ބާންލީ ބަލިކޮށް ޔުނައިޓެޑް ކުއާޓާ އަށް، ބްރައިޓަން ކަޓައިފި

Dec 22, 2022, 2:44 AM
ބާންލީގެ އިއަން މާސްޓެން (ކ) ކައިރިން ޔުނައިޓެޑްގެ ރެޝްފޯޑް ބޯޅަ ހިފައިގެން.

ބާންލީގެ އިއަން މާސްޓެން (ކ) ކައިރިން ޔުނައިޓެޑްގެ ރެޝްފޯޑް ބޯޅަ ހިފައިގެން.

މެންޗެސްޓާ (ޑިސެމްބަރު 22) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ޗާލްޓަން އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލިވެ، ބްރައިޓަން މުބާރާތުން ކަޓައިފި އެވެ.

ގަތަރު ވޯލްޑް ކަޕަށް އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށް ފަހު، އަލުން ފެށީ ލީގު ކަޕް މެޗުތަކުންނެވެ. ޔުނައިޓެޑުން ވޯލްޑް ކަޕަށް ފަހު ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ވަނީ ފުރަތަމަ އެގާރައިން ވޯލްޑް ކަޕްގައި ކުޅުނު ފަސް ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ 27 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން ޖެހި ގޯލުންނެވެ. އޭރިއާތެރެއަށް ޔުނައިޓެޑްގެ ޕޯޗުގީސް މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް މަތިން ނެގި ބޯޅައެއް ހޯދައި، ވެއްޓިގެންފައި، އާރޮން ވަން ބިސާކާ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް، އެރިކްސަން ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބާންލީ އަށް އެއްވަރުކޮށްދޭން މެނުއަލް ބެންސަން އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި، މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ހިލޭ ޖެހުމެއްގައި ޑުބްރާވްކާ އަތުން ގެއްލުނު ބޯޅައެއް ޔުނައިޓެޑްގެ ގޯލަށް ވަނުމުގެ ކުރިން ސަލާމަތްކުރީ ކަސެމީރޯ އެވެ.

ޔުނައިޓެޑަށް ލީޑުފުޅާކޮށްދޭން ފުރަތަމަ ހާފުގައި އޭރިއާތެރެއިން އެ ޓީމުގެ ފޯވާޑް، އެންތަނީ މާޝިއާލް ޖެހި ޝޮޓް، ބާންލީގެ ކީޕަރު ޕީކޮކް ފެރަލް ވަނީ މަތަކޮށްފަ އެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، އޭރިއާތެރެއަށް ވަދެ، ރެޝްފޯޑް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު ވަގުތުގައި ގޯލު ޖަހަން ބާންލީ އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. ބާންލީގެ ޑާކޯ ޗުލިނޯފް އާއި އެޝްލީ ބާންސް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ރޭ ޗާލްޓަން ދަނޑުގައި ބްރައިޓަންއާ ކުޅުނު މެޗު ނިމުނުއިރު، 0-0 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ޗާލްޓަން އެވެ. އަދި ބްލެކްބާން ރޯވާސް ދަނޑުގައި 4-1 އިން މޮޅުވެ، ނޮޓިންހަމް ފޮރެސްޓް ވަނީ 1994 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox