މެސީ އިތުރު އެއް އަހަރަށް ޕީއެސްޖީގައި މަޑުކުރަނީ

Dec 21, 2022, 7:15 PM
މެސީ އިތުރު އެއް އަހަރަށް ޕީއެސްޖީގައި މަޑުކުރަނީ

ޕެރިސް (ޑިސެމްބަރު 22) - މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި ލިއޮނަލް މެސީ، އެ ޓީމުގައި އިތުރު އެއް އަހަރު މަޑުކުރަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮންޓްރެކްޓް އާ ނުކުރާނަމަ އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި، މެސީ އަށް ބޭނުން ކްލަބަކާ އެކު ޕްރީ އެގްރީމަންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް އެ ޓީމަކާ ކުޅޭ ގޮތަށެވެ.

ދާދި ފަހުން، ގިނަ ރެކޯޑްތަކާ އެކު، ފީފާ ވޯލްޑް ކަޕްގެ ޗެމްޕިިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން، މެސީ، 35، މި ފަހަރުގެ ވޯލްޑް ކަޕަށް ދިއުމުގެ ކުރިން ވެސް ޕީއެސްޖީން އޮތީ އޭނާއާ އެކު ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ފަށައިފަ އެވެ.

Advertisement

ބާސެލޯނާގެ މާލީ ހާލަތު ގޯސްވެގެން، މިދިޔަ އަހަރު އެ ޓީމަށް ޖެހުނީ މެސީ ދޫކޮށްލާށެެެވެ. މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް އޭރު ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުވެ، މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި މެސީ ގަންނަން އެ ކްލަބުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް މެސީ، މިހާރު ނިންމާފައިވަނީ ޕީއެސްޖީގައި އިތުރު އެއް އަހަރު މަޑުކުރުމަށް ކަމަށް ޕީއެސްޖީއާ ހަވާލާދީ ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

މެސީގެ ސޮއި ހޯދަން ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ، އެމެރިކާ ލީގު، މޭޖަ ލީގު ސޮކާގެ ކްލަބް، އިންޓަ މިއާމީން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، ޕީއެސްޖީގެ ރައީސް ނާސިރު އަލް-ހެއްލާފީގެ އެދުމުގެ މަތިން، މެސީ އެ ކްލަބްގައި އިތުރު އެއް ސީޒަނަށް މަޑުކުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެހެން ނަމަވެސް، އިތުރު އެއް އަހަރަށް މެސީ، ޕީއެސްޖީގައި މަޑުކުރަނީ މިހާރު ހުރި މުސާރަ އަށް ވުރެ ބޮޑުކޮށް ކަމެއް އަދި ކަށަވަރެއްނުވެ އެވެ.

ޕީއެސްޖީއާ އެކު، މިދިޔަ އަހަރު މެސީ ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، އެ ޓީމަށް ކުޅޭ ކޮންމެ އަހަރަކަށް ވެސް، މުސާރައިގެ ގޮތުގައި 25 މިލިއަން ޕައުންޑް (34 މިިލިއަން ޑޮލަރު) ދޭނެ އެވެ. މިއީ ޓެކްސްގެ ބައި ފުރިހަަމަ ކުރުމަށް ފަހު މެސީ އަށް ލިބޭނެ މުސާރަ އެވެ.

މިދިޔަ ސީޒަނުގައި މެސީ އަށް ޕީއެސްޖީ ޖޯޒީގައި މޮޅު ކުޅުން ދައްކަން އުނދަގޫވި ނަމަވެސް މި ސީޒަނުގައި އޭނާ އަންނަނީ ތަފާތު ފޯމެއްގައި ކުޅެމުންނެވެ. ޕީއެސްޖީއާ އެކު މި ސީޒަނުގައި މެސީ ވަނީ 19 މެޗުން 12 ގޯލު ޖަހައި، 14 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކަށް މެސީ ހޮވުނީ އާޖެންޓީނާ ކުޅުނު މެޗުތަކުގައި ހަތް ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox