ވޯލްޑް ކަޕާ އެކު އާޖެންޓީނާގެ މެކް އަލިސްޓާގެ ޑިމާންޑް ބޮޑުވެއްޖެ

Dec 20, 2022, 2:57 AM
މެކް އަލިސްޓާ ވޯލްޑް ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.

މެކް އަލިސްޓާ ވޯލްޑް ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.

ލަންޑަން (ޑިސެމްބަރު 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު އެ ޓީމުގެ މެދުތެރޭގައި މޮޅު ކުުޅުމެއް ދެއްކި މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބި ޑިމާންޑް ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅޭ 23 އަހަރުގެ މެކް އަލިސްޓާ އަކީ މިދިޔަ ދޮޅު އަހަރަށް ބަލާއިރު، އާޖެންޓީނާ ޓީމުގެ މެދުތެރޭގައި ގިނަ މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ލިބުނު ކުޅުންތެރިއެކެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ، އެންމެ ފުރަތަމަ މެކް އަލިސްޓާ އަށް ފުރުސަތު ދިނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ސްކޮޑަށް މެކް އަލިސްޓާ ނޭރީ އޭރު އޭނާ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެން ޖެހޭތީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ބަލިވި މެޗުގައި މެކް އަލިސްޓާ ނުކުޅެ އެވެ. އެކަމަކު، އޭގެ ފަހުން އާޖެންޓީނާ އިން ކުުޅުނު ހުރިހާ މެޗެއްގައި މެކް އަލިސްޓާ އަށް ކުޅުމުގެ ފުރުސަތު ދިނެވެ. ފައިނަލުގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވިއިރު، އެ މެޗުގެ 116 މިނިޓް މެކް އަލިސްޓާ ވަނީ ކުޅެފަ އެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން މެކް އަލިސްޓާ (ވ) ފްރާންސްގެ ގްރީޒްމަން ކައިރިން ބޯޅަ ހިފައިގެންދަނީ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޗެމްޕިއަންސް ލީގުގައި ކުޅޭ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން މެކް އަލިސްޓާ އަށް ވަނީ ލިބިފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު މެކް އަލިސްޓާ ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބްރައިޓަންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ މުއްދަތުގެ ކުރިން މެކް އަލިސްޓާ އެހެން ކްލަބަކަށް ގެންދަން ބޭނުންނަމަ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުޅުމަށް ބަލާއިރު، 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޓޯކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި މެކް އަލިސްޓާ އަށް 10 ވަރަކަށް ކްލަބްގެ އޮފާ އައުމުގެ ފުރުސަތު އެބައޮތެވެ.

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

އެކަމަކު، މިދިޔަ ސީޒަނުން ފެށިގެން ގަވާއިދުން ބްރައިޓަން ޓީމުގައި ހިމެނި މެކް އަލިސްޓާ މޮޅު ކުޅުމެއް ދައްކަމުން އަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އައިއިރު ވެސް މެކް އަލިސްޓާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެއީ ޕްރިމިއާ ލީގުގައި ބްރައިޓަން ދައްކަމުން އަންނަ މޮޅު ކުޅުމުގައި މެކް އަލިސްޓާގެ ހިއްސާ ވެސް ބޮޑުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox