ތައިލޭންޑް ސިފައިންގެ މަނަވަރެއް ބަންޑުން ޖަހާލައި 100 މީހުން ކަނޑުވެއްޖެ

ކަނޑުވެފައި ތިބި ބަޔެއް މީހުން ސަލާމަތްކޮށްގެން ގެންދަނީ. -- ފޮޓޯ: ރޯޔަލް ތައި ނޭވީ

ކަނޑުވެފައި ތިބި ބަޔެއް މީހުން ސަލާމަތްކޮށްގެން ގެންދަނީ. -- ފޮޓޯ: ރޯޔަލް ތައި ނޭވީ

ގަލްފް އޮފް ތައިލޭންޑްގައި އުފެދުނު ތޫފާނެއްގެ ތެރެއިން އެ ގައުމުގެ ސިފައިންގެ މަނަވަރެއް ބަންޑުން ޖަހާލައި 100 އަށް ވުރެ ގިނަ މީހުން ކަނޑުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހިނގި ހާދިސާގައި ގިނަ ބަޔަކު ސަލާމަތްކޮށްފައިވާ އިރު، އަދިވެސް 28 މީހުން ތިބީ ކަނޑުވެފައި ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

އެޗްޓީއެމްއޭއެސް ސުހޮތައި ބޯޓު އަޑިއަށް ދިޔަ ނަމަވެސް، އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ. އެކަމަކު ތިން މީހެއްގެ ހާލު ސީރިއަސް އެވެ.

އޮފިޝަލުން ބުނީ ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ދިޔައީ އޭގެ ތެރެއަށް ރާޅު ޖަހައި ފެންބޮޑުވެ، އިންޖީނު ކޮޓަރީގައި ޝޯޓް ސާކިޓްވުމަށް ފަހު ކަމަށެވެ.

ކަރަންޓު ކެނޑުމުން ބޯޓުގައި ތިބި މީހުން މަސައްކަތް ކުރީ ބޯޓު ކޮންޓްރޯލް ކުރެވޭތޯ އެވެ. އެހެން ނަމަވެސް އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ބޯޓު އަރިއަޅާލައި ބަންޑުންވީ އެވެ.

އެ ހާދިސާ ހިނގި އިރު، އެ ބޯޓު އުޅުނީ ޕްރަޗައުޕް ހިރީ ހާން ޕްރޮވިންސްގެ ބަންގް ސަފަން ޑިސްޓްރިކްޓްއާ 32 ކިލޯމީޓަރު ދުރުން ކަނޑުތައް ޕެޓްރޯލް ކުރުމަށެވެ.

ބޯޓު ބަންޑުން ޖަހާލުމުގެ ކުރިން އެހީވުމަށް ތިން ސިފައިންގެ ބޯޓާއި ހެލިކޮޕްޓަރުތައް ފޮނުވި އެވެ. އެކަމަކު ބަންޑުން ޖަހާލުމުގެ ކުރިން އެ ހިސާބަށް ފޯރީ އެންމެ ބޯޓެކެވެ. އެ ބޯޓުން 78 މީހުން ސަލާމަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox