން ރޯވެފައި. -- ފޮޓޯ: އަދަދު

މި މަހުގެ 16 ވަނަ ދުވަހު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދު ސާފުކުރަނިކޮށް ދެ ފަހަރެއްގެ މަތިން ފެނުނު މިނި ކަށިތަކަކީ އެކެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި މިއަދު "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ފަހަރު ފެނުނު ކަށިތައް ވެސް ފެނިފައިވަނީ އެއް ސަރަހައްދަކުން ކަމުން އެއީ އެކެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކަށަވަރު ޖަވާބެއް ލިބޭނީ ތަހުލީލުތަކަށް ފަހު ކަމަށް ވިދާޅުވި އެވެ.

އެ ސަހަރަހައްދުން މިނި ކަށިތަކެއް ފެނިފައިވަނީ އަލިފާން ރޯވި ބްލޮކުގައި ދިރިއުޅުނު އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ދަނިކޮށެވެ. މީގެ ކުރިން ފުލުހުން ބުނީ ފެނުނު ކަށިތަކަކީ ގެއްލިގެން ހޯދަމުންދާ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހުލީލުތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅީފަޅުގައި އަލިފާން ރޯވީ ތިލަ-މާލެ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅެމުންދިޔަ ބްލޮކެއްގަ އެވެ. އެ ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އޭގެތެރެއިން، 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، ކުދި އަނިޔާވި 24 މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މި ހާދިސާއާ ގުޅިގެން އެފްކޮންސްއިން ފުރަތަމަ ނެރުނު ބަޔާނުގައި ބުނީ އެތަނުގައި ދިރިއުޅެމުންދިޔަ އެންމެން ސަލާމަތް ކުރެވުނު ކަމަށެވެ. ނަމަވެސް އަލުން އެތަނުގައި ދިރިއުޅެމުން އައި މީހުންގެ އަދަދު ބެލުމުން އެކަކު މަދުކަން ފާހަގަ ކުރެވިގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ކުރިކަން ހާމަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox